ގައުމީ އެއާލައިން، މޯލްޑިވިއަނުން ޗައިނާގެ ޝެންހާއީ އަށް ދަތުރުތައް ފަށައިފި އެވެ.
27 ޖެނުއަރީ 2025
ގައުމީ އެއާލައިން، މޯލްޑިވިއަނުން ޗައިނާގެ ޝެންހާއީ އަށް ދަތުރުތައް ފަށައިފި އެވެ.
އެ އެއާލައިނުން ޝެންހާއީ އަށް ކުރާ ފުރަތަމަ ދަތުރު ރޭ ފެށިއިރު، އެއީ މޯލްޑިވިއަނުން ޗައިނާއަށް ފެށި ދަތުރުތަކުގެ ތިން ވަނަ މަންޒިލެވެ.
މޯލްޑިވިއަންގެ ފުރަތަމަ ވައިޑްބޮޑީ އެއާކްރާފްޓް އޭ330 ރާއްޖެ ގެނެސް ޗައިނާއަށް ދަތުރުތައް ފެށީ މި މަހުގެ 21 ގައި ޗައިނާގެ ޗެންގްޑޫއިންނެވެ. މި މަހުގެ 24 ގައި ބެއިޖިންއަށް ވެސް ވަނީ ދަތުރުތައް ފަށައިފަ އެވެ.
މޯލްޑިވިއަންގެ އެއާލައިނުން ދަތުރުކުރި ބައެއް ފަސިންޖަރުން.
މޯލްޑިވިއަން އިން ޗައިނާގެ ޗެންގްޑޫ އަށް ދެކޮޅު ޓިކެޓެއްގެ އަގަކީ 688 ޑޮލަރު (10،610ރ.) އެވެ. ބެއިޖިންގެ ދެކޮޅު ޓިކެޓެއްގެ އަގު 788 ޑޮލަރު (12،151ރ.) އަށް އަރަ އެވެ. ޗައިނާގެ ޝެންހާއީގެ ދެކޮޅު ޓިކެޓުގެ އަގަކީ 777 ޑޮލަރު (11،981ރ.) އެވެ.
އެއާބަސް އޭ330 ބޯޓުން 260 މީހުން އުފުލޭނެ އެވެ. ބިޒްނަސް، ޕްރިމިއަމް އިކޮނޮމީ އަދި އިކޮނޮމީ ކްލާހަށް ވެސް ހާއްސަ ކޮށްފައިވާ އެ ބޯޓުން ދުރުރާސްތާގެ ދަތުރުތައް ކުރެވޭނެ އެވެ. ކާގޯ އުފުލޭ ކެޕޭސިޓީއަކީ 10 ޓަނެވެ.
ދަތުރުުކުރާ ކޮންމެ ފަސިންޖަރަކަށް ވެސް 40 ކިލޯގެ ބެގޭޖު އުފުލޭނެ އެވެ. އެއާބަސް އޭ330 ބޯޓާ އެކު، މޯލްޑިވިއަން އެއާލައިންގެ ފްލީޓުގެ އަދަދު 25 އަށް އިތުރުވާނެ އެވެ. މޯލްޑިވިއަން އިން އަންނަނީ އެއާބަސް އޭ330 ގެ ބޯޓެއް މިއަހަރުގެ ފަހުކޮޅުގައި ވެސް ގެންނަން މަސައްކަތް ކުރަމުންނެވެ. އެއާ އެކު އެއާލައިނުން ޔޫރަޕްގެ ސިޓީތަކަށް ވެސް ސީދާ ދަތުރުތައް ކުރާނެ އެވެ.
ދަރަނި ބޮޑުވިޔަސް ކުންފުނީގެ ހާލަތު ރަނގަޅު ކުރެވޭނެ
އެއާ ޝޯއަށް ފޮޓޯ އަދި ވީޑިއޯގްރަފީ މުބާރާތެއް
ކޫއްޑޫ އެއާޕޯޓް މަރާމާތުކޮށް ދަތުރުތައް އަވަހަށް ފަށާނެ
އޭވިއޭޝަން އެކަޑަމީގެ ފުރަތަމަ ގްރެޖުއޭޝަން ބާއްވައިފި
ފްލައިދުބާއީއާއެކު، ގަން-ކޫއްޑޫ ދަތުރުތައް އިތުރުކުރަނީ
"އޭވިއޭޝަންގެ މުސްތަގުބަލު" ނަމުގައި ޕްރޮގުރާމެއް
މޯލްޑިވިއަން އިން އިންޑިއާގެ އިތުރު މަންޒިލްތައް ހޯދަނީ
މޯލްޑިވިއަންގެ ހަތް ޕައިލެޓަކު ވަޒީފާއިން ވަކިވެއްޖެ
ކުޅުދުއްފުށީ އެއާޕޯޓް ހުކުރު ދުވަހު އޮޕަރޭޝަނަށް
އައިއޭއެސް އިން ސިންގަލް ޔޫސް ޕްލާސްޓިކް ހުއްޓާލަނީ