އެލް ކްލެސިކޯގެ މެޗަށް ތައްޔާރުވާން ޔުވެންޓަސްއާ ދެކޮޅަށް ކުޅުނު މެޗުގައި ރެއާލް މެޑްރިޑްގެ ފެންވަރު ދަށް ނުކުރާކަމަށް ކޯޗު ޒަބީ އަލޮންސޯ ބުނެފި އެވެ.
23 އޮކްޓޯބަރ 2025
އެލް ކްލެސިކޯގެ މެޗަށް ތައްޔާރުވާން ޔުވެންޓަސްއާ ދެކޮޅަށް ކުޅުނު މެޗުގައި ރެއާލް މެޑްރިޑްގެ ފެންވަރު ދަށް ނުކުރާކަމަށް ކޯޗު ޒަބީ އަލޮންސޯ ބުނެފި އެވެ.
މެޑްރިޑްގައި ކުޅުނު މެޗުގައި ރެއާލް އަށް މޮޅު ވެވުނީ ކިރިޔާ އެވެ. މުޅި މެޗުގައި ވެސް ޔުވެންޓަސްގެ ފަރާތުން ރަނގަޅު ކުޅުމެއް ދެއްކި އެވެ.
ރެއާލަށް ވުރެ ގިނައިން ނުރައްކާތެރި ހަމަލާތައް ވެސް ޔުވެންޓަސްއިން އުފެއްދި އެވެ. މެޗު ފެށިގެން ނިމެންދެން ޔުވެންޓަސްއިން ދިޔައީ އެ ޓީމުން ކުޅުނު އެޓޭކިން ގޭމްގައި ދަމަހައްޓަމުންނެވެ.
ރެއާލް ސަލާމަތް ވީ ޖޫޑެ ބެލިންހަމް ވައްދާލި ލަނޑުންނެވެ. ބައިކޮޅަށް ލަނޑު ވަން ނަމަވެސް ޔުވެންޓަސްގެ ގޭމަށް އެއްވެސް ބަދަލެއް ނުގެނެސް އެ ޓީމުން ކުޅުނެވެ.
ރެއާލް ސަލާމަތްވީ ކީޕަރު ޓިބޯ ކޯޓުއާ އާއި ޑިފެންޑަރު ރައުލް އެސެންސިއޯ ދެއްކި އިންޑަވިޖުއްލަ ހުނަރުތަކުންނެވެ.
ރެއާލްގެ ފަރާތުން ފެނުނީ އެހެން މެޗުތަކުގައި އެ ޓީމުން ފެންނަ ކުޅުމެއް ނޫނެވެ. އެތޭކިން ގޭމް ދެމެހެއްޓިފައެއް ނުވެ އެވެ. އެއަށް ވުރެ ބޮޑަށް އެ ޓީމުން ސަމާލުކަން ދިނީ ޔުވެންޓަސްގެ ހަމަލާތައް ހުއްޓުވުމަށެވެ.
އެކަމަކު ޒަބީ ބުނީ އަންނަ އާދިއްތަ ދުވަހު ކުޅޭ އެލްކްލެސިކޯގެ ކުރިމަތިލުމަށް ހާއްސަކޮށް، ރޭ ގެ މެޗުގައި އެއްވެސް ކަމެއް ނުކުރާ ކަމަށެވެ.
"(އަންނަ) އާދިއްތަ ދުވަހުގެ މުހިންމުކަން އަހަރެމެންނަށް އެނގޭ. އަހަރެމެން މިތިބީ އެ (މެޗާ) ވަރަށް ބޮޑަށް ގުޅިފައި. އެކަމަކު އެކަމަށް އަހަރެމެން މިކަމުން [މި މެޗުން] ބޮޑުކަމެއް ނުކުރަން،" ޔުވެންޓަސްގެ މެޗަށް ފަހު ޒަބީ ބުންޏެވެ.
"އެއީ (އެލްކްލެސިކޯ އަކީ) ކަލަންޑަރުގައި ރަތް ކުލައިން ފާހަގަކޮށްފައިވާ މުހިއްމު މެޗެއް. އެ މެޗަށް ތައްޔާރުވާން އަހަރެމެން މަސައްކަތް މި ފެށީ މިހާރު. އެ މެޗުގެ ވާހަކައެއް އަހަރެމެން މާ ގިނައިން ނުދައްކަން. އެ ވާހަކަތައް ފަށާނީ އަންނަ ހޮނިހިރު ދުވަހު އޮންނަ (ޕްރީ މެޗު) ޕްރެސް ކޮންފަރެންސްގައި."
ރޭގެ މެޗަކީ ރެއާލްގެ ކީޕަރު ކޯޓުއާ، އެ ކްލަބާ އެކު ހޯދި 300 ވަނަ މޮޅެވެ.
އެމްބާޕޭ: ރެއާލްގެ ބޮސް އަށް ރައްކާތެރިވާން ޖެހޭ
ޒަބީ އާއި ވިނީގެ ގުޅުން ގޯސްވެއްޖެ
ޔުވެންޓަސް އާއި ޑޯޓްމަންޑް ޕޮއިންޓަކުން ފުއްދާލައިފި
މުހިންމު ކުޅުންތެރިން ބެންޗުން ވެސް ފަށައިފާނެ: ޒަބީ
މެސީއަކީ އެއްވަނަކަމަށް ރެއާލްގެ ވެސް ބުނެވޭނެ: ޒަބީ
ވިނީ އަށް ރެއާލުން ކުރާ އިތުބާރު ދަށަށް
ޔުވެންޓަސްގެ 10 ކުޅުންތެރިން ބަދަލަކަށް އެދުނު
އަލޮންސޯ މާޔޫސެއް ނުވޭ، އޭނާ ހުރީ އުއްމީދުގައި
ރެއާލަކީ ހުއްޓުވަން އުނދަގޫ ބާރަކަށް ހަދާނަން: ކޯޗު
ރެއާލްގެ ކޯޗުކަމަށް ލެޖެންޑް އަލޮންސޯ ހަމަޖައްސައިފި