މެޑްރިޑް (ޖެނުއަރީ 21) – ރެއާލް މެޑްރިޑާ އޭނާ އާ އޮތީ ވަރަށް ވަރުގަދަ ގުޅުމެއް ކަމަށް ބެޔާ ލެވަކޫސަންގެ ކޯޗު ޒަބީ އަލޮންސޯ ބުނެފި އެވެ.
21 ޖެނުއަރީ 2025
މެޑްރިޑް (ޖެނުއަރީ 21) – ރެއާލް މެޑްރިޑާ އޭނާ އާ އޮތީ ވަރަށް ވަރުގަދަ ގުޅުމެއް ކަމަށް ބެޔާ ލެވަކޫސަންގެ ކޯޗު ޒަބީ އަލޮންސޯ ބުނެފި އެވެ.
ޔޫއެފާ ޗެމްޕިއަންސް ލީގުގައި ލެވަކޫސަން ގޮވައިގެން ޒަބީ މިރޭ ނުކުންނާނީ ރެއާލްގެ ވާދަވެރިޔާ އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށެވެ.
ސްޕެއިންގެ ބައެއް މީޑިއާތަކުން އިއްޔެ ހަބަރު ފަތަރަމުން ދިޔައީ މި ސީޒަނަށް ފަހު ރެއާލްގެ މިހާރުގެ ކޯޗު ކާލޯ އަންޗެލޮޓީ އެ ކްލަބް ދޫކޮށްލަން ނިންމާފައިވާ ކަމަށެވެ. އެކަމަކު އިތުބާރު ކުރެވޭ މަސްދަރަކުން އެކަން ކަށަވަރުކޮށްދީފައެއް ނުވެ އެވެ.
މެޑްރިޑްގައި އެތުލެޓިކޯ އާއި ލެވަކޫސަން ކުޅޭ އެ މެޗުގެ ޕްރީ މެޗު ޕްރެސް ކޮންފަރެންސްގައި ނޫސްވެރިން ވަނީ ރެއާލްއާ ގުޅުވައި އަލޮންސޯއާ ސުވާލުކޮށްފަ އެވެ.
އަންޗެލޮޓީގެ ކޯޗުކަމުގެ ދަށުން 2014 ގެ ޗެމްޕިއަންސް ލީގު ރެއާލްއަށް ހޯދައިދިނުމުގައި މުހިންމު ދައުރެއް އަދާކުރި އޭރުގެ މިޑްފީލްޑަރު ބުނީ ރެއާލްގެ މެނޭޖްމެންޓާއި ސަޕޯޓަރުންނާ އެކު ވެސް ވަރުގަދަ ގުޅުމެއް އޭނާގެ އެބައޮތް ކަމަށެވެ.
ކޯޗުކަމަށް ނުކުތުމުގެ މަރުހަލާގައި އަލޮންސޯ ވަނީ ރެއާލްގެ އުމުރުފުރާގެ ޓީމުތަކަށް ކޯޗުކޮށްދީފަ އެވެ. އޭނާ ބުނީ ރެއާލްއާ އޭނާއާ އޮންނަ ގުޅުމަކީ ހަނދާން ނައްތާލެވޭނެ ވަރުގެ ގުޅުމެއް ނޫން ކަމަށެވެ.
"އޭގެ ފަހުން ގިނަ ދުވަސްތަކެއް ވީ ނަމަވެސް އަހަރެންނާ (ރެއާލް މެޑްރިޑާ) އޮންނަ ލޯތްބަކީ ދިގުދެމިގެންދާނެ ގުޅުމެއް. އެއީ ހަނދާން ނައްތާ ނުލެވޭނެ ވަރުގެ ގުޅުމެއް،" ރެއާލްގެ ސީ ޓީމަށް ކުރިން އިރުޝާދު ދިން ކޯޗު ބުންޏެވެ.
"ކުޅުންތެރިޔެއްގެ ގޮތުގައި ކާމިޔާބު ދުވަސްތަކެއް ރެއާލުގައި އަހަރެން ހޭދަ ކުރިން. އެއީ ވަރަށް ވާދަވެރި އަހަރުތަކެއް. އަހަރެމެން ހޯދަން މަސައްކަތް ކާމިޔާބު ހާސިލު ކުރަން އުނދަގޫވި ނަމަވެސް، އެކަން ހާސިލު ކުރެވުނީމަ އެކަން ދެމި އޮންނާނެ."
މި ސީޒަނަށް ފަހު ވެސް ލެވަކޫސަންގައި ދެމިހުންނާނަން ތޯ ސުވާލު ކުރުމުން އަލޮންސޯ ބުނީ ސީޒަނުގެ މިހާހިސާބުގައި އެކަމާ ބެހޭގޮތުން ވާހަކަ ދައްކަން ނޭނގޭ ކަމަށެވެ.
އަންޗެލޮޓީ، ރެއާލް ދޫކޮށްލާނަމަ އެ ކްލަބުން ގެންދަން ބޭނުންވާނެ ކޯޗަކީ އަލޮންސޯ ކަމަށް މިޑީއާތަކުން ބުނެ އެވެ.
ލެވަކޫސަނުގައި އެލޮންސޯ ނޫން ކޯޗަކަށް މިކަމެއް ނުވީސް
ލެވަކޫސަނަށް އޮލޮންސޯ ފުރަތަމަ ފަހަރަށް ލީގު ހޯދައިދީފި
ލެވަކޫސަން އާއި މޮންޒާއިން މާސެލޯ އަށް ޝައުގުވެރިވޭ
ބެޔާން އަތުން ބަލިވީ ގޯސްތަކެއް ހެދިގެން: އޮލޮންސޯ
ރެއާލުން ޝަކުވާ ހުށަހެޅި ރެފްރީގެ މައްސަލައެއް ބަލަނީ
ރެފްރީއަށް ނުބައިކޮށް މާނަކުރެވި ބެލިންހަމަށް ރަތް ކާޑު
ސިޓީގެ ބެނާއިން ރެއާލް އާއި ވިނީ ގުޑުވައެއް ނުލެވުނު
ޑިފެންސް ކުއްލި ހާލަތުގައި އޮވެ ރެއާލުން ކްލެސިކޯއަކަށް
ބާސާގެ ނަތީޖާއިން ރެއާލް އާއި އެތުލެޓިކޯ ޕްރެޝަރަށް
ރެފްރީންގެ މައްސަލަ އޮޅުންނުފިލާތީ އަންޗެލޮޓީ ކަންބޮޑުވޭ