ޓޫރިޒަމް މިނިސްޓްރީ އާއި އެންވަޔަރަންމަންޓް މިނިސްޓްރީ އެއްކޮށްލުމާ އެކު، އެ ދެ ތަނުގައި މިހާތަނަށް ތިއްބެވި ދެ ޕާމަނަންޓް ސެކްރެޓަރީންގެ މަގާމު ގެއްލިއްޖެ އެވެ.
03 ފެބުރުއަރީ 2025
ޓޫރިޒަމް މިނިސްޓްރީ އާއި އެންވަޔަރަންމަންޓް މިނިސްޓްރީ އެއްކޮށްލުމާ އެކު، އެ ދެ ތަނުގައި މިހާތަނަށް ތިއްބެވި ދެ ޕާމަނަންޓް ސެކްރެޓަރީންގެ މަގާމު ގެއްލިއްޖެ އެވެ.
ދެ މިނިސްޓްރީ އެއްކޮށްލުމާ ހަމައަށް ޓޫރިޒަމް މިނިސްޓްރީގެ ޕީއެސްގެ މަގާމުގައި ހުންނެވީ އެ މަގާމަށް މިދިޔަ ޖެނުއަރީ މަހު އައްޔަން ކުރި ފާތިމަތު ޝައުފާ އެވެ. އެންވަޔަރަންމަންޓް މިނިސްޓްރީގެ ޕީއެސްއަކަށް ހުންނެވީ އަޖުވަދު މުސްތަފާ އެވެ.
އެންމެ ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވާ ޕީއެސް އިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އަޖުވަދުގެ މަގާމު ގެއްލުނީ އެންވަޔަރަންމަންޓް މިނިސްޓްރީ އުވައިލުމާ ގުޅިގެންނެވެ. ގާނޫނުގައި އޮންނަ ގޮތުން މިނިސްޓްރީއެއް އުވުމާ އެކު އެ މަގާމު ގެއްލޭނެ އެވެ.
ސިވިލް ސާވިސް ކޮމިޝަންގެ އޮފިޝަލަކު މިއަދު ވިދާޅުވީ، ޓޫރިޒަމް މިނިސްޓްރީގެ ޕީއެސް ޝައުފާ މަގާމުން ވަކިކޮށްފައިވަނީ އެ މިނިސްޓްރީގެ މެންޑޭޓު ބަދަލުވުމާ ގުޅިގެން ޕީއެސްގެ މަގާމަށް އަލުން އިއުލާނު ކޮށްގެން ބޭފުޅަކު ހޮވުމަށް މިނިސްޓަރު ތޯރިގް އިބްރާހިމް ބޭނުވާތީ އެވެ.
މަގާމުން ވަކިކުރުމުގެ ކުރިން އަމިއްލަ އަށް އިސްތިއުފާ ދެއްވުމުގެ ފުރުސަތު ވެސް ޝައުފާ އަށް ދީފައިވާ ކަމަށް ސިވިލް ސާވިސް ކޮމިޝަންގެ އޮފިޝަލް ވިދާޅުވި އެވެ.
ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓްރީ އަށް އާ ޕީއެސްއެއް ހޯދުމަށް މިހާރު ވަނީ އިއުލާންކޮށްފަ އެވެ.
މަގާމުން ވަކިކުރި ޝައުފާއަކީ ޓޫރިޒަމް މިނިސްޓަރުކަމުން މިދިޔަ ހަފުތާގައި ވަކިކުރި އިބްރާހިމް ފައިސަލްއާ އެއް ރަށަކަށް ނިސްބަތްވާ ބޭފުޅެކެވެ.
ދިވެހި ބަހުގެ މިނިސްޓްރީ އަށް އާ ޕީއެސްއެއް
ޝޫޒާ ވަޒީފާއިން ވަކިވާން މަޖުބޫރުކުރި މައްސަލަ ބަލަނީ
ބުލީކުރާ ކަމަށް ބުނާ ޕީއެސްއެއްގެ މައްސަލަ ބަލަނީ
ސުލްތާނާ އަނެއްކާވެސް އޭޖީ އޮފީހުގެ ޕީއެސްގެ މަގާމަށް
ސިވިލް ސާވަންޓުންގެ މުސާރަ ބޮޑުކުރަން ހިމަނައިފި
ޕޭ ހާމަނައިޒޭޝަންގެ މަގްސަދު ހާސިލް ނުވޭ: ސީއެސްސީ
ސިވިލް ސާވިސްގެ ހިދުމަތް ރަނގަޅުކުރަން ހިޔާލު ހޯދަނީ
ހިދުމަތްތައް ހަލުވިކުރުމުގައި ސިވިލްސާވިސްގެ ދައުރު ބޮޑު
ހުރިހާ ދާއިރާއެއްގެ މުސާރަ ބޮޑުކޮށްދިނުމަށް ގޮވާލައިފި
ކުރީގެ ސިވިލްސާވިސް މުވައްޒަފުންނަށް އަލުން ވަޒީފާ ދެނީ