Roadha Mihaaru
ޑިމޮކްރެޓްސްގެ ރުހުން ނުދެނީ އޭޖީއާ އެކު 3ވަޒީރަކަށް

ޑިމޮކްރެޓްސް އިން ރުހުން ނުދޭން ނިންމީ އޭޖީއާ އެކު ތިން ވަޒީރަކަށް

28 ޖެނުއަރީ 2024

އެޓާނީ ޖެނަރަލް އަހުމަދު އުޝާމްއާ އެކު ތިން މިނިސްޓަރަކަށް ރުހުން ނުދޭން ދަ ޑިމޮކްރެޓްސް އިން ނިންމައިފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

އެޓާނީ ޖެނަރަލް އަހުމަދު އުޝާމްއާ އެކު ތިން މިނިސްޓަރަކަށް ރުހުން ނުދޭން ދަ ޑިމޮކްރެޓްސް އިން ނިންމައިފި އެވެ.

ޑިމޮކްރެޓްސްގެ މެންބަރަކު "މިހާރު" އަށް ވިދާޅުވި ގޮތުގައި އެ ޕާޓީން ރުހުން ނުދޭން ނިންމާފައި ވަނީ އުޝާމް އާއި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އާއި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އަދި ފޮރިން މިނިސްޓަރު މޫސާ ޒަމީރަށެވެ.

އެ ޕާޓީން ބުނި ގޮތުގައި އެ ހަތަރު ވަޒީރުންނަށް ރުހުން ނުދޭން ނިންމީ ކަންބޮޑުވާންޖެހޭ ކަންތައްތަކެއް ހުރުމުންނެވެ. ހާރިޖީ ދާއިރާއިން ވެސް މިހާރު އޮތީ ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތް ގުޅުން ގޯސްވެ، 50 އަހަރުވީ ޓޫރިޒަމަށް ވެސް ގެއްލުންތަކެއް ލިބެމުންދާ ސިޔާސަތެއް ކަމަށް ބުންޏެވެ.

އެޓާނީ ޖެނެރަލް އުޝާމްއަށް ރުހުން ނުދޭން ނިންމި ސީދާ ސަބަބެއް ޑިމޮކްރެޓްސް އިން ވާހަކަ ދެއްކެވި މެމްބަރު ވިދާޅެއް ނުވެ އެވެ.

އޭނާ ވިދާޅުވީ ބައެއް އެހެން މިނިސްޓަރުންނާ މެދު ވެސް ހިތްހަމަ ނުޖެހުން ހުރި ކަމަށާއި ނަމަވެސް އެ ބޭފުޅުންނާ މެދު އަދި ވަކި ގޮތެއް ނުނިންމާ ކަމަށެވެ.

ޑިމޮކްރެޓްސް އިން ހަތަރު މިނިސްޓަރަކަށް ރުހުން ނުދޭން ނިންމާފައިވާ އިރު އެމްޑީޕީން ވެސް އެކަމާ ގުޅޭ ގޮތުން ގޮތެއް ނިންމުމަށް ބާއްވާ ޕާލިމެންޓަރީ ގްރޫޕްގެ ބައްދަލުވުން މިވަގުތު އެބަ ކުރިޔަށް ދެއެވެ.

އެ ޕާޓީގެ ގިނަ މެންބަރުންގެ ވިސްނުން ވެސް ހުރީ ބައެއް މިނިސްޓަރުންނަށް ރުހުން ނުދިނުމަށެވެ.

އެ މައްސަލާގައި މަޖިލީހުގައި މިއަދު ވޯޓަށް އެހުން 1:30 ގައި އޮންނާނެ އެވެ.