Roadha Mihaaru

ބްރިޖް ހައިވޭގައި ބަހައްޓާފައި ހުރި ކޯނެއްގައި ޖެހިގެން ހިނގި އެކްސިޑެންޓެއްގައި މީހަކު މަރުވެއްޖެ

ސިނަމާލޭ ބްރިޖް ހައިވޭގައި ހުޅުމާލެއިން މާލެއަށް އަންނަ ލޭނުގައި ބަހައްޓާފައި ހުރި ކޯނެއްގައި ޖެހިގެން ހިނގި އެކްސިޑެންޓެއްގައި މިއަދު މީހަކު މަރުވެއްޖެ އެވެ.

ހައިވޭގައި ހުރި ކޯނެއްގައި އެކްސިޑެންޓުވެ މަރުވެއްޖެ

ސިނަމާލޭ ބްރިޖް ހައިވޭގައި ހުޅުމާލެއިން މާލެއަށް އަންނަ ލޭނުގައި ބަހައްޓާފައި ހުރި ކޯނެއްގައި ޖެހިގެން ހިނގި އެކްސިޑެންޓެއްގައި މިއަދު މީހަކު މަރުވެއްޖެ އެވެ.

ފުލުހުން ބުނި ގޮތުގައި ހެނދުނު 8:19 ހާއިރު އެކްސިޑެންޓް ހިނގީ، ހައިވޭގެ އެއްފަރާތުގައި ބަހައްޓާފައިވާ ސޯލާ ޕެނަލްތަކުގެ މަސައްކަތެއް ކުރާތީ، އެކަން އަންގައިދޭން ބަހައްޓާފައި ހުރި ކޯނުތަކުގެ ތެރެއިން ކޯނެއްގައި ސައިކަލެއް ޖެހިގެންނެވެ.

އެކްސިޑެންޓުވީ ބަންގްލާދޭޝް ފިރިހެނެއް ކަމަށާއި، އޭނާ މަރުވީ އެކްސިޑެންޓުވުމުން ފަރުވާ ދޭން އައިޖީއެމްއެޗަށް ގެންގޮސް ފަރުވާ ދެނިކޮށް 9:05 ގާއިރު ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުންޏެވެ.

ހައިވޭގައި ބަހައްޓާފައި ހުރި ސޯލާ ޕެނަލްތަކުގެ ބައެއް މަސައްކަތްތައް ކުރާއިރު މަގުމަތީ ކޯނު ބެހެއްޓުމަކީ އާންމު ކަމެކެވެ. އަދި ބައެއް ފަހަރު، ވެހިކަލްތަކުގައި އަންނަ މީހުންނަށް ކޯނުތައް ހުރިކަން އަންގަން މީހުން ވެސް ތިބެ އެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓުގެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.