ހަމާސް އިން ރަހީނުކޮށްފައިވާ އިޒްރޭލު އެންމެން ސަލާމަތްކުރާނެ ކަމަށާއި އެކަން ނުވާ ނަމަ އަލުން ހަމަލާތައް ފެށުމުގެ ހައްގު އިޒްރޭލަށް އޮންނާނެ ކަމަށް ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނެފި އެވެ.
ހަމާސް އިން ރަހީނުކޮށްފައިވާ އިޒްރޭލު އެންމެން ސަލާމަތްކުރާނެ ކަމަށާއި އެކަން ނުވާ ނަމަ އަލުން ހަމަލާތައް ފެށުމުގެ ހައްގު އިޒްރޭލަށް އޮންނާނެ ކަމަށް ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނެފި އެވެ.
އޭނާ ބުނީ ހަމަލާތައް އަލުން ފަށަން ޖެހިއްޖެ ނަމަ އެކަން ކުރާނީ އެމެރިކާގެ އެހީއާ އެކު ކަމަށެވެ.
"އެމެރިކާގެ ތާއީދާ އެކު، ކޮންމެހެން ބޭނުންވެއްޖެ ނަމަ ހަނގުރާމަ އަލުން ފެށުމުގެ އިހްތިޔާރު އަހަރެމެންނަށް އޮންނާނެ،" ހަމަލާތައް ހުއްޓާލުމުގެ އެއް ދުވަސް ކުރިން ނަތަންޔާހޫ ޓީވީ މެދުވެރިކޮށް ދިން ބަޔާނެއްގައި ބުންޏެވެ.
ނަތަންޔާހޫ ބުނި ގޮތުގައި މިފަހަރުގެ ހަމަލާތަކުގައި އިޒްރޭލުން ވަނީ މުޅި މެދުއިރުމަތީގެ މޫނުމަތި ބަދަލުކޮށްލައިފަ އެވެ.
"އަހަރެމެން ހުރިހާ ރަހީނުންގެ މަތިން ހަނދާންކުރަން... އަޅުގަނޑު ތިޔަބޭފުޅުންނަށް ވައުދުވަން، އަޅުގަނޑުމެންގެ ހުރިހާ މަގްސަދުތަކެއް ހާސިލްކޮށް، ރަހީނުން އަނބުރާ ގެނައުމަށް،" ނަތަންޔާހޫ ބުންޏެވެ.
"މި އެއްބަސްވުމާ އެކު، އަހަރެމެންގެ 33 މީހުން އަނބުރާ ގެންނާނަން، އޭގެ ތެރެއިން [ގިނަ މީހުން] ދިރިތިބޭނެ،" އޭނާ ބުންޏެވެ އެވެ.
އާދީއްތަ ދުވަހު ތަންފީޒުކުރަން ފަށާ، ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމުގެ ފުރަތަމަ 42 ދުވަހަކީ ވަގުތީ ގޮތުން ހަނގުރާމަ ހުއްޓާލުމެއް ކަމަށް ވެސް ނަތަންޔާހޫ ބުންޏެވެ.
ނަތަންޔާހޫ ބުނީ ހަނގުރާމަ އަލުން ފަށަން މަޖުބޫރުވެއްޖެ ނަމަ އެކަން ކުރާނީ ފުރިހަމަ ބާރުގައި ކަމަށާއި ހަނގުރާމަ ފެށުނީއްސުރެ އިޒްރޭލުން ވަނީ މެދުއިރުމަތީގެ މޫނުމަތި ބަދަލުކޮށްފައި ކަމަށެވެ.
ފަލަސްތީނުގެ ދައުލަތެއް އުފެދުނަކަ ނުދޭނަން: ނަތަންޔާހޫ
"ކުރަންއުޅޭ ކަމެއް ނަތަންޔާހޫއަށް ވެސް ނޭނގޭ"
ޣައްޒާ ބަނޑަށްނުޖެހޭކަން ދައްކަން ދޮގު ކެމްޕޭނެއް
ޣައްޒާ ހިފުމުގެ މަސައްކަތް ފަށައިފި
ޣައްޒާއިން މީހުން ނެރޭ ވާހަކަ އަނެއްކާވެސް ދައްކައިފި
އެންމެން ދެކޮޅުހެދިޔަސް ޣައްޒާ ހިފާނަން: ނަތަންޔާހޫ
ޣައްޒާ ހިފަން ކުރި އަމުރަށް އިޒްރޭލު ސިފައިން ދެކޮޅު؟
ހަމަލާތައް ހުއްޓުމުގެ މަޝްވަރާއަށް އިޒްރޭލުގެ ޓީމެއް
އިޒްރޭލުގައި ރައްޔިތުންގެ ސަރުކާރެއް ނެތް: އިދިކޮޅު
ވަގުތީ ގޮތުން ހަމަލާތައް ހުއްޓާލެވިދާނެ: ނަތަންޔާހޫ