ޓިކްޓޮކް އަދި ޕޮޑްކާސްޓު ހަދާ މީހުންނަށް ވެސް ވައިޓް ހައުސްގެ ޕްރެސްތަކުން ފުރުސަތު ދޭން ނިންމައި އެކަމަށް ބޭނުންވާ ފާސް ހޯދުމަށް ހެދި ހުށަހެޅުމަށް އާ ޕްރެސް ސެކްރެޓަރީ ދައުވަތު ދެއްވައިފި އެވެ.
ޓިކްޓޮކް އަދި ޕޮޑްކާސްޓު ހަދާ މީހުންނަށް ވެސް ވައިޓް ހައުސްގެ ޕްރެސްތަކުން ފުރުސަތު ދޭން ނިންމައި އެކަމަށް ބޭނުންވާ ފާސް ހޯދުމަށް ހެދި ހުށަހެޅުމަށް އާ ޕްރެސް ސެކްރެޓަރީ ދައުވަތު ދެއްވައިފި އެވެ.
ރައީސް ޑޮނަލްޑް ޓްރަމްޕަކީ މެެއިންސްޓްރީމް މީޑިއާގެ ވަސީލަތްތަކަށް އާންމުކޮށް ބަހުގެ ހަމަލާތައް އަމާޒުކުރައްވާ ބޭފުޅެކެވެ.
ވައިޓް ހައުސްގެ ޕޯޑިއަމްގައި، އާ ޕްރެސް ސެކްރެޓަރީ ކެރޮލީން ލީވިޓް ފުރަތަމަ ފަހަރަށް ވާހަކަ ދައްކަވަމުން ވިދާޅުވީ މިހާރު ފުރިފައިވާ ބްރީފިން ރޫމްގެ އެންމެ ކުރީގައި "މީޑިއާގެ އާ އަޑުތަކަށް" އިތުރު ގޮނޑިއެއް މިހާރު ހާއްސަކޮށްފައިވާ ކަމަށެވެ.
މީޑިއާގެ އާންމު ވަސީލަތްތަކަކީ "ރައްޔިތުންގެ ދުޝްމަނުން" ކަމަށް ސިފަކުރައްވާ ޓްރަމްޕް ވިދާޅުވަނީ އޭނާއަށް އަލުން ވެރިކަމަށް ވަޑައިގަތުމަށް މަގު ފަހިވީ ސިލްސިލާ ޕޮޑްކާސްޓްތަކެއްގެ ސަބަބުން ކަމަށެވެ.
"އެންމެ ޒުވާން ޕްރެސް ސެކްރެޓަރީގެ ހައިސިއްޔަތުން ރައީސް ޓްރަމްޕަށް ޝުކުރު ދަންނަވަން. މީޑިއާގެ އާ އަޑުތަކަށް މިތަން ހުޅުވާލުމަކީ އަޅުގަނޑަށް ލިބޭ ފަހުރެއް،" އުމުރުން 27 އަހަރުގެ ލީވިޓް ވިދާޅުވި އެވެ.
"ޓިކްޓޮކް ކޮންޓެންޓް ކްރިއޭޓަރަކަށް ވިޔަސް، ބްލޮގަރެއް ވިޔަސް، ޕޮޑްކާސްޓަރަކަށް ވިޔަސް، ސައްހަ ޚަބަރު ކޮންޓެންޓް އުފައްދާ ނަމަ ... ވައިޓް ހައުސްއަށް ޕްރެސް ކްރެޑެންޝަލް އަށް ކުރިމަތިލުމުގެ ފުރުސަތު އޮންނާނެ،" އޭނާ ވިދާޅުވި އެވެ.
ވައިޓް ހައުސްގެ އާ ޕްރެސް ސެކްރެޓަރީ ކެރޮލީން ލީވިޓަށް ސުވާލުކުރުމަށް ނޫސްވެރިން ފުރުސަތު ހޯދަން އަތް ނަގަނީ. -- ފޮޓޯ: އޭއެފްޕީ
ވައިޓް ހައުސްގެ ޕްރެސް ރޫމްގެ 49 ޖާގަ ހާއްސަކޮށްފައި ވަނީ ވައިޓް ހައުސް ކޮރެސްޕޮންޑެންޓްސް އެސޯސިއޭޝަންގެ މެމްބަރުންގެ ތެރޭގައި ހިމެނޭ ނިއުސް އޯގަނައިޒޭޝަންތަކަށެވެ. އޭގެ ތެރޭގައި އޭއެފްޕީ ވެސް ހިމެނެ އެވެ.
މި ޖާގަތައް ނުވަތަ ގޮނޑިތައް ހާއްސަކޮށްފައި އޯގަނައިޒޭޝަންތަކުން ނޫން ނަމަ ޕްރެސް ރޫމްގެ އެއްފަރާތުގައި، ޖާގަ އޮތް ވަރަކުން ކޮޅަށް ތިބުމަށް ފުރުސަތު ދެ އެވެ.
އާ ޕްރެސް ސެކްރެޓަރީ ވަނީ ޓްރަމްޕާ ބެހޭ ގޮތުން "ދޮގު" ހަދާ ނޫސްވެރިން ޖަވާބުދާރީ ކުރުވާނެ ކަމަށް ވިދާޅުވެފަ އެވެ.
"އަޅުގަނޑުމެންނަށް ހަގީގަތުގައި ވެސް އެނގޭ މި ގައުމުގެ ވަރަށް ގިނަ ލެގަސީ މީޑިއާތަކުން މި ރައީސާ އިދިކޮޅަށް، ރައީސްގެ އާއިލާއާ ބެހޭ ގޮތުން ދޮގުތައް ހަދާފައި ހުރިކަން، އެކަން އަޅުގަނޑުމެން ގަބޫލެއް ނުކުރާނަން،" އޭނާ ވިދާޅުވި އެވެ.
ވައިޓް ހައުސްގެ މަޝްހޫރު ޕޯޑިއަމްގައި ބޭއްވި މި ބްރީފިންއަކީ މީގެ އަށް ދުވަސް ކުރިން ޓްރަމްޕް ވެރިކަމާ ހަވާލުވެ ވަޑައިގަތް ފަހުން ލީވިޓް ބޭއްވި ފުރަތަމަ ބްރީފިން އެވެ. އޭނާ މީގެ ކުރިން ފޮކްސް ނިއުސް ފަދަ ކޮންޒަވޭޓިވް ޓީވީ އައުޓްލެޓްތަކުގައި ވާހަކަ ދައްކަވަ އެވެ.
އިންތިޚާބުގެ ކެމްޕޭނުގައި އެމެރިކާގެ ބައެއް ބޮޑެތި ޓީވީ ނެޓްވޯކްތަކަށް ޓްރަމްޕް އިންޓަވިއު ނުދެއްވައި، ކަނާތު ފިޔައިގެ ގިނަ ޕޮޑްކާސްޓްތަކުގައި ވާހަކަ ދެއްކެވި އެވެ. އޭގެތެރޭގައި މަޝްހޫރު ޖޯ ރޯގަން އެކްސްޕީރިއަންސް ވެސް ހިމެނެ އެވެ. -- އޭއެފްޕީ
ހާވަޑްގެ ނަމުގައި އައި ފޭކް މެއިލްތަކުން ބޮޑު ދެރައެއް
ޕްރެސްފްރީޑަމްގައި ރާއްޖޭގެ ކުރިއެރުމަށް މަރުހަބާކިޔައިފި
އޮޅުން ބޮޅުން: ބޭނުންވަނީ ޒިންމާދާރު ނޫސްވެރިކަމެއް
ޓިކްޓޮކް ގަންނަން މައިކްރޮސޮފްޓް މަޝްވަރާގައި
ނޫސްވެރިކަން ރެގިއުލޭޓް ކުރާކަށް ނޫޅެން: ސަރުކާރު
އެމެރިކާގައި ޓިކްޓޮކް މަނާކޮށްފި
އިންޑިއާގައި ނޫސްވެރިއެއްގެ އަނިޔާވެރި މަރެއް
މި މައްސަލަ ލިޔެގެން ފުރާނައަށް ނުރައްކާވެދާނެ!
މި އަހަރު 104 ނޫސްވެރިން މަރާލި، ގިނައީ ޣައްޒާގައި
ކޯޓުން ނާކާމިޔާބުވެ އެމެރިކާގައި ޓިކްޓޮކް މަނާވެދާނެ