ބާސެލޯނާގެ ލެޖެންޑް ލިއޮނެލް މެސީ އަށް ފަހު ދެން އެންމެ މޮޅު ކުޅުންތެރިޔަކީ އެ ޓީމުގެ މިހާރުގެ ތަރި ލަމީން ޔަމާލް ކަމަށް އެ ކްލަބްގެ މިޑްފީލްޑަރު ޕެބެލޯ ގަވީ ބުނެފި އެވެ.
16 ޖެނުއަރީ 2025
ބާސެލޯނާގެ ލެޖެންޑް ލިއޮނެލް މެސީ އަށް ފަހު ދެން އެންމެ މޮޅު ކުޅުންތެރިޔަކީ އެ ޓީމުގެ މިހާރުގެ ތަރި ލަމީން ޔަމާލް ކަމަށް އެ ކްލަބްގެ މިޑްފީލްޑަރު ޕެބެލޯ ގަވީ ބުނެފި އެވެ.
މި ހަފުތާގައި ރެއާލް މެޑްރިޑް ކޮޅަށް ފަސް ލަނޑު ޖަހައި ހޯދި ސްޕެނިޝް ސުޕަ ކަޕްގެ ކާމިޔާބަށް ފަހު ބާސާއިން ރޭ ވަނީ، ސްޕެނިޝް ކަޕްގައި ރެއާލް ބެޓިސް ކޮޅަށް ވެސް ފަސް ލަނޑު ޖަހައިފަ އެވެ.
ރޭގެ މެޗުގައި ޔަމާލް ވަނީ ލަނޑެއް ޖަހައި އިތުރު ދެ ލަނޑު ޖެހުމަށް ފުރުސަތު ފަހިކޮށްދީފަ އެވެ. އަދި އިތުރު ލަނޑެއް ޖެހި ނަމަވެސް އެ ލަނޑު ބަލައެއްނުގަތެވެ.
އުމުރުން 17 އަހަރުގެ ޔަމާލް ވަނީ މި ސީޒަނުގައި މިހާތަނަށް ނުވަ ލަނޑު ޖަހައި 13 ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.
މިދިޔަ މަހު ފަހުކޮޅު ލިބުނު ކުޑަ އަނިޔާ އަކަށް ފަހު އެނބުރި އައި ނަމަވެސް އޭނާގެ ކުޅުމަށް އަސަރު ކުރިޔަކަ ނުދިނެވެ. އޭނާ މިހާރު ދައްކާ ކުޅުމާ އެކު ގަވީ ބުނީ މެސީ އަށް ފަހު އެންމެ މޮޅު ކުޅުންތެރިޔަކީ ޔަމާލް ކަމާ މެދު ޝައްކެއް ނެތް ކަމަށެވެ.
"އާނ.. ޝައްކެއް ވެސް ނެތް،" ޔަމާލް ދައްކަމުންދާ ކުޅުމާ އެކު އޭނާ އަކީ މި ވަގުތު ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާތޯ ނޫސްވެރިޔާ ސުވާލު ކުރުމުން ގަވީ ބުންޏެވެ.
"ލިއޮނެލް މެސީ އަށް ފަހު އޭނާ އަކީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ."
ރޭގެ މެޗުގައި ބާސާގެ އެހެން ލަނޑުތައް ޖެހީ ގަވީ، ޖޫލް ކުންޑޭ، ރަފީނިއާ އަދި ފެރާން ޓޯރޭޒް އެވެ.
ބެޓިސްއިން ޖެހި ހަމައެކަނި ލަނޑު ޕެނަލްޓީއަކުން ޖެހީ ވިޓޯ ރޮކޭ އެވެ.
ގަވީ ދެއްކި ވާހަކައާ މެދު އެއްބަސްވަންތޯ ބާސާގެ ކޯޗު ހެންސީ ފްލިކްއާ ސުވާލު ކުރުމުން އޭނާ ބުނީ ގަވީ ހުރީ ވަރަށް އިމޯޝަނަލް ވެފައި ކަމަށެވެ.
"ކަލޭމެންނަށް އެނގޭތަ ގަވީ ހުރީ ވަރަށް އިމޯޝަނަލް ވެފައި. އެހެންވީމަ އަހަރެން ވެސް ޖެހޭނެ އެއްބަސްވާން (ޔަމާލް އަކީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ ކަމާ މެދު)،" މެޗަށް ފަހު އޮތް ޕްރެސް ކޮންފަރެންސްގައި ސުވާލުކުރުމުން ފްލިކް ބުންޏެވެ.
"ކަލޭމެންނަށް ވެސް އެކަން ފެންނާނެ. އަހަންނަށް ހީވަނީ ވަރުގަދަ މެޗުގައި މޮޅެތި ކުޅުންތެރިން ފެންނާނީ. ބޮޑެތި އެހެން ގިނަ މެޗުތަކުގައި އޭނާ ވަނީ އެކަން ވަނީ އެކަން ދައްކާފަ."
އެންމެ ފަހުގެ ބެލޮންޑިއޯ އެވޯޑްގައި ޔަމާލް ވަނީ ގަދަ 10 ގައި ވެސް ހިމެނިފަ އެވެ.
ޔަމާލަށް ޕީއެސްޖީން 260 މިލިއަނުގެ ހުށަހެޅުމެއް
ޔަމާލަށް ބޮޑު މުސާރައެއް ދޭން ސަޕޯޓަރުން ގޮވާލަނީ
ޔަމާލްގެ ބައްޕަ ގަޔަށް ވަޅިހަރައި ޒަހަމް ކޮށްލައިފި
ޔަމާލް މުގުރާލި ޕެލޭގެ ރެކޯޑާއި ހައިރާންކޮށްލި ގޯލު!
ބެންޒެމާގެ ހެޓްރިކުން ރެއާލް ސްޕެނިޝް ކަޕް ފައިނަލަށް
ބާސާ އޮތީ ހޮސްޕިޓަލުގައި، ފޭވަރިޓުންނަކީ ރެއާލް: ޒަވީ
ޑެމްބެލޭގެ ގޯލުން ބާސެލޯނާ ސްޕެނިޝް ކަޕުގެ ސެމީ އަށް
ސްޕެނިޝް ކަޕުގެ ޗެމްޕިއަންކަން ބާސާ ހޯދައިފި
ސެވިއްޔާ ކަޓުވާލައި ބާސެލޯނާ ފައިނަލަށް
ފަހަތުން އަރައި މޮޅުވެ ބާސެލޯނާ ސެމީ އަށް