ބާސެލޯނާ (ސެޕްޓެމްބަރު 16) - ޖިރޯނާއާ ދެކޮޅަށް ރޭ ކުޅުނު މެޗުގައި 4-1 ން ބާސެލޯނާ މޮޅުކޮށްދޭން ލަމީން ޔަމާލް ދެއްކި މޮޅު ކުޅުމާ އެކު އޭނާ އަށް ބޮޑު މުސާރައެއް ދޭން ގޮވާލާ އަޑުގަދަވެއްޖެ އެވެ.
16 ސެޕްޓެމްބަރ 2024
ބާސެލޯނާ (ސެޕްޓެމްބަރު 16) - ޖިރޯނާއާ ދެކޮޅަށް ރޭ ކުޅުނު މެޗުގައި 4-1 ން ބާސެލޯނާ މޮޅުކޮށްދޭން ލަމީން ޔަމާލް ދެއްކި މޮޅު ކުޅުމާ އެކު އޭނާ އަށް ބޮޑު މުސާރައެއް ދޭން ގޮވާލާ އަޑުގަދަވެއްޖެ އެވެ.
ރޭގެ މެޗުގައި ބާސާއިން ޖެހި ހަތަރު ލަނޑުގެ ތެރެއިން ދެ ލަނޑު ޖެހީ އުމުރުން 17 އަހަރުގެ ޔަމާލެވެ.
މެޗަށް ފަހު ބާސާގެ ބައެއް ސަޕޯޓަރުން ޝުއޫރު ފާޅުކުރީ ޔަމާލް އަށް އަގުބޮޑު ކޮންޓްރެކްޓަކާއި ބޮޑު މުސާރައެއް ދިނުން ހައްގު ކަމަށް ބުނެ އެވެ.
ޔަމާލްގެ ކޮންޓްރެކްޓް އިތުރު މުއްދަތަކަށް އާ ކުރުމާ މެދު ޔަމާލްގެ އެޖެންޓް ހޯޖޭ މެންޑޭޒްއާ ދެމެދު ވާހަކަ ދައްކަމުން އަންނަތާ ދުވަސްތަކެއް ވެއްޖެ އެވެ.
ޖޫން، ޖުލައިގައި ބޭއްވި ޔޫރޯ ފުޓްބޯޅަ މުބާރާތުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ އެވޯޑް ހޯދި ޔަމާލް މި ސީޒަނުގައި އަންނަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ. މިދިޔަ ސީޒަނަށް ވުރެ އޭނާގެ ކުޅުމުގެ ފެންވަރު ވަނީ މަތިވެފަ އެވެ.
ސްޕެއިންގެ ކުޅިވަރު ނުސް "މާކާ" އިން ބުނީ ޔަމާލް މިހާރު ދައްކަމުންދާ ކުޅުމާ އެކު އޭނާ އަށް ބޮޑު މުސާރައެއް ދޭން ޖެހޭނެ ކަމަށް މެންޑޭޒް ގަބޫލު ކުރާ ކަމަށެވެ. އަދި އޭނާގެ އެ ވިސްނުން ބާސާގެ މެނޭޖްމެންޓަށް ހުށަހަޅާފައިވާ ކަމަށް އެ ނޫހުން ބުންޏެވެ. ޔަމާލްގެ އުމުރުން 18 އަހަރުވުމުން، 2030 ގެ ނިޔަލަށް ދެމިގެންދާ ކޮންޓްރެކްޓެއް އޭނާ އަށް ދިނުމަށް ބާސާ އާއި މެންޒޭޒް އާ އެކު ދަނީ ވާހަކަ ދައްކަމުންނެވެ.
ރޭގެ މެޗުގައި ބާސާގެ އަނެއް ދެ ލަނޑު ޖެހީ ޑެނީ އޮލްމޯ އާއި ޕެޑްރީ ގަވީ އެވެ. ރޭގެ މެޗު ބާސާއިން ނިންމާލީ އެއް ކުޅުންތެރިޔަކު މަދުކޮށެވެ. އެއީ އެ ޓީމުގެ ފެރާން ޓޯރޭޒަށް މެޗުގެ 86 ވަނަ މިނެޓްގައި ރަތް ކާޑް ދެއްކުމުންނެވެ.
ކުޅުނު ފަސް މެޗު ވެސް ކާމިޔާބުކޮށް ބާސާ އެއް ވަނައިގައި އޮތީ 15 ޕޮއިންޓާ އެކު އެވެ. ވާދަވެރި އެތުލެޓިކޯ މެޑްރިޑާއި ރެއާލް މެޑްރިޑަށް ލިބިފައި ވަނީ 11 ޕޮއިންޓެވެ.
މިލިމީޓަރެއްގެ އޮފްސައިޑުން ބާސާ އަށް ކެހި
ޒަވީގެ ރޯޅިގަނޑު ލަލީގާގެ ރެފްރީންނަށް
ބާސާ ފަހަތަށް ފުރޮޅާލައިފި، ޖިރޯނާ އަށް ލީޑް
ރެއާލުން ޝަކުވާ ހުށަހެޅި ރެފްރީގެ މައްސަލައެއް ބަލަނީ
ބާސާގެ ނަތީޖާއިން ރެއާލް އާއި އެތުލެޓިކޯ ޕްރެޝަރަށް
"އޮލްމޯ ރަޖިސްޓަރީ ކުރެވޭނެކަމުގެ އުއްމީދު އެބައޮތް"
ލަލީގާ މެޗުތައް ވަގަށް ދެއްކުމުން 32 މިލިއަން ޑޮލަރު
އެތުލެޓިކޯ އެއްވަނަ އަށް، ތައްޓަށް ވާދަކުރާނެ
ބާސާއަށް ނޮވެމްބަރު ގޯސް، ޑިސެމްބަރު ފެށީ ރަނގަޅަށް
ރެއާލަށް އުފަލެއް ނެތް، އަނިޔާގެ ވޭން ބޮޑުވެއްޖެ