އެމެރިކާގެ 47 ވަނަ ރައީސްކަމުގެ ހުވާ ޑޮނަލްޑް ޓްރަމްޕް ދާދި ދެންމެއަކު ކުރައްވައިފި އެވެ.
އެމެރިކާގެ 47 ވަނަ ރައީސްކަމުގެ ހުވާ ޑޮނަލްޑް ޓްރަމްޕް ދާދި ދެންމެއަކު ކުރައްވައިފި އެވެ.
ޓްރަމްޕަކީ، 1890 ވަނަ އަހަރުގެ ފަހުން، ރިޔާސީ އިންތިހާބަކުން ނާކާމިޔާބުވެވަޑައިގެންނެވުމަށްފަހު، ދެވަނަ ދައުރަކަށް ރައީސްކަމުގެ ހުވާ ކުރެއްވި ފުރަތަމަ ބޭފުޅާ އެވެ.
ގަދަފިނީގެ ސަބަބުން، އެމެރިކާގެ ގާނޫނު ހަދާ މަޖިލިސް، ކެޕިޓަލް ބިލްޑިންގެ އެތެރޭގައި ބޭއްވި ރަސްމިއްޔާތުގައި، ޓްރަމްޕްގެ ރަނިން މޭޓު، ޖޭޑީ ވާންސް ވަނީ ނައިބު ރައީސްކަމުގެ ހުވާކުރައްވައިފަ އެވެ.
މިއީ ފާއިތުވި 40 އަހަރުގެ ތެރޭގައި އެމެރިކާގެ ރައީސަކު ހުވައި ކުރެއްވުމުގެ ރަސްމިއްޔާތު، ކެޕިޓަލް ބިލްޑިންގެ އެތެރޭގައި ބާއްވާ ފުރަތަމަ ފަހަރެވެ. މިގޮތުން 1985 ވަނަ އަހަރު، ރޮނަލްޑް ރޭގަން ހުވައި ކުރެއްވުމުގެ ރަސްމިއްޔާތު ކެޕިޓަލް ބިލްޑިންގެ އެތެރޭގައި ބާއްވަން ޖެހުނީ ވެސް ފިނަގަދަވުމުގެ ސަބަބުންނެވެ.
ޓްރަމްޕް ހުވާކުރެއްވުން. --ފޮޓޯ: އޭއެފްޕީ
ޓްރަމްޕް ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި އެމެރިކާގެ ކުރީގެ ރައީސުންނާއި ތިން ބާރުގެ ވެރިންނާއި، ބޮޑެތި މަހުޖަނުންނާއި، ބައެއް ގައުމުތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.
ހުވާ ކުރެއްވުމަށްފަހު، ޓްރަމްޕް ދެއްވި ރިޔާސީ ބަޔާނުގައި ވިދާޅުވީ، ކެމްޕޭނު ތެރޭގައި ވައުދުވެވަޑައިގެންނެވި ގޮތަށް، އެމެރިކާގެ މަސްހަލަތު އިސްކުރުމުގެ ސިޔާސަތުގެ ތެރެއިން، ގައުމު އާރާސްތުކުރުމުގެ މަސައްކަތް މި ފެށުނީ ކަމަށެވެ.
މި ވަގުތުން ފެށިގެން އެމެރިކާގެ ބޯޑަރުތައް ހިމާޔަތްކޮށް، ގައުމުގައި ގަވާއިދާ ހިލާފަށް އުޅެމުންދާ ބޭރު ގައުމުތަކުގެ "ކުށްވެރިން" ބޭރުކުރުމުގެ ފެއްޓެވީ ކަމަށް ޓްރަމްޕް އިއުލާނު ކުރެއްވި އެވެ.
"ޖެނުއަރީ 20، 2025 އަކީ އެމެރިކާއަށް މިނިކަން ލިބުނު ދުވަސް،" ޓްރަމްޕް އިއުލާނުކުރެއްވި އެވެ.
"އަޅުގަނޑުގެ އުންމީދަކީ، އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބަކީ، ގައުމުގެ ތާރީހުގައި ވެސް ގައުމަށް އެންމެ ވަރުގަދަ ބަދަލެއް ގެނުވައިދިން އިންތިހާބުގެ ގޮތުގައި ވެގެންދިޔުން."
ޓްރަމްޕް ވިދާޅުވީ، ފާއިތުވި އަހަރުތަކުގައި އެމެރިކާ ފަހަތަށް ސޮއްސާލާފައި އޮތުން މިއަދުން ފެށިގެން ނިމުނީ ކަމަށެވެ. އަދި ގައުމުގެ ކަންކަން އަލުން ތަރުތީބުކޮށް ކުރިއަށް ގެންދިޔުމުގައި، ނަސްލަކަށް، ދީނަކަށް ތަފާތުކުރުމެއްނެތި، އެމެރިކާގެ އެއްވެސް ރައްޔިތަކު ބާކީ ނުވާނެ ކަމުގެ ޔަގީންކަން ޓްރަމްޕް ދެއްވި އެވެ.
އިގުތިސާދީ ގޮތުން ބޮޑު އިންގިލާބެއް ގެންނަވާނެ ކަމަށް ވައުދުވެވަޑައިގެން ވެރިކަމަށް ވަޑައިގެންނެވި ޓްރަމްޕް މިރޭ ވަނީ، ތަކެތީގެ އަގު އުފުލުމާ ދެކޮޅަށް ހުރިހާ މަސައްކަތެއް ކުރަން ކެބިނެޓުގެ ކޮންމެ ބޭފުޅަކަށް އަންގަވާނެ ކަމަށެވެ.
ބޭރު ގައުމުތަކުން އެމެރިކާއަށް އެތެރެކުރާ މުދަލުން ޓެކްސް ނެގުމަށް ހާއްސަ އިދާރާއެއް އުފައްދަވާނެ ކަމުގެ ވައުދު، ޓްރަމްޕް މިރޭ ވަނީ ތަކުރާރުކުރައްވައިފަ އެވެ. އަދި އެމެރިކާއަށް ހައްގުވާ އާމްދަނީ "ބޭރުން" ހޯއްދަވާނެ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.
އަދި އެމެރިކާއިން ތަރައްގީކޮށް ޕެނަމާ އާ ހަވާލުކޮށްފައިވާ، ޕެނަމާ ކެނެލް އަނބުރާ އަތުލާނެކަމުގެ އިންޒާރު ޓްރަމްޕް މިރޭ ވެސް ދެއްވި އެވެ.
އެމެރިކާ ޑަބްލިޔުއެޗްއޯއިން ވަކިވެ ބޮޑެތި ނިންމުންތަކެއް
ބަލައިގަންނާނީ 'ދެ ޖިންސު' އެކަނި: ޓްރަމްޕް
ޓްރަމްޕުގެ ވައުދާއެކު އެމެރިކާއަށް ޓިކްޓޮކް އަލުން ދީފި
މަހުޖަނުންގެ ނުފޫޒުން ގައުމު ސަލާމަތްކުރާތި: ބައިޑެން
ޓްރަމްޕް: އަލިފާން ނިއްވާނުލެވޭ، މިއީ ކޮން ބައެއް؟
ޓްރަމްޕަށް ސާބިތުވި ކުށަށް އަދަބު ނުދޭން ހުކުމްކޮށްފި
ޓްރަމްޕަށް އަދަބު ދިނުން ހުއްޓުވަން ސުޕްރީމް ކޯޓަށް
ޓްރަމްޕުގެ އިންޒާރެއް: ޕެނަމާ ކެނަލް އަތުލަންޖެހިދާނެ
ޑޮލަރަށް ބަރޯސާވުން ކުޑަކުރާތީ ޓްރަމްޕްގެ އިންޒާރެއް
ޓްރަމްޕަށް ކުރި ދައުވާއެއް އަނބުރާ ގެންދަނީ