Roadha Mihaaru

ޒީނިޔާ: އާސަންދައިގެ އެންމެ ފުރަތަމަ މުވައްޒަފު އެމްޑީ ކަމަށް!

އާސަންދައިގެ އާ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް، އެ ކުންފުންޏަށް އެންމެ ފުރަތަމަ ނެގި މުވައްޒަފު އައިމިނަތު ޒީނިއާ ހަމަޖައްސައިފި އެވެ.

އާސަންދައިގެ އެމްޑީއަކަށް ޒީނިޔާ ހަމަޖައްސަވައިފި
ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު

28 ނޮވެމްބަރ 2023

އާސަންދައިގެ އާ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް، އެ ކުންފުންޏަށް އެންމެ ފުރަތަމަ ނެގި މުވައްޒަފު އައިމިނަތު ޒީނިއާ ހަމަޖައްސައިފި އެވެ.

ޒީނިޔާ އެންމެ ފުރަތަމަ އާސަންދައާ ގުޅިވަޑައިގަތީ 2012 ވަނަ އަހަރު މެޑިކަލް ޑައިރެކްޓަރެއްގެ ގޮތުގަ އެވެ. އޭރު އެ ކުންފުނި ހިންގީ އެލައިޑުގެ ދަށުންނެވެ. އާސަންދަ ވަކި ކުންފުންޏެއްގެ ގޮތުގައި ހިންގަން ފަށާފައި ވަނީ 2014 ވަނަ އަހަރު އެވެ.

މެޑިކަލް ޑައިރެކްޓަރުގެ މަގާމަށް ފަހު އެ ކުންފުނީގެ އެސިސްޓެންޓް ޖެނެރަލް މެނޭޖަރުގެ މަގާމާއި ޖެނެރަލް މެނޭޖަރުކަން ވެސް ފުރުއްވި އެވެ. އޭނާ ވަނީ ނާސިން އާއި ޕަބްލިކް ހެލްތު ދާއިރާއިން މާސްޓާސް ހާސިލުކުރައްވައިފަ އެވެ.

މީގެ ކުރިން އާސަންދައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވީ އިސްމާއިލް އައްޒާމު ވަޖީހެވެ.