Roadha Mihaaru

ބްރޯޑްކޮމްގެ ރައީސަކަށް ސަފާ އައްޔަންކޮށްފި

ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ ރައީސް ކަމަށް އެ ކޮމިޝަންގެ މެންބަރު ސަފާ ޝަފީގް އިންތިހާބުކޮށްފި އެވެ.

ބްރޯޑްކޮމްގެ ރައީސަކަށް ސަފާ އައްޔަންކޮށްފި
އައިޝަތު ނުޒުހާ
އައިޝަތު ނުޒުހާ

22 ޖެނުއަރީ 2025

ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ ރައީސް ކަމަށް އެ ކޮމިޝަންގެ މެންބަރު ސަފާ ޝަފީގް އިންތިހާބުކޮށްފި އެވެ.

ބްރޯޑްކޮމްގެ ހުސްވެފައިވާ ރައީސްގެ މަގާމަށް ސަފާ އިންތިހާބު ކޮށްފައިވަނީ މިއަދު ބޭއްވި އެ ކޮމިޝަންގެ ބައްދަލުވުމުގަ އެވެ.

އެ ކޮމިޝަންގެ ރައީސް ކަމުގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި މަރިޔަމް ވަހީދާގެ ދައުރު ހަމަވުމުންނެވެ.

ކުރީގެ ޓީވީ ޕްރެޒެންޓަރެއް ކަމަށްވާ ސަފާ އެ ކޮމިޝަނަށް އައްޔަން ކުރީ ސެޕްޓެމްބަރު، 2023 ގަ އެވެ.

ސަފާ ވަނީ ރާއްޖޭގެ ގައުމީ ޔުނިވާސިޓީ އާއި ލިމްކޮކްވިންގް ޔުނިވާސިޓީ މާސްޓާސް ޑިގްރީ ހާސިލް ކުރައްވައިފަ އެވެ. އަދި އޭނާ ވަނީ ޓީވީއެމްގެ ޕްރެޒެންޓަރެއްގެ ގޮތުގައި ވެސް ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވައިފަ އެވެ.

ބްރޯޑްކޮމް އަށް ރައީސަކު އިންތިހާބުކޮށްފައިވަނީ، އެ ކޮމިޝަންގެ މެމްބަރުކަމުން ހުސްވެފައިވާ ދެ މަގާމަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ) އަދި ބްރޯޑްކޮމްގެ ކުރީގެ މެންބަރު އާމިނަތު ސަރާހަތު އިއްޒަތު ސިދުގީ އިއްޔެ އައްޔަން ކުރުމަށް ފަހުގަ އެވެ.

ބްރޯޑްކޮމްގައި މި ވަގުތު ތިއްބަވަނީ އަލަށް އައްޔަން ކުރެއްވި ދެ މެންބަރުންނާއި ރައީސް ސަފާ އާއި ނައިބު ރައީސް މުހައްމަދު ފަޒީންގެ އިތުރުން މެންބަރު އާމިނަތު އަމީނާގެ އިތުރުން ޝިފްލާ އިބްރާހީމް އަދި އައިމިނަތު ނުޒުހާ އެވެ.