މޯލްޑިވިއަން އިން އަލަށް ގެނައި ވައިޑް-ބޮޑީ މަތިންދާބޯޓު، ޗައިނާއަށް ފުރަތަމަ ދަތުރުގައި ޗެންގްޑޫއަށް މިރޭ ދަތުރު ފަށައިފި އެވެ.
21 ޖެނުއަރީ 2025
މޯލްޑިވިއަން އިން އަލަށް ގެނައި ވައިޑް-ބޮޑީ މަތިންދާބޯޓު، ޗައިނާއަށް ފުރަތަމަ ދަތުރުގައި ޗެންގްޑޫއަށް މިރޭ ދަތުރު ފަށައިފި އެވެ.
އެ އެއާލައިނުން ބުނީ، މިރޭ ޗެންގްޑޫއަށް ފްލައިޓު ނައްޓާލި އިރު، ރާއްޖެއަށް އެ ސިޓީން އަންނަން ގިނަ އަދަދެއްގެ ބަޔަކު ޓިކެޓު ނަގަމުން އަންނަ ކަމަށެވެ.
މިހާތަނަށް 70 ޕަސެންޓު ޖާގަ ފުރިފައިވާ އިރު، ފުލް ފްލައިޓެއް އެޅޭނެ ކަމުގެ އުންމީދު ވަރަށް ބޮޑު ކަމަށް ގައުމީ އެއާލައިން ހިންގާ އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، މިރޭ ދަތުރު ކުރާ ފްލައިޓުން ކޮންމެވެސް ވަރަކަށް ފަސިންޖަރުން ދަތުރު ކުރާ ކަމަށާއި ކުރިއަށް އޮތްތަނުގައި މޯލްޑިވިއަން އިން ކުރާ ޗައިނާ ދަތުރުތަކަށް ބޮޑު ޑިމާންޑެއް އުފެދޭނެ ކަމުގެ ޔަގީން ކަން އެބަ އޮތް ކަމަށެވެ.
މޯލްޑިވިއަން އިން މި މަހުގެ ކުރީ ކޮޅު ގެންނަ އެއާބަސް އޭ330 މަތިންދާ ބޯޓުގެ ފުރަތަމަ މަންޒިލް ކަމަށްވާ ޗައިނާގެ ޗެންގްޑޫ އަށް ދެކޮޅު ޓިކެޓެއްގެ އަގަކީ 688 ޑޮލަރު (10،610ރ.) އެވެ. ޗެންގްޑޫގެ އިތުރުން ބެއިޖިންގެ ދެކޮޅު ޓިކެޓެއްގެ އަގު 788 ޑޮލަރު (12،151ރ.) އަށް އަރަ އެވެ. ޗައިނާގެ ޝެންހާއީގެ ދެކޮޅު ޓިކެޓުގެ އަގަކީ 777 ޑޮލަރު (11،981ރ.) އެވެ.
މޯލްޑިވިއަން އިން ޗައިނާގެ ޗެންގްޑޫއަށް ދިއުމަށް އަންނަ ފަރާތްތަކަށް ހިދުމަތް ދޭ ކައުންޓަރުތައް -- ފޮޓޯ: ނިޝާން އަލީ / މިހާރު
ބެއިޖިން އަށް މި މަހުގެ 24 ގައި ދަތުރުތައް ފަށާ އިރު ޝެންހާއީ އަށް ދަތުރުތައް ފަށާނީ މި މަހުގެ 27 ގަ އެވެ.
އެއާބަސް އޭ330 ބޯޓުން 260 މީހުން އުފުލޭނެ އެވެ. ބިޒްނަސް، ޕްރިމިއަމް އިކޮނޮމީ އަދި އިކޮނޮމީ ކްލާސްއަށް ވެސް ހާއްސަ ކޮށްފައިވާ އެ ބޯޓުން ދުރުރާސްތާގެ ދަތުރުތައް ކުރެވޭނެ އެވެ. ކާގޯ އުފުލޭ ކެޕޭސިޓީއަކީ 10 ޓަނެވެ.
ދަތުރުުކުރާ ކޮންމެ ފަސިންޖަރަކަށް ވެސް 40 ކިލޯގެ ބެގޭޖު އުފުލޭނެ އެވެ. އެއާބަސް އޭ330 ބޯޓާ އެކު، މޯލްޑިވިއަން އެއާލައިންގެ ފްލީޓުގެ އަދަދު 25 އަށް އިތުރުވާނެ އެވެ. މޯލްޑިވިއަން އިން އަންނަނީ އެއާބަސް އޭ330 ގެ ބޯޓެއް މިއަހަރުގެ ފަހުކޮޅުގައި ވެސް ގެންނަން މަސައްކަތް ކުރަމުންނެވެ. އެއާ އެކު އެއާލައިނުން ޔޫރަޕްގެ ސިޓީތަކަށް ވެސް ސީދާ ދަތުރުތައް ކުރާނެ އެވެ.
އެއާބަސް އޭ330 ގެ ފުރަތަމަ ދަތުރު ޗެންގްޑޫއަށް
ޗައިނާ ސަދަން އިން ރާއްޖެ އަށް ދަަތުރުތައް ފަށަނީ
ދިވެހި ހައްޖުވެރިންގެ ދަތުރުތައް ގައުމީ އެއާލައިނުން
މޯލްޑިވިއަންގެ ދެވަނަ ޑޭޝް-8 ބޯޓު ވިއްކާލަނީ
ތައިލެންޑާއި މެލޭޝިއާ އިން ސޭލްސް އޭޖެންޓުން ހޯދަނީ
ޗެންގްޑޫގެ ފުރަތަމަ ފްލައިޓުން 180 ޓޫރިސްޓުން
މޯލްޑިވިއަންގެ ޗައިނާ ދަތުރުތަކުގެ ޓިކެޓް ވިއްކަނީ
އާމްދަނީ ތިން ބިލިއަނަށް އަރުވައި، ބޮޑު ބަދަލަކަށް
ޗުއްޓީއަށް މޯލްޑިވިއަނުން 98 ފްލައިޓް އިތުރުކޮށްފި
މޯލްޑިވިއަނުން އަންނަ މަހު ޗައިނާގެ 4 ސިޓީއަކަށް