އާސަންދަ ކުންފުނީގެ ކޭސް ޕްރޮސެސިން ޑިޕާޓްމެންޓު އަންނަ މަހުން ފެށިގެން އުވާލަން ނިންމާފައިވާ ކަން އިއުލާން ކުރުމުން އެކަމާ ދެކޮޅަށް އެ ކުންފުނީގެ ބައެއް މުވައްޒަފުން ރައީސް އޮފީހާއި ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑަށް ޕެޓިޝަނެއް ހުށަހަޅައިފަ އެވެ.
26 ޖެނުއަރީ 2025
އާސަންދަ ކުންފުނީގެ ކޭސް ޕްރޮސެސިން ޑިޕާޓްމެންޓު އަންނަ މަހުން ފެށިގެން އުވާލަން ނިންމާފައިވާ ކަން އިއުލާން ކުރުމުން އެކަމާ ދެކޮޅަށް އެ ކުންފުނީގެ ބައެއް މުވައްޒަފުން ރައީސް އޮފީހާއި ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑަށް ޕެޓިޝަނެއް ހުށަހަޅައިފަ އެވެ.
އާސަންދައިގައި މަސައްކަތް ކުރާ ފަންސާއެއްހާ މުވައްޒަފުން ސޮއިކޮށް ހުށަހެޅި ޕެޓިޝަނުގައި ވާ ގޮތުން އަންނަ މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ގެންނަން ނިންމާފައިވާ މި ބަދަލުތަކުގެ ސަބަބުން އެ ކުންފުނީގައި މަސައްކަތް ކުރާ 60 އަށް ވުރެ ގިނަ މުވައްޒަފުންނާއި ކުންފުނީގެ މަސައްކަތްތަކަށް އަސަރު ކުރާނެ އެވެ.
ޕެޓިޝަނުގައިވާ ގޮތުގައި، ކޭސް ޕްރޮސެސިން ޔުނިޓާއި ސުޕަވައިޒަރުންގެ މަގާމުތައް އުވައިލުމަށް ފަހު، އޭގެ ބަދަލުގައި ކޮންމެ ޝިޕްޓަކަށް އިންޗާޖެއް ލާން ނިންމި ކަން އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާމިނަތު ޒީނިޔާ އިއުލާނު ކުރައްވާފައިވަނީ މި މަހުގެ 20 ވަނަ ދުވަހު އެވެ.
މި ނިންމުމާ ގުޅޭ ގޮތުން ޒީނިޔާގެ ބަހެއް މިހާތަނަކަށް ނުލިބުނެވެ.
މުވައްޒަފުންގެ ޕެޓިޝަންގައި ފާހަގަކޮށްފައިވާ ގޮތުން އެ ނިންމުމާ އެކު، އާސަންދަ ކުންފުނީގައި އެތައް ދުވަހެއް ވަންދެން މަސައްކަތް ކުރަމުން އައި މުވައްޒަފުންގެ މަގާމުތައް އުވި، އެ މީހުންގެ މަސައްކަތުގެ ތަޖުރިބާ އާއި ތަމްރީނާ ނުގުޅޭ މަސައްކަތްތައް ކުރަން މަޖުބޫރު ވާނެ އެވެ.
ކުންފުނިން މި ބަދަލު ގެނައީ މުވައްޒަފުންނާ އެއްވެސް ގޮތަކަށް މަޝްވަރާ ކުރުމެއް އަދި އޭގެ މުހިންމުކަން ސާފުކޮށް ބަޔާންކޮށްދިނުމެއް ނެތި ކަމަށާއި އޭގެ ސަބަބުން މުވައްޒަފުންގެ އަގު ވަޒަން ނުކުރެވުމުގެ އިހުސާސްވެ، މުވައްޒަފުން ޑީމޯޓުވެފައިވާ ކަމަށް ވެސް ޕެޓިޝަނުގައި ބުނެފައިވެ އެވެ.
- ކޭސް ޕްރޮސެސިން ޑިޕާޓްމެންޓު ކުރިއެކޭ ވެސް އެއްގޮތަށް ހިދުމަތް ދިނުން.
- ސުޕަވައިޒަރުންގެ މަގާމުތައް އިއާދަކުރުން.
- މުވައްޒަފުންގެ އިތުރު ޑިއުޓީތަކާއި އިތުރު މަސްއޫލިއްޔަތުތަކަށް ދެމުން އައި 1،000 ރުފިޔާގެ ސުޕަވައިޒަރީ އެލަވަންސް އަލުން ދޭން ފެށުން.
- މަސައްކަތުގެ ވޯކްލޯޑް ހަމަހަމަކުރުން
- މުވައްޒަފުންނާ ގުޅޭ ބޮޑެތި ނިންމުންތައް ނިންމުމުގައި ދެފުށް ފެންނަ ގޮތަށް މަޝްވަރާއާއެކު ކަންކަން ކުރުން
މުވައްޒަފުންގެ ޕެޓިޝަނުގައި ވަނީ ކުންފުނީގެ މެނޭޖްމަންޓުން އަމަލުކުރަމުންދާ ގޮތުގެ ސަބަބުން ވަޒީފާ މަތިން ފޫހިވެ، ބައެއް މުވައްޒަފުން ވަޒީފާއިން ވަކިވެފައިވާ ކަން ވެސް ފާހަގަކޮށްފަ އެވެ. އަދި އެކަމުގެ ސަބަބުން މިހާރު ތިބި މުވައްޒަފުންނަށް ދަތިތަކާ ކުރިމަތިވެ، މެނޭޖުމަންޓަށް އިތުބާރު ކުޑަވެފައިވާ ކަމަށް ބުނެފައިވެ އެވެ.
އާސަންދައިގެ ހިދުމަތް ޔޫއޭއީ/ބެންކޮކްގެ ތިން ތަނަކުން
ބެންގަލޫރުގެ ދެ ހޮސްޕިޓަލަކަށް އާސަންދަ މެދުކަނޑާލައިފި
ޕްރައިވެޓް ހޮސްޕިޓަލުތަކަށް އާސަންދަ ޕެކޭޖްތަކެއް ހަދަނީ
"އާސަންދަ ދެމެހެއްޓޭނީ ކޯ-ޕޭމެންޓް ނިޒާމަށް ގޮސްގެން"
"އާސަންދައިގެ 56 ޕަސެންޓް ހޭދަކުރަނީ ފާމަސީތަކަށް"
އާސަންދައިގެ އެމްޑީއަކަށް ޒީނިޔާ ހަމަޖައްސަވައިފި
އާސަންދައިގެ އެމްޑީ ހަސަން މަގާމުން ވަކިކޮށްފި
މިދިޔަ އަހަރު އާސަންދައަށް 2.1 ބިލިއަން ހޭދަކުރި
ޔޫއޭއީއަށް ފޮނުވަނީ ކިޑްނީ ޓްރާންސްޕްލާންޓަށް
އާސަންދައިން ބޭސް ނުލިބޭ ނަމަ ރިޕޯޓުކުރަން އެދިއްޖެ