އެކްސިޑެންޓެއްގައި އެމްއެންޑީއެފްގެ ކާރަށް ގެއްލުން ވެފައިވާތީ، އެ އެކްސިޑެންޓް ހިނގަން މެދުވެރިވި މީހާގެ އަތުން ގެއްލުމުގެ ބަދަލު ހޯދަން ދައުލަތުން ކޯޓަށް ހިނގައްޖެ އެވެ.
23 ޖެނުއަރީ 2025
އެކްސިޑެންޓެއްގައި އެމްއެންޑީއެފްގެ ކާރަށް ގެއްލުން ވެފައިވާތީ، އެ އެކްސިޑެންޓް ހިނގަން މެދުވެރިވި މީހާގެ އަތުން ގެއްލުމުގެ ބަދަލު ހޯދަން ދައުލަތުން ކޯޓަށް ހިނގައްޖެ އެވެ.
މި އެކްސިޑެންޓް ހިނގާފައިވަނީ އެމްއެެންޑީއެފްގެ ކާރަކާއި ސައިކަލެއް ޖެހިގެންނެވެ. އެކްސިޑެންޓްގައި ކާރަށް ގެއްލުން ލިބުނުއިރު، އެ މަރާމާތު ކުރުމުގެ ހަރަދަށް 3،780ރ. އެރި އެވެ.
ސައިކަލު ދުއްވި މީހާގެ އަތުން އެ ފައިސާ ހޯދަން ދައުލަތުން ސިވިލް ކޯޓުގައި ދައުވާކޮށް، އެކްސިޑެންޓާ ގުޅޭ ތަހުގީގު ސިޓީ އާއި ކާރު މަރާމާތުކުރި ގަރާޖުގެ ކޯޓޭޝަން ވެސް ހުށަހަޅާފައިވެ އެވެ.
ދައުވާއާ ގުޅިގެން ޖަވާބުދާރީވާން ދިން ފުރުސަތުގައި ސައިކަލް ދުއްވަން އިން މީހާގެ ފަރާތުން ކޯޓަށް ޖަވާބެއް ދީފައެއް ނުވެ އެވެ. އެހެންވެ، އެ މައްސަލަ ނިންމާފައިވަނީ އޭނާގެ ޣައިރު ހާޒިރުގަ އެވެ.
ކޯޓުން ކުރި ހުކުމްގައި ކަނޑައެޅީ އެމްއެންޑީއެފްގެ ކާރަށް ލިބުނު ގެއްލުމުގެ ޒިންމާ އެ މީހާ އުފުލަން ޖެހޭ ކަމަށާއި އަދި ދައުލަތުން އެދުނު ފައިސާ އޭނާގެ އަތުން ނަގައިދޭން ޖެހޭ ކަމަށެވެ. އަދި ދައުލަތުން އެދުނު ގޮތަށް 3،780ރ. 14 ދުވަހުގެ ތެރޭގައި ކޯޓަށް ދައްކަން ވަނީ ހުކުމްކޮށްފަ އެވެ.
އެމްއެންޑީއެފްގެ ކާރަކުން ޖެހި ލިބުނު ގެއްލުމަށް ބަދަލު
ހިޔާ ފްލެޓް ލިބުމުން ނުދިން ސިފްކޯ ފްލެޓް ހަވާލުކޮށްފި
ބްރިޖު ކައިރިއަށް އެޅުނު ކުލަތައް ސިފައިން ސާފުކޮށްފި
ފިނިފެންމާ މައްސަލާގައި ޒަމީރު ވަކިކުރުމުން ބަދަލުދެނީ
ޓޫރިސްޓުގެ ފައިން ބުރިވި ބައި ނުފެނުނު!
ފާރެއް ވެއްޓި ދެ މީހަކަށް އަނިޔާވެއްޖެ
އެއްޗެއް ގޮވައި ހާލު ސީރިއަސްވި މީހާ މާލެ ގެނެސްފި
10 މީހުންނާ އެކު ދަތުރުކުރި ދޯންޏެއްގައި ރޯވެއްޖެ
މާލެއިން ފުރި މުދާ އުފުލާ ބޯޓެއް އަޑިއަށް ހިނގައްޖެ
30މީހުންނާއެކު ދަތުރުކުރި ލޯންޗެއްދިޔަވާތީ އެހީތެރިވަނީ