އިންޑިއާ ސަރުކާރުގެ ލޯނު އެހީގައި ހަދާފައިވާ، އައްޑޫގެ ހަންކެޑެ ބްރިޖު އާންމުންނަށް ރޭ ހުޅުވާލައިފި އެވެ.
01 ފެބުރުއަރީ 2025
އިންޑިއާ ސަރުކާރުގެ ލޯނު އެހީގައި ހަދާފައިވާ، އައްޑޫގެ ހަންކެޑެ ބްރިޖު އާންމުންނަށް ރޭ ހުޅުވާލައިފި އެވެ.
މި ބްރިޖު އާންމު ދަތުރުފަތުރަށް ހުޅުވާލީ ރޭ ދަންވަރު 12:00 އިން ފެށިގެންނެވެ.
ދޮޅު ކިލޯ މީޓަރުގެ ބްރިޖު ހުޅުވާލުމަށް، އެ ބްރިޖާ ގުޅިފައިވާ މަގުތަކުގެ ޓްރެފިކް ފްލޯ އަށް އައްޑޫ ސިޓީ ކައުންސިލުން ވަނީ ބައެއް ބަދަލުތައް ވެސް ގެނެސްފަ އެވެ.
• މަރަދޫގެ ހިޔާ ފަންނު މަގާއި ވައިފަހި މަގު އަދި ޖަމާލީ ގޯޅި ވަންވޭއަކަށް ބަދަލުކުރުން.
• ލިންކް ރޯޑުން ހަންކެޑެ ކޯޒްވޭގެ މަރަދޫއާ ގުޅޭ ހިސާބުން މަގު ބަންދުކުރުން.
• ފޭދޫ އޯކިޑް މަގާއި މަރަދޫފޭދޫ ލިލީ މަގާއި އަދި މަރަދޫ އޯކިޑް މަގުގައި އެއްގަމުއުޅަނދު ވަގުތީ ގޮތުން މަގުގެ އެއްފަޅީގައި ޕާކް ކުރާ ގޮތަށް ހަމަޖެއްސުން.
• ދަންވަރު 1:00ގެ ފަހުން ފޭދޫ އޯކިޑް މަގާއި މަރަދޫފޭދޫ ލިލީ މަގާއި އަދި މަރަދޫ އޯކިޑް މަގުގައި ދާއިމީ ގޮތެއްގައި ޕާކް ކުރުން މަނާކުރުން.
އައްޑޫ ގައުކެޑި އާއި މަރަދޫ ގުޅާލުމަށް ހަދާފައިވާ އެ ބްރިޖު އާންމުންނަށް މި ހުޅުވާލީ އެ މަސައްކަތް ނިމިފައި އޮންނަތާ އެތައް ދުވަހެއްވީ ފަހުންނެވެ.
އިންޑިއަން އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން އައްޑޫގެ ހުރިހާ ރަށެއްގައި ފެން ހިންދުމުގެ ނިޒާމު ގާއިމުކުރުމާއި މަގުތައް ހެދުމަށް އިންޑިއާގެ އެފްކޮންސް ކުންފުންޏާ ހަވާލުކޮށް މަސައްކަތް ފެށީ 2021 ވަނަ އަހަރު އެވެ. ދެ އަހަރުގެ ތެރޭގައި ނިންމަން ހަވާލުކުރީ 77.6 މިލިއަން ޑޮލަރު (1.1 ބިލިއަން) ރުފިޔާއަށެވެ. އެކަމަކު، މަސައްކަތް ނުނިމި ވަރަށް ބޮޑަށް ވަނީ ދިގުލައިގެން ގޮސްފަ އެވެ.
ފޭވްމަންޓް މާ ފުޅާކޮށް ހަދާތީ ޝަކުވާ ބޮޑުވެއްޖެ
އައްޑޫގެ މަގުތަކުގައި ތާރު އަޅަން ފަށައިފި
އައްޑޫގެ މަގުތައް ހެދުން ކުރިއަށް ވުރެ ރަނގަޅުވާނެ: މޭޔަރު
ގޫގުލް ޕްރޮޖެކްޓަށް ހިތަދޫން ބޮޑު ބިމެއް ކަނޑައަޅައިފި
އައްޑޫ ސިޓީއަށް ދެން ލިބޭނީ މޭޔަރާއި ހަ ކައުންސިލަރުން
އައްޑޫ ލިންކް ރޯޑާއި ހައިވޭ އަލުން ހަދަން ފަށައިފި
ހުޅުދު އާއި މީދޫގައި ވަކި ދެ ކައުންސިލެއް އުފައްދަނީ
އަޅުވެތިކަން ނިމި، މިއީ ބޮޑު ކާމިޔާބީއެއް:ހުޅުދޫ/މީދޫ
އައްޑޫ ވޯޓުގައި ބައިވެރިވާ މީހުންގެ އަދަދު މަދު
މޫލެކެޑެ ސަރަހައްދު ހިއްކުމާ ދެކޮޅަށް އަޑުއުފުލައިފި