ކެބިނެޓަށް ގެނައި ބަދަލުތަކާ އެކު މަގާމްތަކަށް އަލަށް އައްޔަންކުރެއްވި ހަތަރު މިނިސްޓަރުންނަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފި އެވެ.
20 ޖެނުއަރީ 2025
ކެބިނެޓަށް ގެނައި ބަދަލުތަކާ އެކު މަގާމްތަކަށް އަލަށް އައްޔަންކުރެއްވި ހަތަރު މިނިސްޓަރުންނަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފި އެވެ.
ކެބިނެޓަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ބަދަލު ގެންނަވައި، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިން އުފައްދަވައި ހަވާލުކުރެއްވީ ފިނޭންސް މިނިސްޓަރު ކަމުގައި ހުންނެވި މޫސާ ޒަމީރާ އެވެ. ހައުސިން މިނިސްޓްރީގެ ބަދަލުގައި އުފެއްދެވި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ ހަވާލުކުރެއްވީ ޑރ. އަބްދުﷲ މުއްތޮލިބާ އެވެ.
ހައުސިން މިނިސްޓަރަކަށް ހުންނެވި ޑރ. އަލީ ހައިދަރު އަހުމަދާ ހަވާލު ކުރެއްވީ ހަޔާ އެޑިއުކޭޝަން މިނިސްޓްރީ އެވެ. އެ މިނިސްޓްރީ ހިންގެވި ޑރ. މަރިޔަމް މާރިޔާ ބަދަލުކުރެއްވީ އެގްރިލަކްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓްރީއަށެވެ.
މި ހަތަރު މިނިސްޓަރުންނަށް ވަކިވަކިން އެހި ވޯޓުގައި ހައިދަރު ފިޔަވައި ދެން ތިއްބެވި ވަޒީރުންނަށް ރުހުން ލިބުނީ ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ. ހައިދަރު އައްޔަން ކުރަން ނުފެންނަ ކަމަށް އެމްޑީޕީގެ ހަ މެންބަރަކު ވޯޓު ދެއްވި އެވެ.
މިއީ ރައީސް މުއިއްޒުގެ ކެބިނެޓަށް ބަދަލު ގެންނެވި ދެވަނަ ފަހަރެވެ.
މި ސަރުކާރުގެ ފުރަތަމަ ފޮރިން މިނިސްޓަރަކަށް ހުންނެވި މޫސާ ޒަމީރު ފިނޭންސް މިނިސްޓަރަކަށް ބަދަލު ކުރައްވައި، މި ސަރުކާރުގެ ފުރަތަމަ ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ފޮރިން މިނިސްޓަރަކަށް އޭރު ބަދަލުކުރެއްވި އެވެ. އަދި ފަހުން ހެލްތު މިނިސްޓަރަކަށް އައްޔަންކުރެއްވީ ރައީސް އޮފީހުގެ މިނިސްޓަރަކަށް ކުރިން ހުންނެވި އަބްދުﷲ ނާޒިމް އިބްރާހިމެވެ.
ފިނޭންސް މިނިސްޓަރަކަށް ޒަމީރު އައްޔަންކުރެއްވީ މި ސަރުކާރުގެ ފުރަތަމަ ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު އިސްތިއުފާ ދެއްވުމުންނެވެ.
ޑިމޮކްރެޓްސްގެ ރުހުން ނުދެނީ އޭޖީއާ އެކު 3ވަޒީރަކަށް
ރިޓަޔަމެންޓް އުސޫލަށް ގެންނަ ބަދަލު އުވާލައިފި
ޒަމީރު ފިނޭންސަށް އައްޔަންކޮށް ކެބިނެޓަށް ބަދަލުތަކެއް
ޒަމީރު ފިނޭންސް މިނިސްޓަރަކަށް ބަދަލުކުރަނީ!
3 ވަޒީރުންނަށް ރުހުން ދޭން ކޮމިޓީން ފާސްކޮށްފި
3 ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ކޮމިޓީއަށް
ރުހުން ނުދިން ތިން ވަޒީރުން އަލުން އައްޔަންކުރައްވައިފި
ރުހުން ނުލިބުނު ވަޒީރުން އަލުން އައްޔަން ކުރަނީ
އުޝާމާއި ޝަހީމާއި ހައިދަރަށް ރުހުމެއް ނުދިން!
އެމްޑީޕީން ވެސް ނިންމީ 4 ވަޒީރަކަށް ރުހުން ނުދޭން