ދައުލަތުގެ މުއައްސަސާތަކުން މާލީ މުއާމަލާތްތަކުގައި ލުއި ދިނުމާ ބެހޭ އާ އުސޫލުތަކަކާއެކު، ހާއްސަ ގަވާއިދެއް ފިނޭންސް އިން އާންމުކޮށްފި އެވެ.
15 ޖެނުއަރީ 2025
ދައުލަތުގެ މުއައްސަސާތަކުން މާލީ މުއާމަލާތްތަކުގައި ލުއި ދިނުމާ ބެހޭ އާ އުސޫލުތަކަކާއެކު، ހާއްސަ ގަވާއިދެއް ފިނޭންސް އިން އާންމުކޮށްފި އެވެ.
"ދައުލަތުގެ އޮފީސްތަކާއެކު އެކި ފަރާތްތަކުން ކޮށްފައިވާ މުއާމަލާތްތަކާ ގުޅިގެން ލުއިދިނުމާއ، މަންފާ ހޯދައި ދިނުމާއި ފައިސާ މައާފުކޮށް ދިނުމަށް ހުށަހަޅާ މައްސަލަތަކުގައި އަމަލުކުރާނެ ގޮތުގެ އުސޫލު" ގެ ނަމުގައި ފިނޭންސް އިން އާންމު ކުރި ގަވާއިދުގައި ބުނީ، ދައުލަތުގެ އޮފީސްތަކުންނާއި ކައުންސިލުތަކުން ހިންގާ މުއާމަލާތްތަކާ ގުޅިގެން އެއްވެސް ލުޔެއް ނުވަތަ މަންފާއެއް އެއްވެސް މީހަކަށް ދެވޭނީ އެ ގަވާއިދުގެ ދަށުން ކަމަށެވެ.
އެގަވައިދުގައިވާ ގޮތުން ކައުންސިލްތައް ފިޔަވާ ސަރުކާރުގެ އެއްވެސް އިދާރާއަކުން އެއްވެސް މުއާމަލާތަކަށް ލުއިތަކެއް ހޯދާނަމަ އެކަން ކުރަން ޖެހޭނީ މިނިސްޓަރުގެ ލަފާގެ މަތިން ރައީސްގެ ހުއްދައާއެކު އެވެ.
ލުއި ދިނުމަށް ނުވަތަ މަންފާ ހޯދައިދިނުމަށް ނުވަތަ މައާފު ކޮށްދިނުމަށް ބޭނުންވާ މުއާމަލާތުގެ މައްސަލައިގެ ފުރިހަމަ ތަފުސީލާއި ވަކި ޝަރުތުތަކަކާ އެކު ލުޔެއް ދިނުމަށް އެދި ހުށަހަޅާ ނަމަ އޭގެ ތަފްސީލާއެކު ހުށަހަޅަން ޖެހޭނެ ކަމަށް ގަވައިދުގައި ބުނެފައިވެ އެވެ.
ކައުންސިލްތަކުން އެފަދަ ގޮތަކަށް މާލީ ކަމެއްގައި ލުޔެއް ދެވޭނީ މާލީ ގޮތުން ލިބޭ ގެއްލުން ބަލައި، އެސެސް ކުރުމަށްފަހު އެ ކައުންސިލުންނެވެ. އެފަދަ ނިންމުމެއް ނިންމާތާ ހަތް ދުވަހުގެ ތެރޭގައި އެކަން ލޯކަލް ގަވަނަންސް މިނިސްޓްރީއަށް ހުށަހަޅަން ޖެހޭނެ ކަމަށް އެ ގަވާއިދުގައިވެ އެވެ. އަދި އެކަމުގެ ރެކޯޑުތައް އެ މިނިސްޓްރީގައި ބަލަހައްޓަން ވާނެ ކަމަށް ވެސް ގަވައިދުގައި ބުނެފައިވެ އެވެ.
ދައުލަތުން މީހުންނަށް އެހީ ދޭ އުސޫލަށް ބަދަލު ގެނެސްފި
ހަރަދު ދަށްވެ، އާމްދަނީ މަތިވުމުމުގެ އަސަރު ޑެފިސިޓަށް
ބަޖެޓްގެ ފުރަތަމަ ބަހުސް މަރުހަލާ ނިންމާލައިފި
އަމާޒަކީ ވިލުންތެރި އިގުތިސާދެއް ބިނާކުރުން: ޒަމީރު
މުސާރައިގެ ހޭދަ ބޮޑުވުމަކީ ގޮންޖެހުން"
2026ގައި އިގުތިސާދީ ދުވެލި 5.3ޕަސެންޓް ކުރިއަރާނެ
ދައުލަތުގެ އާމްދަނީ އިތުރުވެ، 30 ބިލިއަނަށް
އެމްޑީޕީން ފިނޭންސްއަށް ވަންނަން އުޅުމުން ހުރަސް
ދައުލަތުގެ ޖުމްލަ ހޭދަ 15 ޕަސެންޓު ކުޑަވެއްޖެ
ސަބްސިޑީއަށް ކުރި ހޭދަ 650 މިލިއަނުން ކުޑަކޮށްފި