ގދ. ތިނަދޫ ސިޓީ ކައުންސިލުން ހިންގާފައިވާ ކަމަށް ތުހުމަތުކުރާ ކޮރަޕްޝަންގެ މައްސަލަތަކުގެ ތަހުގީގަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ އޮފިސަރުން ބަލައިފާސްކުރަން ވަދެ ކައުންސިލްގެ މުދާތައް ގެންދިޔަ ކަމުގެ ތުހުމަތު ކައުންސިލުން ކޮށްފި އެވެ.
27 ޖެނުއަރީ 2025
ގދ. ތިނަދޫ ސިޓީ ކައުންސިލުން ހިންގާފައިވާ ކަމަށް ތުހުމަތުކުރާ ކޮރަޕްޝަންގެ މައްސަލަތަކުގެ ތަހުގީގަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ އޮފިސަރުން ބަލައިފާސްކުރަން ވަދެ ކައުންސިލްގެ މުދާތައް ގެންދިޔަ ކަމުގެ ތުހުމަތު ކައުންސިލުން ކޮށްފި އެވެ.
އެނގިފައިވާ ގޮތުގައި ތިނަދޫ ކައުންސިލުގެ ކޮރަޕްޝަނުގެ މައްސަލަތަކެއް އޭސީސީއަށް ހުށަހެޅީ އެރަށުގެ ރައްޔިތުންނެވެ.
ތަހުގީގަށް އޭސީސީގެ އޮފިސަރުންތަކެއް ކައުންސިލް އިދާރާއަށް ވަދެ ވަރަށް ގިނައިރު ވަންދެން ބަލައިފާސްކޮށް ތަހުގީގަށް ބޭނުންވާ ލިޔެކިޔުންތައް ގެންދިޔަ އެވެ.
ބައެއް ކައުންސިލަރުންގެ މައްޗަށް ވެސް ތުހުމަތުތަކެއް ކުރާ މި މައްސަލާގައި، ތިނަދޫ ކައުންސިލް އިދާރާގެ ފޭސްބުކް ޕޭޖުގައި ބުނީ އޭސީސީގެ ނަމުގައި އައި ބަޔަކު ކައުންސިލްގެ ގިނަ އަދަދެއްގެ ތަކެތި "ވަގަށް ނަގާފައިވާ" ކަމަށެވެ.
އެ މައްސަލައަކީ ޕޮލިހަށް ވެސް ހުށަހެޅިގެން ބަލަމުންދާ މައްސަލައަކަށްވާތީ ކައުންސިލުގެ ބައެއް ހިދުމަތްތައް މެދުކެނޑިފައިވާ ކަމަށް ކައުންސިލުން ވަނީ ރައްޔިތުންނަށް އަންގައިފަ އެވެ.
ތިނަދޫ ކައުންސިލުގެ މެމްބަރަކާ އެކަމުގައި ސުވާލުކުރުމުން ވިދާޅުވީ ތަފްސީލު އެނގިވަޑައިނުގަންނަވާ ކަމަށެވެ.
ގދ. ތިނަދޫ ކައުންސިލު އިދާރާ: ކައުންސިލުން ހުށަހެޅި މައްސަލާގައި، މިތަނުން ވައްކަން ކޮށްފައިވާ ކަމަށް ނުބެލެވޭ ކަމަށް ފުލުހުން ބުނި.
ތިނަދޫ ކައުންސިލްގެ ތުހުމަތާ ގުޅިގެން، މީޑިއާތަކުން ސުވާލުކުރުމުން ފުލުހުން ފޮނުވި މެސެޖުގައި ބުނީ ތިނަދޫ ކައުންސިލުން ވައްކަން ކުރި މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ. އެކަމަކު މިހާތަނަށް ބެލިބެލުމުން އެފަދަ ކަމެއް ހިނގާފައިވާ ކަމަށް ނުބެލެވޭ ކަމަށެވެ.
އެކަމާ ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އޭސީސީން ވަނީ ތިނަދޫ ކައުންސިލްގެ ތުހުމަތު ދޮގުކޮށްފަ އެވެ.
އެ ކޮމިޝަނުގެ އޮފިޝަލަކު "މިހާރު"އަށް ވިދާޅުވީ އޭސީސީން ތިނަދޫ ކައުންސިލަށް ވަނީ ތުހުމަތުކުރެވޭ މައްސަލަތަކެއްގައި ހެއްކާއި ގަރީނާ ހޯދަން، އެ އޮންނަ ގާނޫނީ އިޖުރާއަތުތަކުގެ ތެރެއިން ކަމަަށެވެ. އެ ކޮމިޝަނަށް ނުލިބޭ ބާރެއް ބޭނޭނުންކޮށްގެން އެއްވެސް އަމަލެއް ހިންގާފައި ނުވާނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
ތިނަދޫ ކައުންސިލަށް ތުހުމަތުކުރާ މައްސަލަތަކުގެ ތަފްސީލް އޭސީސީން އަދި ހާމައެއް ނުކުރެ އެވެ. އެކަމަކު އެނގިފައިވާ ގޮތުގައި ކޮރަޕްޝަނަަށް ތުހުމަތުކުރެވޭ ބޮޑު ހަ މައްސަލައެއް އޭސީސީން އަންނަނީ ބަލަމުންނެވެ. ކައުންސިލަށް ވަނީ، ހެކި ނައްތާލުމުގެ ބިރު އޮތުމުން، އަވަސް ތަހުގީގުގެ ތެރެއިން ކަން ވެސް އެނގިފައިވެ އެވެ.
އޭސީސީން ބަލަމުން އަންނަ މައްސަލައަކާ ގުޅިގެން އޭސީސީން ތިނަދޫ ކައުންސިލުގެ އިދާރާއަށް ވަދެ، ބައެއް ލިޔެކިޔުންތައް ވަނީ ގެންގޮސްފައި.
ތިނަދޫ ކައުންސިލާ ގުޅޭ ކޮރަޕްޝަނުގެ ގިނަ މައްސަލަތަކެއް ބަލަމުން އަންނައިރު ތިނަދޫ ކައުންސިލުން އެރަށުގެ ބަނދަރު މަތީގައި ޖެހުމަށް ހަދާފައިވާ މޮނިއުމެންޓު ހެދުމުގައި ވެސް ކޮރަޕްޝަން އެކުލެވޭ ކަމުގެ ތުހުމަތު ރައްޔިތުން ދަނީ ކުރަމުންނެވެ.
ކުންފުންޏަކަށް ނޭނގި، އެ ކުންފުނީގެ ނަން ބޭނުންކޮށްގެން ބިޑް ހުށަހަޅައި ކައުންސިލުގެ މުވައްޒަފުން މަސައްކަތް، އެ ފައިސާ ޖަމާކުރީ އެހެން ކުންފުންޏެއްގެ އެކައުންޓަށް ކަމަށްވެ އެވެ.
ޖެންޑާގެ ކުރީގެ 3 މުވައްޒަފެއްގެ މައްސަލަ ޕީޖީއަށް
ބިމެއް ދިނުމުން ކުރީގެ ކައުންސިލަރަކަށް ދައުވާކުރަނީ
އެލްޖީއޭއިން ތިނަދޫ ކައުންސިލާ ގުޅޭ އިންކުއަރީއެއް
ޕީސީއާރު ޓެސްޓް ކޮރަޕްޝަންގެ މައްސަލަ އަލުން ތަހުގީގަށް
މުވައްޒަފު ވަކިކުރީ ވިސިލްބްލޯ ކޮށްގެނެއް ނޫން:ޕޯސްޓް
މަޖިލިހާއި އޭސީސީ ގުޅިގެން ޕޮލްކޯގެ މައްސަލަ ބަލަނީ
ޕޮލްކޯ އަށް އޭސީސީން ވަދެ ލިޔެކިޔުންތައް ގެންދަނީ!
ސިފްކޯގެ ފްލެޓް މަޝްރޫއުގެ އޮޑިޓެއް ހަދަން އަންގައިފި
ކޮރަޕްޝަން އިންޑެކްސްގައި ރާއްޖެ 3 ދަރަޖަ ފަހަތަށް
ޕޮލްކޯ ފްލެޓް: އޭސީސީން ފޮނުވި ރިޕޯޓު ސިއްރުކޮށްފި