Roadha Mihaaru

މިސްކިތެއްގައި ކުޅިވަރު ކުޅުނު މައްސަލައެއް ބަލަނީ

ރަށެއްގެ މިސްކިތެއްގައި ކުޅިވަރު ކުޅުނު މައްސަލައެއް ބަލަމުން އަނަން ކަމަށާއި އެކަމުގައި ފިޔަވަޅު އަޅާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް މިއަދު ވިދާޅުވެއްޖެ އެވެ.

މިސްކިތެއްގައި ކުޅިވަރު ކުޅުނު މައްސަލައެއް ބަލަނީ

ރަށެއްގެ މިސްކިތެއްގައި ކުޅިވަރު ކުޅުނު މައްސަލައެއް ބަލަމުން އަނަން ކަމަށާއި އެކަމުގައި ފިޔަވަޅު އަޅާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް މިއަދު ވިދާޅުވެއްޖެ އެވެ.

ތ. ވިލުފުށީގެ މިސްތެއްގެ ތެރޭގައި ދެ ޖިންސުގެ މީހުން ބައިވެރިވެގެން އެކި ކަހަލަ ގޭމްތައް ކުޅޭ މަންޒަރު ކަމަށް ބުނާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފަ އެވެ. މިސްކިތް ތެރޭ ކުޅިވަރު ކުޅުމުގައި ބިދޭސީން ވެސް ބައިވެރިވެފައިވެ އެވެ.

ވީޑިއޯއާ ގުޅިގެން ފާޑުކިޔުންތައް އަމާޒުވެފައިވަނިކޮށް ފޭސްބުކްގައި މިނިސްޓަރު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިސްކިތެއް ކަމަށް ބެލެވޭ ތަނެއްގައި މިސްކިތެއްގެ ގަދަރާއި އިހުތިރާމާ ނުގުޅޭ ކަންތައްތަކެއް ކުރާތަން ފެންނަ ވީޑިއޯގެ މައްސަލަ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

"މިއީ ކިހިނެއް ހިގާފައިވާ ކަމެއްތޯ ބެލުމުގެ ކަންކަން މިނިސްޓްރީ އިން ވަނީ ފަށާފައި،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ޝަހީމް ވިދާޅުވީ މިސްކިތްތަކުގެ ހުރުމަތް ކަނޑާ ފަރާތްތަކަށް ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގާނޫނާއި ގަވާއިދުގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށެވެ.

ވިލުފުށީ ކައުންސިލުން "މިހާރު" އަށް ވާހަކަ ދެއްކެވި ބޭފުޅަކު ވިދާޅުވީ އެއީ މިދިޔަ އަހަރުގެ ޓީޗަރުންގެ ދުވަސް ފާހަގަކުރުމަށް ބޭއްވި "ޓީމް ބިލްޑް" އިވެންޓެއް ކަމަށާއި އެއީ މިސްކިތުގެ ނަމާދު ބައިގައި ކުރި ކަމެއް ނޫން ކަމަށެވެ.

އޭނާ ވިދާޅުވީ އިވެންޓް ބޭއްވި މިސްކިތާ އެކު ހަދާފައިވާ ޖަލްސާކުރާ މާލަމުގައި ކަމަށެވެ.