އެމެރިކާގެ އެޖެންސީ ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓަކީ (ޔޫއެސްއެއިޑް) އަކީ ކުށްވެރިންގެ ޖަމާއަތެއްގެ ގޮތުގައި އަދި އެތަން ހިންގަން ތިބީ ހަރުކަށި ފިކުރުގެ މޮޔައިންގެ ގޮތުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އޭނާގެ އެޑްވައިޒަރު އީލޮން މަސްކް ސިފަކުރައްވައިފި އެވެ.
އެމެރިކާގެ އެޖެންސީ ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓަކީ (ޔޫއެސްއެއިޑް) އަކީ ކުށްވެރިންގެ ޖަމާއަތެއްގެ ގޮތުގައި އަދި އެތަން ހިންގަން ތިބީ ހަރުކަށި ފިކުރުގެ މޮޔައިންގެ ގޮތުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އޭނާގެ އެޑްވައިޒަރު އީލޮން މަސްކް ސިފަކުރައްވައިފި އެވެ.
އެހެން ގައުމުތަކަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ އެޖެންސީއަށް މި ހަމަލާ ދިން އިރު މި ދެ ބޭފުޅުން ގަބޫލުކުރައްވާ ގޮތުގައި އެހީގެ ގޮތުގައި މިފަދަ ޖަމާއަތްތަކުން ކުރަނީ ބޭކާރު ހަރަދެވެ.
ޓްރަމްޕް ވިދާޅުވީ ޔޫއެސްއެއިޑް ހިންގަން ތިބީ "ހަރުކަށި ފިކުރުގެ މޮޔައިންތަކެއް" ކަމަށާއި "އެ މީހުން ބޭރުކޮށްލާނަން" ކަމަށެވެ. މިކަމާ ބެހޭ މާ ބޮޑު ތަފްސީލެއް ނުދެއްވައި ޓްރަމްޕް ވިދާޅުވީ އެ ޖަމިއްޔާގެ މުސްތަގުބަލާ މެދު އޭގެ ފަހުން ގޮތެއް ނިންމަވާނެ ކަމަށެވެ.
ޓްރަމްޕަށް އެންމެ ތާއީދުކުރާ މީހުންގެ ތެރޭގައި ހިމެނޭ ބިލިއަނަރު މަސްކް އޭނާގެ އެކްސް ޕްލެޓްފޯމްގައި ޓްރަމްޕުގެ ވާހަކައަށް ތާއީދުކުރައްވައި އެތައް ޕޯސްޓުތަކެއް ކުރައްވާފައި ވަނީ ޔޫއެސްއެއިޑާ މެދު އުފައްދާ ޝައްކުތަކާ ވެސް ގުޅުވައިފަ އެވެ.
"ޔޫއެސްއެއިޑް އަކީ ކުށްވެރިންގެ ޖަމާއަތެއް،" މިއީ އެ ޖަމާއަތް ނައްތާލަންވީ ވަގުތު ކަމަށް ވިދާޅުވެ ލިޔުއްވާފައިވެ އެވެ.
އޭގެ ފަހުން ކުރެއްވި ޕޯސްޓެއްގައި މަސްކް ވަނީ އޭނާގެ 215 މިލިއަން އެކްސް ފޮލޯވަރުންނާ ސުވާލެއް ކުރައްވާފައިވެ އެވެ
"ޔޫއެސްއެއިޑުން، ތިޔަ ބޭފުޅުންގެ ޓެކްސް ފައިސާ ބޭނުންކޮށްގެން، ކޮވިޑް-19 ފަދަ ބަޔޯވެޕަން ރިސާޗްތަކަށް ފަންޑުކޮށް، އެތައް މިލިއަން ބަޔަކު މަރުވިކަން އެނގޭތަ؟" އެއްވެސް ހެއްކެއް ދެއްކުމެއް ނެތި ލިޔުއްވާފައިވެ އެވެ.
މަކްސްކުގެ މި ވާހަކަ އަކީ އެމެރިކާއާ ދެކޮޅަށް ރަޝިޔާއިން ހިންގި ދޮގު މައުލޫމާތު ފެތުރުމުގެ ކެމްޕެއިން ތެރޭގައި ފެތުރި ވާހަކައެކެވެ.
ޓްރަމްޕް ވެރިކަމާ ހަވާލުވެ ވަޑައިގަތުމަށް ފަހު ވަނީ އެހީގެ ހުރިހާ ހަރަދެއް ތިން މަސް ދުވަހަށް މަޑުޖައްސާލަަން އަންގަވައިފަ އެވެ. އެކަމަކު ފަހުން ވަނީ ކާބޯތަކެއްޗާއި އެހެނިހެން އިންސާނީ އެހީތައް ކުރިއަށް ގެންދިއުމަށް ލުޔެއް ދެއްވައިފަ އެވެ. ނަމަވެސް އެ ޖަމިއްޔާގެ މުސްތަގުބަލާ މެދު ނުތަނަވަސްކަން އުފެދި އެކި ފަރާތްތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ކޮންގްރެސް އިން ވަކި ގާނޫނަކުން އުފައްދާފައިވާ މިނިވަން އިދާރާއެއް ކަމަށްވާ ޔޫއެސްއެއިޑުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިންސާނީ އެހީ އާއި ތަރައްގީއަށް އެހީވުމަށް ކަނޑައަޅާފައިވާ 42.8 ބިލިއަން ޑޮލަރުގެ ބަޖެޓެއް ބަލަހައްޓަ އެވެ.
ޓްރަމްޕުގެ ބޮޑު ނިންމުމެއް ސުޕްރީމް ކޯޓުން ހުއްޓުވައިފި
ޔޫއެސްއެއިޑްގެ މުވައްޒަފުންގެ އަދަދު 300 އަށް ހަދަނީ
ޔޫއެސްއެއިޑްގެ އޮފީސް ބަންދުކޮށް މުވައްޒަފުން ގެޔަށް!
ޔޫއެސްއެއިޑް ބަންދުކުރަން ޓްރަމްޕް އެއްބަސް: މަސްކް
އީރާނުން މަޝްވަރާނުކޮށްފި ނަމަ އޮތީ ހަމަލާ: ޓްރަމްޕު
އިޒްރޭލާ ދެކޮޅަށް މުޒާހަރާކުރާތީ އެހީ ކަނޑާލައިފި
ޓްރަމްޕު މަސްކުގެ ފައިގައި ދޫލާ ވީޑިއޯ ތަހުގީގުކުރަނީ
އެމެރިކާއިން ފަސް މިލިއަނަށް "ގޯލްޑް ކާޑް" ވިސާ ދެނީ
ވަޒީފާއިން ވަކިކުރާތީ ޓްރަމްޕުގެ ސަރުކާރުތެރޭ ދެބަސްވުން
ކުރިކަމެއް ބުނެނުދޭ އެންމެންގެ ވަޒީފާ ގެއްލޭނެ: މަސްކް