Roadha Mihaaru

ޓްރަމްޕުގެ ބޮޑު ނިންމުމެއް ސުޕްރީމް ކޯޓުން ހުއްޓުވައިފި

އެމެރިކާއިން އެހެން ގައުމުތަކަށް ދޭ އެހީގެ ތެރެއިން ދެ ބިިލިއަނެއްހާ ޑޮލަރު ދޫނުކުރަން ރައީސް ޑޮނަލްޑް ޓްރަމްޕު ނިންމެވި ނިންމެވުން ގާނޫނާ ހިލާފް ކަމަށް ދަށު ކޯޓުން ނިންމި ނިންމުމަށް ސުޕްރީމް ކޯޓުން ވެސް ތާއީދުކޮށްފި އެވެ.

ޓްރަމްޕުގެ ބޮޑު ނިންމުމެއް ސުޕްރީމް ކޯޓުން ހުއްޓުވައިފި

އެމެރިކާއިން އެހެން ގައުމުތަކަށް ދޭ އެހީގެ ތެރެއިން ދެ ބިިލިއަނެއްހާ ޑޮލަރު ދޫނުކުރަން ރައީސް ޑޮނަލްޑް ޓްރަމްޕު ނިންމެވި ނިންމެވުން ގާނޫނާ ހިލާފް ކަމަށް ދަށު ކޯޓުން ނިންމި ނިންމުމަށް ސުޕްރީމް ކޯޓުން ވެސް ތާއީދުކޮށްފި އެވެ.

މިއީ ޓްރަމްޕުގެ ނިންމެމުންތަކާ ދެކޮޅަށް ގާނޫނީ ގޮތުން ކުރާ މަސައްކަތުގައި ސުޕްރީމް ކޯޓާ ހިސާބުން މިހާތަނަށް އައި އެންމެ ބޮޑު ހުކުމެވެ.

ސުޕްރީމް ކޯޓުގެ ނުވަ ފަނޑިޔާރުންގެ ތެރެއިން ފަސް ފަނޑިޔާރެއްގެ އަޣުލަބިއްޔަތުން ދެމެހެއްޓި ހުކުމަކީ އެމެރިކާއިން މިހާރު ހިންގާފައިވާ އެހީގެ ޕްރޮގްރާމްތަކުގެ ދަށުން ހަވާލުކޮށްފައިވާ އެކި ޕްރޮޖެކްޓްތަކަށް ދެމުން ގެންދާ ނުދީ ނުހިފެހެއްޓޭނެ ކަމަށެވެ.

ޔޫއެސް އެޖެންސީ ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (ޔޫއެސްއެއިޑް) އާއި ސްޓޭޓް ޑިޕާޓްމަންޓާ އެކު ހަދާފައިވާ އެއްބަސްވުންތަކަށް ފައިސާ ދެއްކުން އަލުން ފެށުމަށް އަމުރު ކުރެއްވި ފެޑެރަލް ފަނޑިޔާރު ވިދާޅުވީ "ސަރުކާރުން އަދާކުރަންޖެހޭ ޒިންމާތަކަކީ ކޮބައިކަން ސާފުކޮށްދޭން ޖެހޭ" ކަމަށެވެ.

އުއްތަމަ ފަނޑިޔާރަކަށް ހުންނެވި ކޮންޒަވޭޓިވްސް ފިކުރުގެ ޖޯން ރޮބާޓްސް އާއި ޓްރަމްޕް އައްޔަން ކުރެއްވި އެމީ ކޯނީ ބެރެޓް ވަނީ މި ނިންމުމަށް ވޯޓު ދެއްވައިފަ އެވެ.

ފަނޑިޔާރު ސެމިއުލް އަލީޓޯގެ ތަފާތުވި ރައުޔުއަށް ކޮންޒަވޭޓިވް ފިކުރުގެ އަނެއް ތިން ބޭފުޅުން ތާއީދުކުރެއްވި އެވެ.

"އިހްތިސާސް ވެސް ނެތް އެންމެ ޑިސްޓްރިކްޓް ކޯޓެއްގެ ފަނޑިޔާރަކަށް ވެސް، ޓެކްސް ދައްކާ މީހުންގެ ދެ ބިލިއަން ޑޮލަރު (އަދި މިއީ ދާއިމީ ގޮތެއްގައި ގެއްލިގެންދާ ފައިސާއަކަށް ވެދާނެ ހާލަތު އޮއްވައި) ދައްކަން އެމެރިކާ ސަރުކާރަށް މަޖުބޫރުކުރުމުގެ ބާރު އޮންނާނެހެއްޔެވެ؟ އެލިޓޯ ލިޔުއްވާފައިވެ އެވެ.

"އެ ސުވާލުގެ ޖަވާބަކަށް ވާން ޖެހޭނީ ވަރަށް ވަރުގަދަ "ނޫނެކޭ" އަށް. ނަމަވެސް މި ކޯޓުގެ މެޖޯރިޓީ އެހެން ގަބޫލުކުރާ ކަމަކަށް ނުފެނޭ. އަޅުގަނޑު ހަމަ ހައިރާންވެއްޖެ."

ޓްރަމްޕްގެ ސަރުކާރުން އެޅި އެކި ފިޔަވަޅުތަކަށް ގާނޫނީ ގޮތުން ގިނަ ގޮންޖެހުންތަކެއް ކުރިމަތިކުރުވި އެމެރިކަން ސިވިލް ލިބަޓީސް ޔޫނިއަން އިން ވަނީ ސުޕްރީމް ކޯޓުގެ ނިންމުމަށް މަރުހަބާ ކިޔާފަ އެވެ.

ޓްރަމްޕު ވިދާޅުވެފައިވަނި ޔޫއެސްއެއިޑް އަކީ މޮޔައިންގެ ބަޔަކު ހިންގާ ތަނެއް ކަމަށާއި އެތަނުން ކުރަނީ ބޭކާރު ހަރަދު ކަމަށެވެ. އެ ވިސްނުމުގައި ޓްރަމްޕް ވަނީ އެ އިދާރާގެ ގިނަ މުވައްޒަފުން މަސައްކަތުން އެކަހެރިކޮށްފަ އެވެ. އަދި އެތަނުގެ މަސައްކަތް ހުއްޓާލަންޖެހޭ ނަމަ އެކަން ވެސް ކުރައްވާނެ ކަމަށް ވިދާޅުވެފައިވެ އެވެ. -- އޭއެފްޕީ