ޗެމްޕިއަންސް ލީގުގައި ރޭ މެންޗެސްޓާ ސިޓީން ދެ ލަނޑު ޖަހާފައި އޮއްވާ ފަހަތުން އަރައި 4-2 އިން ޕީއެސްޖީ މޮޅުވުމުން، މުބާރާތުގެ ލީގު ބުރުން ކެޓުމުގެ ބިރު ސިޓީ އަށް ވަރަށް ބޮޑުވެއްޖެ އެވެ.
ޗެމްޕިއަންސް ލީގުގައި ރޭ މެންޗެސްޓާ ސިޓީން ދެ ލަނޑު ޖަހާފައި އޮއްވާ ފަހަތުން އަރައި 4-2 އިން ޕީއެސްޖީ މޮޅުވުމުން، މުބާރާތުގެ ލީގު ބުރުން ކެޓުމުގެ ބިރު ސިޓީ އަށް ވަރަށް ބޮޑުވެއްޖެ އެވެ.
ޔޫރަޕާއި، އިންގްލެންޑުގެ އެންމެ ވަރުގަދަ އެއް ޓީމު ކަމަށްވާ ސިޓީ އަށް މި ސީޒަނުގައި މިހާތަނަށް ޕްރިމިއާ ލީގުގައި ވެސް ލިބިފައިވަނީ ދަށް ނަތީޖާތަކެކެވެ. އެކަން ހަނދާން ނައްތާލުމަށްޓަކައި ޔޫރަޕުގައި ރަނގަޅު ކާމިޔާބެއް ހޯދަން މަޖުބޫރެވެ. އެކަމަކު މިހާރު މިދާ ގޮތުން ނަމަ އެ ޓީމު ޗެމްޕިއަންސް ލީގުގެ ލީގު ބުރުން ކެޓުމުގެ ފުރުސަތު އެބައޮތެވެ.
އެ ޓީމު އޮތީ ހަތް މެޗުން އެންމެ 8 ޕޮއިންޓާ އެކު ޗެމްޕިއަންސް ލީގުގެ 25 ވަނައިގަ އެވެ. މާނައަކީ އެ ޓީމަށް ގަދަ 16 ޓީމު ބުރުން ސީދާ ޖާގައެއް ވެސް، އަދި ނޮކްއައުޓް ބުރުން ސީޑުގައި ކޮށްފައިވާ ޖާގައެއް ވެސް ނުލިބޭނެ އެވެ. އެ ޓީމަށް ނޮކްއައުޓް ބުރުގެ ސީޑުނުކުރާ ޖާގައެއް ލިބުނަސް ލިބޭނީ ފަހު މެޗުގައި ބެލްޖިއަމްގެ ކްލަބް ބުރުގާ އަތުން މޮޅުވެގެންނެވެ.
"ޕީއެސްޖީ މާ މޮޅު އެކަން އެބަޖެހޭ ގަބޫލުކުރަން،" ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުންޏެވެ. "އަހަރެމެންނަށް ދެން އޮތީ ފަހު މެޗުގައި މަސައްކަތްކުރުން."
އަނެއްކޮޅުން ރޭގެ މޮޅާ އެކު ޕީއެސްޖީ ވަނީ 10 ޕޮއިންޓް ހަމަކޮށް 22 ވަނަ އަށް އަރައިފަ އެވެ. އެ ޓީމަށް ވެސް ގަދަ 16 ޓީމުގެ ބުރުން ސީދާ ޖާގައެއް ދެން ނުލިބޭނެ އެވެ. އެކަމަކު އަދިވެސް، ނޮކްއައުޓް ބުރުން ސީޑުކޮށްފައިވާ ޖާގައެއް ލިބިދާނެ އެވެ. ފަހު މެޗުން ޖަރުމަނުގެ ވީއެފްބީ ސްޓުޓްގާޓް އަތުން ޕޮއިންޓެއް ހޯދައިގެން ވެސް ޕީއެސްޖީ އަށް ސަލާމަތްވެވޭނެ އެވެ.
ޕެރިހުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ގޯލެއް ފެނިގެން ނުދެ އެވެ. ސިޓީން ދެ ވަނަ ހާފުގައި، 50 ވަނަ މިނެޓާއި 53 ވަނަ މިނެޓުގައި ދެ ލަނޑު ޖެހި އެވެ. މި ގޯލްތައް ޖަހައިދިނީ ޖެކް ގްރީލިޝް އާއި އާލިން ހާލަންޑެވެ. އެކަމަކު ޕީއެސްޖީން އޮސްމާނޭ ޑެމްބެލޭ އާއި ބްރޭޑްލީ ބާކޯލާގެ ގޯލުތަކުން ވަރަށް ކައިރީގައި އެއްވަރުކުރި އެވެ. ޕީއެސްޖީ އަށް ލީޑު ލިބުނީ 78 ވަނަ މިނެޓުގައި ޖޮއާ ނެވެސް ޖެހި ގޯލުންނެވެ. އަދި އިތުރު ވަގުތުގެ ތެރޭގައި ގޮންކާލޯ ރާމޯސް އެ ޓީމުގެ ހަތަރު ވަނަ ގޯލް ޖެހި އެވެ.
"މި ޓީމުން ހިތްވަރު ދުލެއް ނުކުރާނެ،" ޕީއެސްޖީގެ ކޯޗު ލުއިސް އެންރިކޭ ބުންޏެވެ. "ފުރަތަމަ ގޯލާ އެކު އަހަރެމެން ފެނުނީ ތަފާތުކޮށް."
ޗެމްޕިއަންސް ލީގުގެ މިހާރުގެ ފޯމެޓް އޮންނަ ގޮތުން ގަދަ 16 ޓީމުގެ ބުރުން ސީދާ ޖާގައެއް ލިބޭނީ އެންމެ ގިނަ ޕޮއިންޓް ހޯދާ 8 ޓީމަށެވެ. އަދި ނުވަ ވަނަ އާއި 24 ވަނަ އާ ދެމެދު ނިންމާ ޓީމުތަކަށް ފުރުސަތު ލިބޭނީ ނޮކްއައުޓް ބުރުންނެވެ. އެ ބުރުގައި ސީޑުކޮށްފައި އޮންނާނީ ނުވަ ވަނަ އާއި 16 ވަނައިގައި ނިންމާ ޓީމުތަކެވެ.
ސިޓީ، އާސެނަލް، އަދި ބާސެލޯނާ އަށް ކާމިޔާބު ރެއެއް
އާސެނަލަށް ބެޔާން، ރެއާލަށް ސިޓީ، ބާސާއަށް ޕީއެސްޖީ
ހާލަންޑް ފެއިލް ކޮށްލަން ބަޔަކު ބޭނުންވޭ: ގާޑިއޯލާ
އެތުލެޓިކޯއާ އެއްވަރުކުރަން ގޯލު ޖެހީ ލާޒިއޯގެ ކީޕަރު
ޕީއެސްޖީއަށް ވުރެ ކުރީގައި ބެންފީކާ، ޔޫވޭ ޔޫރޮޕާ އަށް
ރެއާލާ ސިޓީއަށް މޮޅެއް، ޕީއެސްޖީ ފުއްދާލީ ޕޮއިންޓަކުން
ސިޓީ، ޕީއެސްޖީ އަދި ރެއާލްވެސް ފަހުހާފުގައި މޮޅުވެއްޖެ
އެމްބާޕޭ ފަހުވަގުތު ޖެހި ލަނޑުން ރެއާލް ބަލިކޮށްފި
މެސީގެ ޕީއެސްޖީން "އޮއިލް ކްލެސިކޯ" ކާމިޔާބުކޮށްފި
ޕީއެސްޖީ ބަލިކޮށް، ސިޓީ ފުރަތަމަ ފަހަރަށް ފައިނަލަށް