މި އަހަރުގެ ގައުމީ ދުވަހުގެ ރަސްމީ ޖަލްސާ ހއ. އުތީމުގައި ބާއްވަން ނިންމާފައި ވާތީ، އެ ޖަލްސާގައި ދޭގޮތަށް އޮންނަ ގައުމީ އިނާމު ދިނުމަށް އަންނަ މަހު މާލޭގައި ވަކި ރަސްމިއްޔާތެއް ބާއްވަން ސަރުކާރުން ނިންމައިފި އެވެ.
19 ސެޕްޓެމްބަރ 2022
މި އަހަރުގެ ގައުމީ ދުވަހުގެ ރަސްމީ ޖަލްސާ ހއ. އުތީމުގައި ބާއްވަން ނިންމާފައި ވާތީ، އެ ޖަލްސާގައި ދޭގޮތަށް އޮންނަ ގައުމީ އިނާމު ދިނުމަށް އަންނަ މަހު މާލޭގައި ވަކި ރަސްމިއްޔާތެއް ބާއްވަން ސަރުކާރުން ނިންމައިފި އެވެ.
ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ މި މަހު 27 ގައި ބާއްވާ ގައުމީ ދުވަހުގެ ރަސްމީ ޖަލްސާ އޮންނާނީ އުތީމުގައި ކަމަށެވެ. އަދި އެ ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ފަހަކަށް އައިސް ގައުމީ އިނާމު ދެނީ ގައުމީ ދުވަހުގެ ޖަލްސާގަ އެވެ.
އުތީމުގައި އެ ޖަލްސާ ބާއްވާތީ، އެ ދުވަހު ދޭން ކުރިން ނިންމާފައި އޮތް ގައުމީ އިނާމު ދިނުން ދެން އޮންނާނީ އަންނަ މަހު 20 ގައި މާލޭގައި ބާއްވާ ހާއްސަ ރަސްމިއްޔާތެއްގައި ކަމަށް މިއުވާން ވިދާޅުވި އެވެ.
ގައުމީ ދުވަހަކީ ޕޯޗުގީޒުންގެ އަތްދަށުން ރާއްޖެ މިނިވަންކޮށްދެއްވުމަށް ބޮޑުތަކުރުފާނު (އުތީމު ރަދުން) ކުރެއްވި މަތިވެރި ޖިހާދުގެ ހަނދާނުގައި ކޮންމެ ހިޖުރީ އަހަރެއްގެ ރައީބުލްއައްވަލް މަހުގެ 1 ވަނަ ދުވަހު ފާހަގަކުރާ ދުވަހެކެވެ.
ގައުމީ އިނާމަށް މި އަހަރު ހުޅުވާލީ މައިގަނޑު 34 ދާއިރާއަކުންނެވެ.
އެހެން އަހަރުތަކެކޭ އެއްގޮތަށް، މި އަހަރު ވެސް ގައުމީ އިނާމަށް އެދޭ އަމިއްލަ މީހުންނަށާއި އެ އިނާމަށް އެހެން މީހެއްގެ ނަން ހުށަހަޅަން ބޭނުންވާ މީހުންނަށާއި، ކުންފުނި، ޖަމިއްޔާ ޖަމާއަތް ފަދަ ތަންތަނުން ސަރުކާރުގެ އިދާރާއެއް މެދުވެރިނުކޮށް ނަން ހުށަހެޅޭ ގޮތް ވެސް ހަމަޖެއްސި އެވެ. އަދި ސަރުކާރުގެ އިދާރާތަކުންނާއި މިނިވަން މުއައްސަސާތަކުން ވެސް ގައުމީ އިނާމަށް ނަން ހުށަހަން ފުރުސަތު ދިނެވެ.
މިދިޔަ އަހަރު، ސަރުކާރުން ދޭ ޝަރަފުވެރިކަމުގެ ގައުމީ އިނާމު ހަތަރު ބޭފުޅަކަށް ލިބިވަޑައިގަތެވެ. އަދި ހިތްވަރުދިނުމުގެ ގައުމީ އިނާމު 14 ބޭފުޅަކަށް ލިބިވަޑައިގަތެވެ.
ކުރިއަށް އޮތް ދެ އަހަރު ގައުމީ ދުވަސް އުތީމުގަައި
ހާއްސަ ހިދުމަތުގެ އިނާމު ހާޖަރާގޭ ތައުފީގަށް
ޝަރަފުވެރިކަމުގެ ގައުމީ އިނާމު ހަތް ބޭފުޅަކަށް
ޝަރަފުވެރިކަމުގެ އިނާމު 10 ބޭފުޅަކަށް އަރުވައިފި
ރައީސް އަންނަ ހަފުތާގައި އުތުރުގެ 4 ރަށަކަށް
ގައުމީ އިނާމަށް 94 ހުށަހެޅުން
ގައުމީ އިނާމު މިއަހަރު 26 ބޭފުޅަކަށް
ގައުމީ އިނާމަށް ނަންހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި
ނާބެ އާއި ދޮނާ އަށް ކުޅިވަރުގެ ޝަރަފުވެރިކަމުގެ އިނާމު
ގައުމިއްޔަތަށް ހާއްސަ ކޮލެޖު އިފުތިތާހުކޮށްފި