މި އަހަރުގެ ފުރަތަމަ ދެ ހަފުތާގައި ރާއްޖެއަށް 90،000 ޓޫރިސްޓުން އަތުވެއްޖެ އެވެ.
16 ޖެނުއަރީ 2025
މި އަހަރުގެ ފުރަތަމަ ދެ ހަފުތާގައި ރާއްޖެއަށް 90،000 ޓޫރިސްޓުން އަތުވެއްޖެ އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން މިއަހަރުގެ މިހާތަނަށް އައި ޓޫރިސްޓުންގެ ތެރެއިން 70 ޕަސެންޓު ޓޫރިސްޓުން ދިޔައީ ރިސޯޓުތަކަށެވެ. އެއީ 63،400 ޓޫރިސްޓުންނެވެ. އަދި ހޮޓާތަކާއި ގެސްޓްހައުސްތަކަށް އައީ 25،000 ޓޫރިސްޓުންނެވެ. އެއީ ރާއްޖެއަށް އައި ޖުމްލަ ޓޫރިސްޓުންގެ 28 ޕަސެންޓެވެ. ސަފާރީތަކަށް އެ މުއްދަތުގައި އައީ 2،200 ޓޫރިސްޓުންނެވެ.
އެންމެ ގިނަ ޓޫރިސްޓުން ރިސޯޓުތަކަށް އައި އިރު ރާއްޖޭގެ ބެޑް ކެޕޭސިޓީގެ 69 ޕަސެންޓު ނިސްބަތްވަނީ ވެސް ރިސޯޓުތަކަށެވެ. ރާއްޖޭގައި ޓޫރިޒަމް ހިދުމަތްދޭ 61،000 އެނދު ހުރި އިރު އޭގެ ތެރެއިން 42،000 އަކީ ރިސޯޓުތަކުގައި ހުރި އެނދުގެ އަދަދެވެ.
ގެސްޓްހައުސްތަކުގެ އެނދުގެ އަދަދު އުޅެނީ 13،000 ގަ އެވެ. އެއީ ޖުމްލަ ބެޑް ކެޕޭސިޓީގެ 22 ޕަސެންޓެވެ.
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 90،000 ޓޫރިސްޓުން އައި އިރު އެއީ މިދިޔަ އަހަރުގެ އެ މުއްދަތަށް ވުރެ އަށް ޕަސެންޓުގެ ކުރިއެރުމެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް އައީ 83،000 ޓޫރިސްޓުންނެވެ.
ޑިސެމްބަރު/ޖެނުއަރީގައި ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އަންނަނީ ޔޫރަޕްގެ ގައުމުތަކުންނެވެ. އެންމެ ގިނަ ޓޫރިސްޓުން އައީ ރަޝިއާ އިންނެވެ. ދެވަނަ އަށް އެންމެ ގިނަ ޓޫރިސްޓުން އައީ އިޓަލީންނެވެ. އަދި ތިން ވަނައަށް އެންމެ ގިނަ ޓޫރިސްޓުން އައީ އިނގިރޭސިވިލާތުންނެވެ. މިދިޔަ އަހަރު އެއްވަނައިގައި އޮތް ޗައިނާ އޮތީ ހަތަރުވަނައިގަ އެވެ.
ސަރުކާރުގެ އަމާޒަކީ މިއަހަރު 2.2 މިލިއަން ޓޫރިސްޓުން ގެނައުމެވެ.
އަހަރުގެ މިހާތަނަށް ޓޫރިސްޓުންގެ އާ ރެކޯޑެއް
މިދިޔަ މަހު ޓޫރިސްޓުންގެ އަދަދު 13 ޕަސެންޓު އިތުރު
ދެ މިލިއަން ވަނަ ޓޫރިސްޓަކީ ހަނީމޫނަށް އައި ބެތަނީ!
ހަންކެޑެގައި 1،000 އެނދުގެ އިންޓަގްރޭޓެޑް ރިސޯޓެއް
ޓޫރިޒަމް އެވޯޑު: 8 ތަނަކަށް 10 އެވޯޑް
ޓޫރިޒަމްގެ ނަންބަރު މަތި، އަދިވެސް މަތިކޮށްލަންޖެހޭ!
ޖަރުމަނުން ވެސް އެއް ލައްކަ ޓޫރިސްޓުން
ޗަައިނާއިން ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު ދެލައްކައަށް
ޓޫރިޒަމް ޓްރަސްޓު ފަންޑުގެ ގަވާއިދު އެކުލަވާލައިފި
ޓޫރިސްޓުން އައި އަދަދު 9.6 ޕަސެންޓު އިތުރު