އަރްޔަން ހާން ޑައިރެކްޓުކުރާ ފުރަތަމަ ވެބް ސީރީޒްގެ ލީޑު ރޯލުތަކަށް ލަކްޝްޔާ ލަލްވާނީ އާއި ސަހޭރް ބަންބާ ހަމަޖައްސައިފި އެވެ.
އަރްޔަން ހާން ޑައިރެކްޓުކުރާ ފުރަތަމަ ވެބް ސީރީޒްގެ ލީޑު ރޯލުތަކަށް ލަކްޝްޔާ ލަލްވާނީ އާއި ސަހޭރް ބަންބާ ހަމަޖައްސައިފި އެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، ޝާހްރުކް ހާންގެ ދޮށީ ދަރިފުޅު އަރްޔަން ޑައިރެކްޓުކުރާ ފުރަތަމަ ވެބް ސީރީޒްގެ ކާސްޓު މިހާރު ވަނީ ފައިނަލް ކޮށްފަ އެވެ. އަދި އެ ސީރީޒްގައި ލީޑު ރޯލުތައް ކުޅޭނީ ބޮލީވުޑްގައި މިހާރު ކުރިއަރަމުން އަންނަ ފަންނާނުން ކަމަށްވާ ލަކްޝްޔާ އާއި ސަހޭރް އެވެ.
ނެޓްފްލިކްސް އިން ގެނެސްދޭ މި ސީރީޒްގެ ޓައިޓަލް ވެސް އިއްޔެ ވަނީ އިއުލާންކޮށްފަ އެވެ.
މި ސީރީޒަށް ކިޔަނީ "ދަ ބޭޑްސް އޮފް ބޮލީވުޑް" އެވެ.
މި ސީރީޒްގެ ނަން އިއުލާންކޮށްދިނީ ޝާހު އެވެ. ސީރީޒްގެ ނަން އިއުލާންކުރަން ނެޓްފްލިކްސް އިން އިއްޔެ އާންމުކުރި ޕްރޮމޯޝަނަލް ވީޑިއޯގައި ޝާހުއާ އެކު އަރްޔަން ވެސް ފެނެ އެވެ.
ބައެއް ރިޕޯޓްތައް ބުނި ގޮތުގައި، މި ފިލްމުގެ ޕްރޮމޯޝަނަލް އެހެން އެއްވެސް މަސައްކަތެއްގައި ބައިވެރި ނުވާން އަރްޔަން ވަނީ ނިންމައިފަ އެވެ. ފިލްމު ޕްރޮމޯޓްކުރަން ބާއްވާ އިވެންޓުތަކަށް އޭނާ ނުދާނެ އެވެ. އަދި މީޑިއާތަކަށް އޭނާ އިންޓަވިއު ވެސް ނުދޭނެ އެވެ.
މި ސީރީޒްގައި ޝާހުގެ އިތުރުން ސަލްމާން ހާން އާއި ރަންބީރް ކަޕޫރް، ރަންވީރް ސިންގު އަދި ކަރަން ޖޯހަރް ވެސް ހާއްސަ ފެނިލުމަކުން ފެންނާނެ ކަމަށް ބައެއް ރިޕޯޓްތައް ބުންޏެވެ.
"ދަ ބޭޑްސް އޮފް ބޮލީވުޑް"ގައި ބޮބީ ޑިއޯލް އާއި މޯނާ ސިންގް ވެސް މުހިންމު ރޯލުތައް ކުޅެ އެވެ.
އަރްޔަން ކުރިން ބުނެފައިވާ ގޮތުގައި، ބޮލީވުޑްގައި އޭނާ ކުރިއަށް ދާން ބޭނުންވަނީ ޑައިރެކްޓަރެއްގެ ގޮތުގަ އެވެ. އެކްޓްކުރުމަށް އޭނާގެ އެއްވެސް ޝައުގުވެރިކަމެއް ނެތެވެ.
މި ސީރީޒް ސްޓްރީމް ކުރަން ފަށާނެ ދުވަހެއް އަދި އިއުލާން ނުކުރެ އެވެ.
ޕަރްވީން ބާބީގެ ރޯލު ކުޅެން ތުރިޕްތީ ހަމަޖައްސައިފި
ދެން ހާސްވާނެ ކަމެއް ނެތް، ސީއައިޑީ އަތުވެއްޖެ!
"ސިޓަޑެލް"ގެ ޓްރެއިލާ؛ ވަރުގަދަ މަންޒަރުތަކެއް
ކަރަން ނެޓްފްލިކްސްއަށް ބޮޑު ބަޖެޓުގެ ސީރީޒެއް ހަދަނީ
އާލިއާގެ ނަމަށް ކަޕޫރް އިތުރުކޮށްފި
އަމީތާބް ކުރަފި މަރާ ގޮތް ކިޔައިދީފި
އިޝާންގެ ފުރަތަަމަ ހޮލީވުޑް ސީރީޒް ނެޓްފްލިކްސްއަށް
ވަންރާޖު "އަނުޕާމާ" ދޫކޮށްލައިފި
ބަރުންގެ "ކޯރާ"ގެ ދެވަނަ ސީޒަންގައި މޯނާ
ކަރަން ގެނެސްދެނީ އަނަންޔާގެ "ކޯލް މީ ބޭ"