ގދ. ތިނަދޫ ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރީހެބިލިޓޭޝަން ސެންޓަރު މަރާމާތުކުރަން އުސޫލުތަކާ ހިލާފަށް އަމިއްލަ ކުންފުންޏަކާ ހަވާލުކުރި މައްސަލައެއްގައި ޖެންޑާ މިނިސްޓްރީގެ ކުރީގެ ތިން މުވައްޒަފަކަށް ދައުވާ ކޮށްދޭން އޭސީސީން ޕީޖީ އޮފީހުގައި އެދިއްޖެ އެވެ.
14 ޑިސެމްބަރ 2022
ގދ. ތިނަދޫ ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރީހެބިލިޓޭޝަން ސެންޓަރު މަރާމާތުކުރަން އުސޫލުތަކާ ހިލާފަށް އަމިއްލަ ކުންފުންޏަކާ ހަވާލުކުރި މައްސަލައެއްގައި ޖެންޑާ މިނިސްޓްރީގެ ކުރީގެ ތިން މުވައްޒަފަކަށް ދައުވާ ކޮށްދޭން އޭސީސީން ޕީޖީ އޮފީހުގައި އެދިއްޖެ އެވެ.
އެ މައްސަލާގައި ދައުވާ ކޮށްދޭން އެދި ޕީޖީ އޮފީހަށް ފޮނުވީ އޭރު ޖެންޑާ މިނިސްޓްރީގެ ބިޑް ކޮމިޓީގެ މެމްބަރުންގެ ގޮތުގައި ތިބި އެ މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު ސ. ހިތަދޫ ހަނދުވަރީގޭ އާއިޝަތު ރަޝީދު އާއި އެ މިނިސްޓްރީގެ ކުރީގެ ޑިރެކްޓަރު ގދ. ތިނަދޫ ނޫވިލު، ހުދޫދާ ވަހީދުގެ އިތުރުން އެ މިނިސްޓްރީގެ ކުރީގެ ޑިރެކްޓަރު، ގދ. ގައްދޫ ވިލިގަލާ އާމިނަތު ޝިހާމާގެ މައްޗަށެވެ.
އާއިޝަތު ރަޝީދު މިހާރު ހުންނެވީ ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށެވެ. އޭނާ އެ މަގާމަށް އައްޔަން ކޮށްފައި ވަނީ މިދިޔަ އަހަރު މޭ މަހު އެވެ.
އޭސީސީން ބުނީ، އެ ތިން މީހުންގެ މައްޗަށް ދައުވާ ކޮށްދޭން އެދުނީ ދައުލަތަށް ފައިދާ ވާން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް އަމަލުކުރިކަމުގެ ތުހުމަތާ ގުޅިގެން ކުރި ތަހުގީގަކަށް ފަހު ކަމަށެވެ.
ތަހުގީގުގައި އެނގުނު މައުލޫމާތުތަކުގެ އަލީގައި އެ ކޮމިޝަނުން ބުނީ، ތިނަދޫ ޑްރަގް ސެންޓަރުގެ މަރާމާތު ކުރުމަށް ހަވާލުކޮށްފައި ވަނީ އިވެލުއޭޝަނުން ދެ ވަނަ އަށް ދިޔަ ކުންފުންޏާ އެވެ.
އެ މައްސަލާގައި ހިމެނޭ މީހުންނަށް ކުރަނީ ދައުލަތުގެ މުވައްޒަފުންނަށް ވެ ތިބެ، މިނިސްޓްރީގެ ބިޑް ކޮމިޓީގެ މެމްބަރުން، ޑްރަގް އޭޖެންސީން ކުރި އިއުލާނާ ގުޅިގެން ބިޑް ހުށަހެޅި ފަރާތްތަކުގެ ތެރެއިން ދެ ވަނަ އަށް އެންމެ މަތިން މާކްސް ލިބުނު ކުންފުންޏަށް މަސައްކަތް އެވޯޑް ކުރުމުގެ ތުހުމަތެވެ.
"...އެގޮތަށް ނިންމީ، އިވެލުއޭޝަނުން އެއް ވަނަ ލިބޭ ފަރާތަށް އެ މަސައްކަތް އެވޯޑު ކުރުމުގެ ބަދަލުގައި ދެ ވަނައަށް ދިޔަ ފަރާތަށް އެ މަސައްކަތް ހަވާލުކުރުމަށް މިނިސްޓްރީގެ ބިޑު ކޮމިޓީން ނިންމީ އެ ނިންމުމުގެ ސަބަބުން އިވެލުއޭޝަނުން ދެ ވަނައަށް ދިޔަ ފަރާތަށް ލިބެން ނުޖެހޭ ނާޖާއިޒު މަންފާއެއް އެ ފަރާތަށް ލިބޭނެކަން އެނގި ތިބެ، މަސައްކަތް ހަވާލުކުރި ފަރާތަށް ނާޖާއިޒު މަންފާއެއް ހޯދައިދިނުމުގެ މަގުސަދުގައިކަން ތަހުގީގަށް އެނގޭތީ،" ކަމަށް އޭސީސީން ބުންޏެވެ.
އިވެލުއޭޝަނުން ދެ ވަނައަށް ދިޔަ ކުންފުންޏާ، އެ މަސައްކަތް ހަވާލުކުރުމަށް ނިންމާފައިވަނީ އިވެލުއޭޝަނުން އެއްވަނަ އަށް ދިޔަ ފަރާތަށް ވުރެ 657,846.60ރ. ބޮޑު އަގުގައިކަން ފާހަގަވި ކަމަށް ވެސް އޭސީސީން ބުންޏެވެ.
އެ މައްސަލާގައި ހިމެނޭ ތިން މީހުންގެ މައްޗަށް ދައުވާ ކުރަނީ ގާނޫނުގެ ދަށުން ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އާއި ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނު 13 ވަނަ މާއްދާގެ ދަށުން، ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެ ނޫންގޮތަކަށް އަމަލުކުރުމުގެ ކުށުގެ ދައުވާ އެވެ.
އޭސީސީން ކައުންސިލްގެ މުދާތައް ގެންދިޔަކަމުގެ ތުހުމަތު
ގޯއްޗާއި ފްލެޓާ ގުޅޭ ތަހުގީގު ހިންގަން ޕީޖީގެ އަމުރެއް
ނާއިފްގެ މައްޗަށް ކޮރަޕްޝަންގެ ދައުވާ ކޮށްދޭން އެދިއްޖެ
އޭސީސީގެ އެންގުމަށް ތަބާނުވާން ލަފާދިނީ ޕީޖީ އޮފީހުން!
ޑރ. އަލީ ލަތީފަށް މަނީ ލޯންޑަރިންގެ ތުހުމަތު ވެސް
ޑރ. އަލީ ލަތީފާއި ކުޑަބަންދޭގެ މައްޗަށް ދައުވާކުރަނީ
ޒިފްލީނާއަށް ދައުވާކުރުމާ މެދު ގޮތެއް ނިންމަން ޕީޖީއަށް
ހެލްތު މިނިސްޓްރީގެ ކުރީގެ އިސްވެރިންތަކަކަށް ދައުވާ
މޯލްޑިވް ގޭސްގެ ކުރީގެ އެމްޑީގެ މައްޗަށް ދައުވާކޮށްފި
ސާމީ އަގީލަށް ދައުވާ ކޮށްދޭން އޭސީސީން އެދިއްޖެ