އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރެއްވުމާ މެދު ސީދާ ޖަވާބެއް ދެއްވަން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) މިރޭ ދެކޮޅު ހައްދަވައިފި އެވެ.
26 ޖޫން 2025
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރެއްވުމާ މެދު ސީދާ ޖަވާބެއް ދެއްވަން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) މިރޭ ދެކޮޅު ހައްދަވައިފި އެވެ.
ރާއްޖެޓީވީގެ "ފަލަސުރުހީ" ޕްރޮގްރާމުގައި، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ޕްރައިމަރީގައި ވާދަކުރައްވާނަންތޯ އެއްސެވުމުން އިބޫ ވިދާޅުވީ "ތިއީ މިއަދު ކުރަން ހެޔޮވާވަރު ސުވާލެއް ނޫން" ކަމަށެވެ. އަދި އެކަމަށް ސީދާ ޖަވާބެއް ދެއްވަން އިބޫ ދެކޮޅު ހެއްދެވި އެވެ.
"އެމްޑީޕީއަށް 20 އަހަރު ފުރިގެން އަދި އަޅުގަނޑުމެންނާ ދުރުގައި ތިބި ބަޔަކު އެކީގައި މަސައްކަތްކުރަން ފަށާ ވަގުތެއްގައި އަހާކަހަލަ ސުވާލެއް ނޫން ތިއީ." އިބޫ ވިދާޅުވި އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީއާ ގުޅުވަޑައިގަތުމާ ގުޅިގެން އިބޫ ވިދާޅުވީ އެމަނިކުފާނަކީ ބަދަލު ހިފުމުގެ ރޫހު ގެންގުޅުއްވާ ބޭފުޅެއް ނޫން ކަމަށާއި އެކަން ނަޝީދަށް ވެސް އެނގިވަޑައިގަންނަވާ ކަމަށެވެ.
އިބޫ ވިދާޅުވީ އެމްޑީޕީ އާއި ޑިމޮކްރެޓްސްގެ ވެސް ހުރީ ގާތްގަނޑަކަށް ހަމަ އެއް ވިސްނުމެއް ކަމަށެވެ. އެހެންވެ، އެ ޕާޓީން އެމްޑީޕީއާ ގުޅިގެން ކުރިއަށް ދާން ނިންމި ނިންމުމަކީ އެކަމާ އުފާކުރައްވާ ކަމެއް ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑު މިއަދު ވަރަށް އުފާވޭ އިނގޭތޯ ޑިމޮކްރެޓްސް އައިސް އެމްޑީޕީއާ ގުޅުނީމަ. އަޅުގަނޑުމެންގެ ދެބައި މީހުންގެ މިހުރީ ގާތްގަނޑަކަށް ހަމަ އެއް ވިސްނުމެއް،"
އިބޫ ވިދާޅުވި ގޮތުގައި ރިޔާސީ އިންތިހާބު އެމްޑީޕީއަށް ނާކާމިޔާބުވިތާ ދުވަސްކޮޅެއް ފަހުން ޑިމޮކްރެޓްސްއާ އެކު ވާހަކަތަކެއް ދެކެވުނު ކަމަށާއި އޭރު ގެންގުޅުނު އެއް ވިސްނުމަކީ ދެ ޕާޓީން ކޯލިޝަނެއް ހަދައިގެން ދެ ޕާޓީން ކުރިއަށް ދިއުން ކަމަށެވެ.
އެމްޑީޕީގެ ލީޑާޝިޕުން އެ ހިޔާލާ އެކު އައުމުން އެކަމަށް އެމަނިކުފާނު ތާއީދު ނުކުރެއްވި ސަބަބަކީ ދެ ޕާޓީ އާއި ގައުމަށް ވެސް އެންމެ ފައިދާ ބޮޑު ގޮތަކީ ޑިމޮކްރެޓްސްގެ މެމްބަރުން އެމްޑީޕީއާ ގުޅުން ކަމަށް ފެނިވަޑައިގަތުމުން ކަމަށް އިބޫ ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ލީޑާޝިޕްގެ ހިޔާލެއް އެއީ. އެ ހިޔާލު އަޅުގަނޑާ ހިސާބަށް ގެނައިމަ ފުރަތަމަ ވެސް އަޅުގަނޑު ބުނިން އަޅުގަނޑަކަށް ގަބޫލެއް ނުކުރެވެޔޭ. ޑިމޮކްރެޓްސްގައި ތިބި ބޭފުޅުންނަށް ވެސް އަދި އެމްޑީޕީ އާއި ގައުމަށް ވެސް އޭގައި އެންމެ ފައިދާވާ ގޮތަކީ ޑިމޮކްރެޓްސްގައި އެ ތިއްބެވި ބޭފުޅުން އެމްޑީޕީއަށް ވަޑައިގަތުމޭ،" އިބޫ ވިދާޅުވި އެވެ.
"އޭގައި ދެބަސްވުންތަކެއް ވެސް އޮތް ލީޑާޝިޕުން އޭރު. އެހެން ނަމަވެސް އެންމެ ފަހުން އިރާދަކުރެއްވީތީ ނިމިގެން އެ ދިޔައީ އަޅުގަނޑު އެ ދުވަހު ވެސް ބޭނުންވި ގޮތަށް [ޑިމޮކްރެޓްސް މެމްބަރުން އެމްޑީޕީއަށް ގުޅުމަށް]،"
އިބޫ ވިދާޅުވީ އެ ނިންމުމާ އެކު އެމްޑީޕީ ފެނިގެންދަނީ ވަރަށް ގަދަކޮށް ކަމަށާއި މާޒީގެ ތެރެއަށް އެނބުރި ގޮސް، ތާށިވެފައި ނުތިބޭނެ ކަމަށެވެ.
ރައީސް މުހައްމަދު ނަޝީދު އެމްޑީޕީއާ އަލުން ގުޅިވަޑައިގަތުމުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި އެ ޕާޓީގެ އިސްވެރިންނާ އާންމު މެމްބަރުން ބައިވެރިވަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
މިދިޔަ ރިޔާސީ އިންތިހާބުގައި އެމަނިކުފާނަށް ނާކާމިޔާބީ ކުރިމަތިވީ ޑިމޮކްރެޓްސް އިން އެ އިންތިހާބުގައި ވާދަކުރުމުންތޯ ސުވާލު ކުރުމުން އެމަނިކުފާނު ވިދާޅުވީ އެއީ ވެސް ސަބަބެއް ކަމަށާއި އެއާ ގުޅިފައިވާ އިތުރު ކަންކަން ވެސް ހުރި ކަމަށެވެ. އޭގެ ތެރޭގައި އެމަނިކުފާނު ފާހަގަ ކުރެއްވީ އިދިކޮޅުން އޭރު ރާއްޖޭގައި އިންޑިއާ ސިފައިން ތިބި ކަމަށް ބުނެ ކުރިއަށް ގެންދިޔަ ކެމްޕެއިނާއި ޗާގޯސް މައްސަލާގައި ދެއްކި "ދޮގު" ވާހަކަތަކެވެ.
"ރާއްޖެ ވިއްކާލަނީއޭ ކިޔާ ޗާގޯސް މައްސަލާގައި ދެއްކި ވާހަކަތައް. ރާއްޖޭގައި އިންޑިއާ ސިފައިން ހަތިޔާރާ އެކު ގާއިމުވެ ތިބި ކަމަށް ދެއްކި ދޮގު ވާހަކައިގެ މައްޗަށް ބިނާކޮށް ކުރި ކެމްޕެއިނުގެ ސަބަބުން އޭރު ބަޔަކަށް އެކަން ގަބޫލު ކުރެވުނީ،"
ރިޔާސީ އިންތިހާބުގެ ޕްރައިމަރީގައި ވާދަ ކުރެއްވުމާ ގުޅޭގޮތުން ރަސްމީކޮށް އެއްޗެއް ވިދާޅުނުވިޔަސް، އެމްޑީޕީގެ އިސް ބައެއް ބޭފުޅުންނާ އެކު ބޭއްވި ބައްދަލުވުމެއްގައި އެކަން އިބޫ ވަނީ އިއުލާނު ކުރައްވައިފަ އެވެ.
އިބޫ ވިދާޅުވީ މިހާރު ވެސް ބައެއް މެމްބަރުން ރިޔާސީ އިންތިހާބަށް ތައްޔާރުވުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި އެކަމަކު އެ މަަސައްކަތް މަޑުޖައްސާލާފައި ފަށަންވީ އަންނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބު ކުރަން މަސައްކަތް ކުރުމަށް ކަމަށެވެ.
މާޒީ ދޫކޮށް، ޑިމޮކްރެޓްސް އަށް ދެން ވާނީި ކިހިނެއް؟
ޑިމޮކްރެޓްސްގެ މެމްބަރުންނަށް އިބޫގެ މަރުހަބާ
އެމްޑީޕީން ދޫދީ، ނިޒާމީ ވޯޓުގެ ގަރާރު ބަލައިގެންފި
ޑިމޮކްރެޓުން ނިޒާމު ބަދަލުކުރާ ވާހަކަ އާކޮށްފި
ސުވާލެއް ވެސް ނެތް، އެމްޑީޕީ ރޫޅާލެވިއްޖެ: އީވާ
"ދެވަނަ ބުރުގައި ނަޝީދާއެކު ނުފެންނަ ގޮތެއް ނުފެނޭ"
މޮޅުވާ ކޮޅަކަށް މެންބަރުން އަބަދުވެސް ދާނެ: މާރިޔާ
ދެވަނަ ބުރުގައި ވެސް ރައީސްގެ ފަހަތަށް ނަޝީދު ނާރާނެ
ރައީސަށް ކާމިޔާބުވެދާނެ، އެއީ އަޅުގަނޑަށް ފަހު ދުވަސް
ޗެލެންޖަކީ ޑިމޮކްރެޓްސް އެއް ނޫން، ޕީޕީއެމް: ރައީސް