އައްޑޫގެ ގިނަ ރަށްތަކެއް، ޒަމާނީ އަދި ފެންވަރު ރަނގަޅު މަގަކުން ގުޅުވާލަން މީގެ 22 އަހަރު ކުރިން ހެދި ލިންކް ރޯޑް އަލުން ހެދުމުގެ އަމަލީ މަސައްކަތް މިއަދު ފަށައިފި އެވެ.
05 ނޮވެމްބަރ 2025
އައްޑޫގެ ގިނަ ރަށްތަކެއް، ޒަމާނީ އަދި ފެންވަރު ރަނގަޅު މަގަކުން ގުޅުވާލަން މީގެ 22 އަހަރު ކުރިން ހެދި ލިންކް ރޯޑް އަލުން ހެދުމުގެ އަމަލީ މަސައްކަތް މިއަދު ފަށައިފި އެވެ.
އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށީ ރައީސް ޑރ. މުހައްމަދު މުއިއްޒު އައްޑު އަށް މިހާރު ކުރައްވާ ދަތުރުފުޅުގައި މިރޭ ހިތަދޫގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
އެ ރަސްމިއްޔާތުގައި މަޝްރޫއުގެ އިފްތިތާހުކޮށްދެއްވީ ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބާއި މި މަޝްރޫއު ހަވާލުކޮށްފައިވާ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)ގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ނަޒީމާއި އައްޑޫގެ ގުޅިފައިވާ ރަށްތަކުގެ ދާއިރާތަކުގެ ރައްޔިތުންގެ މަޖިލިހުގެ ޕީއެންސީގެ މެމްބަރުންނެވެ.
އައްޑޫ ލިންކް ރޯޑް ހެދުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް އަދި މަޖިލިސް މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ރައީސް އޮފީސް
ޑިޒައިން އެންޑް ބިލްޑް އުސޫލުން އައްޑޫ ލިންކް ރޯޑާއި އެ މަގާ ގުޅިފައިވާ މަގުތަކާއި ފެން ހިންދާ ނިޒާމު ގާއިމްކުރުމުގެ އެ ބޮޑު މަޝްރޫއުގެ މަސައްކަތް އާރުޑީސީއާ ހަވާލުކުރީ މިދިޔަ އެޕްރީލް މަހުގެ 8 ވަނަ ދުވަހު އެވެ.
ކޮންސްްޓްރަކްޝަން މިނިސްޓްރީން ކުރިން ބުނި ގޮތުގައި، ދައުލަތުގެ ބަޖެޓުން 829.8 މިލިއަން ރުފިޔާ ހަރަދު ކޮށްގެން ހިންގާ މި މަޝްރޫއުގެ މަސައްކަތް ހަވާލުކުރީ ތިން އަހަރާއި 9 މަސް ދުވަހުން ނިންމަން ޖެހޭ ގޮތަށެވެ.
• ލިންކް ރޯޑް ޒަމާނީ ފެންވަރަށް ހެދުން
• 67.58 ކިލޯމީޓަރުގެ ސީޓީބީ އަޅާފައިވާ މަގުތަކުގައި ތާރު ނުވަތަ ގާ އެޅުން
• ފޭދޫގައި ފެން ހިންދާ ނިޒާމު ގާއިމްކުރުން
• ދުވާރުތައް ހެދުން
• މަގުގެ ފާހަގަތަކާއި މަގުމަތީގެ ނިޝާން ބޯޑުތައް ހަރުކުރުން
އައްޑޫ ލިންކް ރޯޑް ހެދުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު.-- ފޮޓޯ: ރައީސް އޮފީސް
ހިތަދު އާއި މަރަދު އާއި މަރަދޫފޭދު އާއި ފޭދޫ އަދި ގަން ގުޅުވާލާ 16 ކިލޯމީޓަރުގެ އައްޑޫ ލިންކް ރޯޑް ހެދުމުގެ މަސައްކަތް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ފެށީ 2001 ވަނަ އަހަރު އެވެ. އެ މަސައްކަތް ނިންމައި އެ މަގު ބޭނުންކުރަން ފެށީ 2003 ވަނަ އަހަރު އެވެ.
އައްޑޫ ލިންކް ރޯޑް އޭރު ހެދީ އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިޑީބީ) އާއި އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އިން ދިވެހި ސަރުކާރަށް ނެގި 7.9 މިލިއަން ޑޮލަރުގެ ލޯނުގެ ދަށުންނެވެ. ޖުމުލަ 12.5 ކިލޯ މީޓަރުގެ ލިންކް ރޯޑްގެ މަސައްކަތްކުރީ ޑެންމާކާއި ލެބެނަންގެ ދެ ކުންފުންޏެއް ގުޅިގެން އުފެއްދި ހޯގާޑް އެންޑްޝުލްޒް އެސްލެބެނާން އިންނެވެ. ލިންކު ރޯޑް ޕްލޭންކޮށް، ޑިޒައިންކުރީ ނިއުޒީލޭންޑްގެ ތަޖުރިބާކާރެއް ކަމަށްވާ ޖޯން ސްމާޓް އެވެ.
އައްޑޫގައި ދިރިއުޅޭ މީހުންނަށް ބޮޑު ފަސޭހައެއް ލިބުނު މި ދިގު މަގު ފަހުން ބޮޑު މަރާމާތެއް ނުކޮށް އޮންނާތީ މިހާރު އޮތީ ވަރަށް ބޮޑަށް ހަލާކުވެފަ އެވެ.
މޫލެކެޑެ ސަރަހައްދު ހިއްކުމާ ދެކޮޅަށް އަޑުއުފުލައިފި
އައްޑޫ "މަރުގެ މަގު" މިހާރު އަދި މާ ނުރައްކާ!
އައްޑޫ ލިންކް ރޯޑު އަލުން ހެދުމުގެ ބޮޑު މަޝްރޫއެއް
އައްޑޫގެ ޕްރޮޖެކްޓުވެސް ވަގުތަށް ނިމޭނެ: އެފްކޮންސް
އައްޑޫގެ ބޮޑު ތިން ވައުދަށް ވެސް ބޮޑެތި ކާމިޔާބީތަކެއް
އައްޑޫގައި 1000އެނދުގެ އައްސޭރިޓޫރިޒަމްގެ މަޝްރޫއެއް
އައްޑޫގައި ފަހުން ހެދި މަގުތައް އަލުން ކޮންނަނީ
"މާލެއާ އެއްފެންވަރަށް އައްޑުތަރައްގީކުރަން ބޭނުން"
އައްޑޫ ބްރިޖު އެޅޭނީ ރައީސް މުއިއްޒަށް: ނިޒާރު
ހިތަދޫ-ހުޅުމީދޫ ގުޅުވާލާ ބޮޑު ބްރިޖް އަޅަން ސޮއިކޮށްފި