ޗައިނާ ސަދަން އެއާލައިނުން ރާއްޖެ އަށް އަންނަ މަހު ދަތުރުތައް ފަށަން ނިންމައިފި އެވެ.
30 ޖެނުއަރީ 2023
ޗައިނާ ސަދަން އެއާލައިނުން ރާއްޖެ އަށް އަންނަ މަހު ދަތުރުތައް ފަށަން ނިންމައިފި އެވެ.
އެމްއޭސީއެލް އިން ބުނީ އެ އެއާލައިންގެ ދަތުރުތައް ޝެޑިއުލްކޮށްފައި އޮތީ އަންނަ މަހުގެ 20 ވަނަ ދުވަހަށް ކަމަށެވެ. ޗައިނާގެ ގުއާންޒޫ އިން ރާއްޖެ އަށް ދަތުރުތައް ފަށާ ސަދަން އެއާލައިނުން ރާއްޖެ އަންނަ އެއާކްރާފްޓުތަކުން 280 ފަސިންޖަރުން އުފުލޭނެ އެވެ.
ދަތުރުތައް ފެށުމަށް ފަހު ކޮންމެ ހަފްތާއެއްގެ ހޯމަ އާއި ބުދަ އާއި ހުކުރު ދުވަހު ރާއްޖެ އަށް ދަތުރުތައް އަޅަން ވަނީ ޝެޑިއުލްކޮށްފަ އެވެ.
ތިން އަހަރަށް ފަހު ޗައިނާ އިން ރާއްޖެ އަށް ދަތުރުތައް ފެށީ މި މަހުގެ 18 ވަނަ ދުވަހު އެވެ. މި ވަގުތު ބެއިޖިން ކެޕިޓަލް އާއި ޗައިނާ އީސްޓާން އިން އަންނަނީ ރާއްޖެ އަށް ދަތުރުތައް ކުރަމުންނެވެ. ޗައިނާ އިން ރާއްޖެ އަށް ޓޫރިސްޓުން އަންނަން ފެށިތާ ހަފްތާއެއް ނުވަނީސް އެންމެ ގިނަ ޓޫރިސްޓުން އަންނަ ލިސްޓުގެ ދިހައަކަށް ވަނީ އަރައިފަ އެވެ. މި ވަގުތު އެ ގައުމު އޮތީ ރާއްޖެ އަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ މީހުންގެ ހަތް ވަނައިގަ އެވެ. އެ ގައުމުން މިހާތަނަށް 5،300 ޓޫރިސްޓުން ރާއްޖެ އަށް އައިސްފައިވެ އެވެ.
ކޮވިޑްގެ ކުރިން ޗައިނާއަކީ ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ގައުމެވެ. އެ ގައުމުން 2019 ވަނަ އަހަރު 280،000 ޓޫރިސްޓުން އައެވެ. އެއީ ރާއްޖެ އަށް އެ އަހަރު އައި ޓޫރިސްޓުންގެ 17 ޕަސެންޓެވެ.
ހަނީމޫނަށް މަރުގެ ނިމުމެއް، ދެއްކީ ހުސް އިހުމާލު!
ޗައިނާ ޓޫރިސްޓުންގެ އަދަދު ދެ ލައްކަ ހުރަސްކޮށްފި
ޝިއާމެން އެއާލައިންސްގެ ސީދާ ދަތުރުތައް ރާއްޖެއަށް
ޗައިނާގެ އިތުރު އެއާލައިނެއް ރާއްޖެ އަށް
ޓޫރިސްޓުންގެ ލިސްޓުގެ އެއް ވަނައަށް ޗައިނާ އަރައިފި
ހޮންގްކޮން އެއާލައިނުން ރާއްޖެއަށް ދަތުރުތައް ފަށައިފި
ރާއްޖެ-ޗައިނާއާ ދެމެދު އަންނަ މަހު ދަތުރުތައް ފަށަނީ
ޗައިނާގައި ރާއްޖެ އިޝްތިހާރުކުރަން ހާއްސަ ހަރަކާތެއް
ބޭނުންވަނީ މުޅި ޓޫރިޒަމް އިންޑަސްޓްރީ އެއްކޮށް ތެދުވުން
ޗައިނާ ޓޫރިސްޓުން އިތުރުކުރަން ހާއްސަ މަސައްކަތްތަކެއް