ރާއްޖޭގެ ފުރަތަމަ ލައިސަންސްޑް އިންވެސްޓްމެންޓް އެޑްވައިޒާ އަދި ސެކިއުރިޓީ ޑީލާ، ފަސްޓް ނެޝަނަލް އިން ހުޅުވާލި، ރިއަލް އެސްޓޭޓް ފަންޑަށް، ކަނޑައެޅި 18 މިލިއަން ރުފިޔާގެ އަމާޒަށް ވާސިލްވެ، ފަންޑު ރެއިޒިން މަރުހަލާ ކާމިޔާބު ކަމާ އެކު ފުރިހަމަކޮށްފި އެވެ.
23 ޖެނުއަރީ 2025
ރާއްޖޭގެ ފުރަތަމަ ލައިސަންސްޑް އިންވެސްޓްމެންޓް އެޑްވައިޒާ އަދި ސެކިއުރިޓީ ޑީލާ، ފަސްޓް ނެޝަނަލް އިން ހުޅުވާލި، ރިއަލް އެސްޓޭޓް ފަންޑަށް، ކަނޑައެޅި 18 މިލިއަން ރުފިޔާގެ އަމާޒަށް ވާސިލްވެ، ފަންޑު ރެއިޒިން މަރުހަލާ ކާމިޔާބު ކަމާ އެކު ފުރިހަމަކޮށްފި އެވެ.
އެ ފަންޑަށް ހުޅުވާލީ މިދިޔަ ޑިސެމްބަރު 12 އިން މި ޖެނުއަރީ މަހުގެ 16 އާ ހަމައަށެވެ. އެއީ ރާއްޖޭގައި ރަސްމީ ގޮތެއްގައި ކެޕިޓަލް މާކެޓް ޑިވެލޮޕްމެންޓް އޮތޯރިޓީ (ސީއެމްޑީއޭ) ގައި ރަޖިސްޓަރީ ކޮށްގެން މިގޮތަށް ހުޅުވައިލި ފުރަތަމަ ފަންޑު ވެސް މެ އެވެ.
ރިއަލް އެސްޓޭޓް އެ ފަންޑު މެނޭޖް ކުރަނީ ފަސްޓް ނެޝަނަލް ފައިނޭންސް ކޯޕަރޭޝަނުންނެވެ.
މާލީ ގިނަ ހިދުމަތްތަކެއް ފޯރުކޮށްދެމުން އަންނަ އެ ކުންފުނީގެ ސީއީއޯ ހަސަން ޒިޔާތު މިއަދު ވިދާޅުވީ، އެ ފަންޑުން ލިބުނު ފައިސާ އިންވެސްޓް ކުރާނީ ހ. ސަކީނާ މަންޒިލްގެ ފުރަތަމަ ތިން ފަންގިފިލާ 30 އަހަރުގެ މުއްދަތަށް ކުއްޔަށް ނެގުމަށް ކަމަށެވެ. އެ ފަންޑް ރެއިޒިން ރައުންޑުގެ ޓާގެޓް ކަމަށްވާ 18 މިލިއަން ރުފިޔާ އަށް ވުރެ އިތުރަށް ވެސް އާންމުން ހުށަހެޅި އެވެ. އެކަމަކު އަމާޒަށް ވާސިލް ވެވުމުން، އިތުރުވި ފައިސާ އިންވެސްޓަރުންނަށް އަނބުރާ ރައްދު ކޮށްދޭން ފަސްޓް ނެޝަނަލް އިން ވަނީ ނިންމައިފަ އެވެ.
ފަސްޓް ނެޝަނަލްގެ ސީއީއޯ ޒިޔަތު. އޭނާ ވިދާޅުވީ، ރިއަލް އެސްޓޭޓު ފަންޑަށް ބޮޑު ކާމިޔާބެއް ލިބުނު ކަމަށް -- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު
ޒިޔަތު ވިދާޅުވީ، 18 މިލިއަން ހޯދުމަށް ބޮންޑުގެ ގޮތުގައި ވިއްކަން ކަނޑައެޅުނީ 8.1 މިލިއަން ރުފިޔާ ކަމަށެވެ. ހިއްސާގެ ގޮތުގައި ވިއްކުމަށް ކަނޑައެޅުނީ 9.9 މިލިއަން ރުފިޔާ އެވެ. އެ ފަންޑުން ހިއްސާދާރުންނަށް ރިޓާންގެ ގޮތުގައި 20 ޕަސެންޓު ފޯރުކޮށްދޭނެ އެވެ. ޑެޓްގައި އިންވެސްޓް ކުރި ފަރާތްތަކަށް 12 ޕަސެންޓުގެ ރިޓާންއެއް ނުވަތަ ފައިދާއެއް ލިބޭނެ އެވެ. ޑެޓްގެ މުއްދަތަކީ ހަ އަހަރު ދުވަހެވެ.
ޒިޔަތު ވިދާޅުވިގޮތުގައި، ފަންޑުގައި ތަފާތު ޕްރޮފައިލްގެ އިންވެސްޓަރުން ބައިވެރިވި އެވެ.
"އޭގެ ތެރޭގައި އަމިއްލަ ވިޔަފާރިތަކާއި ހިލޭ ސާބަހަށް މަސައްކަތް ކުރާ ޖަމިއްޔާތަކާއި އާންމުން ހިމެނޭ. ކުރިޔަށް ހުރި ޕްރޮޖެކްޓުތަކުގައި އިންވެސްޓް ކުރާ ފަރާތްތައް އިތުރުވެ، ހާއްސަކޮށް ލޯކަލް ކައުންސިލްތަކާއި އިންސްޓިޓިއުޝަނަލް އެހެނިހެން އިންވެސްޓަރުން ބައިވެރިވާނެ ކަމަށް އުއްމީދު ކުރަން،" އޭނާ ވިދާޅުވި އެވެ.
"މި ބުރުގައި އަޅުގަނޑު ފާހަގަ ކޮށްލަން ބޭނުން، އަޅުގަނޑުމެންނާ ވަރަށް ގާތްކޮށް ދެ ކައުންސިލެއް މަސައްކަތް ކުރި."
ރިއަލް އެސްޓޭޓް ފަންޑު. އެފަންޑަށް ވަނީ 18 މިލިއަން ރުފިޔާ ރެއިޒްކޮށްފައި -- ފޮޓޯ: ފަސްޓް ނެޝަނަލް
ޒިޔަތު ވިދާޅުވީ، އާންމު ފަރާތަކުން ހިލޭ ސާބަހަށް މަސައްކަތް ކުރާ ޖަމިއްޔާއެއް ކަމަށްވާ ކެންސާ ސޮސައިޓީގެ ނަމުގައި އެ ފަންޑުގައި އިންވެސްޓް ކޮށްފައިވާ ކަމަށެވެ. އެއާ ގުޅިގެން ކެންސާ ސޮސައިޓީ އަށް ރެގިއުލާކޮށް އާމްދަނީއެއް ލިބޭނެ ކަމަށެވެ.
އެ ފަންޑުގެ އިންވެސްޓަރުންނަށް އަންނަ އޭޕްރީލް އިން ފެށިގެން އަހަރަކު ހަތަރު ފަހަރެއްގެ މަތިން ރިޓާން ލިބޭނެ އެވެ.
ފަސްޓް ނެޝަނަލް ކުންފުނި 2021 ވަނަ އަހަރު އުފެއްދި ފަހުން އަންނަނީ، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިތުރުން އަމިއްލަ ކުންފުނިތަކަށް ވެސް ފަންޑު ރެއިޒް ކޮށްދެމުންނެވެ. ސުކޫކާއި ބޮންޑު އިޝޫކޮށްދިނުމުގައި ގިނަ ކުންފުނިތަކަށް ވެސް ފަސްޓް ނެޝަނަލް އިން އެހީތެރިކަން ދެ އެވެ.
ރިއަލް އެސްޓޭޓްގައި އިންވެސްޓް ކުރުމުގެ ފުރުސަތު
ފަސްޓް ނެޝަނަލް އިން ރިއަލް އެސްޓޭޓަށް ހާއްސަ ފަންޑެއް
ޔޫރޯ މާކެޓިން ބޮންޑު: އިތުރު 7 މިލިއަން ދޫކޮށްފި
ބޭފެންސީގެ މަސައްކަތް ޝެޑިއުލާ އެއްގޮތަށް ކުރިއަށް ދޭ
މާލީ ބާރުވެރިކަން ހޯދަން އެމްޑީޕީން ވިޔަފާރި ކުރަނީ!
ސިންގަޕޫރުގެ "ބޭފޭންސީ" ރާއްޖެ އަށް!
ހުޅުމާލެ 2 ގައި މެދުފަންތީގެ ތިން ހޮޓާ އަޅަނީ
ރިއަލް އެސްޓޭޓް ޕްރޮޖެކްޓުތައް މޮނިޓާކުރަން ގާނޫނެއް
އަކުއަ ވީޓާގެ އެޕާޓްމަންޓުތައް ނިންމައި ވިއްކަނީ
"ސަރުކާރުން ހައުސިން ޕްރޮޖެކްޓްތައް ހިންގާކަށް ނުޖެހޭ"