Roadha Mihaaru

ގޭސް ލީކުވެފައި ހުއްޓާ އުނދުން ރޯކުރަނިކޮށް ކުއްޖަކު ވަރަށް ބޮޑަށް ފިހިއްޖެ

ހުޅުމާލޭގެ އެޕާޓްމަންޓެއްގައި ރޭ ހިނގި އަލިފާނުގެ ހާދިސާއެއްގައި ކުޑަކުއްޖަކު ވަރަށް ބޮޑަށް ފިހިއްޖެ އެވެ.

ގޭސް ދޫކޮށްގެން އުނދުން ރޯކުރަނިކޮށް ކުއްޖަކު ފިހިއްޖެ
އާސިމާ ނިޒާރު
އާސިމާ ނިޒާރު

23 ޖެނުއަރީ 2025

ހުޅުމާލޭގެ އެޕާޓްމަންޓެއްގައި ރޭ ހިނގި އަލިފާނުގެ ހާދިސާއެއްގައި ކުޑަކުއްޖަކު ވަރަށް ބޮޑަށް ފިހިއްޖެ އެވެ.

ހުޅުމާލޭ ހޮސްޕިޓަލްގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ 13 އަހަރުގެ ފިރިހެން ކުއްޖަކު ފިހިގެން ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ. އެ ކުއްޖާގެ ހާލު ސްޓޭބަލް ވިޔަސް، ހަށިގަނޑުގެ ބޮޑުބައެއް ފިހިފައި އޮތުމުން މި ވަގުތު ފަރުވާ ދެމުން އަންނަނީ އެޑްމިޓުކޮށްގެން ކަމަށް އޭނާ ވިދާޅުވި އެވެ.

އެނގިފައިވާ ގޮތުގައި އެ ކުއްޖާ ފިހުނީ، ގޭސް އުނދުން ޖެއްސުމަށް ފަހު ލައިޓަރުން އުނދުން ރޯކުރި ވަގުތު އެވެ. އޭރު ވަރަށް ބޮޑަށް ގޭސް ލީކުވެފައި ހުރުމުން ބާރު ގޮވުމަކާ އެކު ހުޅު ހިފީ އެވެ.

މި ހާދިސާގައި ކުއްޖާގެ ހަށިގަނޑުގެ 50 ޕަސެންޓް ވަނީ ފިހިފަ އެވެ.

އެ ހާދިސާ އެމްއެންޑީއެފަށް ރިޕޯޓް ކޮށްފައި ނެތް ކަމަށް އެތަނުން ބުންޏެވެ. އެހެންވެ އިތުރު ތަފްސީލެއް ނުލިބެ އެވެ.