Roadha Mihaaru
އަމީތާބް ކުރަފި މަރާ ގޮތް ކިޔައިދީފި

އަމީތާބް ކުރަފި މަރާ ގޮތް ކިޔައިދީފި

14 ސެޕްޓެމްބަރ 2024

ބޮލީވުޑްގެ ސުޕަސްޓާރު އަމީތާބް ބައްޗަން ހޮސްޓުކުރާ، ސޮނީ އެންޓަޓެއިންމަންޓުން ގެނެސްދޭ ރިއަލިޓީ ޝޯ "ކޯން ބަނޭގާ ކްރޯޑްޕަތީ"ގައި އޭނާ ކުރަފި މަރާ ގޮތް ކިޔައިދީފި އެވެ.

ބޮލީވުޑްގެ ސުޕަސްޓާރު އަމީތާބް ބައްޗަން ހޮސްޓުކުރާ، ސޮނީ އެންޓަޓެއިންމަންޓުން ގެނެސްދޭ ރިއަލިޓީ ޝޯ "ކޯން ބަނޭގާ ކްރޯޑްޕަތީ"ގައި އޭނާ ކުރަފި މަރާ ގޮތް ކިޔައިދީފި އެވެ.

އަމީތާބް އެއް ފަހަރަކު ކުރަފި މަރަން ކަންކުރިގޮތް އޭނާ އެ ޝޯގައި ކިޔައިދޭ ބައި ސޮނީގެ އިންސްޓަގްރާމްގައި ވަނީ ޕޯސްޓުކޮށްފަ އެވެ. ސަމާސާއަކަށް ދެއްކި އެ ވާހަކައިގައި އޭނާ ބުނި ގޮތުގައި، ކުރަފި މެރުމަކީ ވަރަށް އުނދަގޫ ކަމެކެވެ.

"ކުރަފި މިއީ ވަރަށް ބާރުގަދަ އެއްޗެއް ދޯ؟ ކޮންމެ ކަމެއް ކުރިޔަސް، އަވަހަކަށް މަރުވާ އެއްޗެއް ނޫން،" އެ ޝޯގެ ބައިވެރިޔަކާ މުހާތަބުކޮށް އަމީތާބް ބުންޏެވެ.

"އަހަރެން ވަރަށް ގިނަ ގޮތްގޮތަށް ޓެސްޓުކޮށްފިން... ބައެއް މީހުން ބުނީ ހުރެޔޭ ޕައުޑަރެއް، ކުރަތްޕަށް އެ ޖަހާށޭ، ދެ މިނެޓު ތެރޭގައި މަރުވާނެޔޭ. އެހެންވެ، އަހަރެން ހިތަށް އެރީ އަޖުމަ ބަލައިލާނަމޭ."

އަމީތާބް ކުރި ކަމަކީ ކުރަފި މަރާ އެ ޕައުޑަރު ފުޅިއަކަށް އެޅީ އެވެ.

"ޕައުޑަރު ފުޅިއަށް އަޅާފައި އޭގެ މަތި އެއްކޮށް ބަންދުނުކޮށް ބެހެއްޓީ. ދެން ވަރަށް އުނދަގުލުން ކުރަތްޕެއް ހިފައިފައި އެ ފުޅީގެ ތެރެއަށް ލީ. އެއަށް ލާފައި އަހަރެން ބުނެފިން ދެން މަރުވާށޭ،" އެންމެން ހެއްވަމުން އޭނާ ބުންޏެވެ.

"ކޯން ބަނޭގާ ކްރޯޑްޕަތީ" 16 ވަނަ ސީޒަން މިހާރު ގެނެސްދޭއިރު، އަމީތާބަކީ އެ ޝޯގެ އެންމެ ސީޒަނެއް ފިޔަވާ ހުރިހާ ސީޒަނެއް ހޮސްޓުކޮށްދިން ފަންނާނެ އެވެ. އިންޑިއާގައި މި ޝޯއަށް އޮންނަ ތަރުހީބު އަދިވެސް ވަރަށް ބޮޑެވެ.