ޗާގޯސްގެ މައްސަލައިގައި އިނގިރޭސި ވިލާތާ އެކު އާ ޑީލެއް ހަދާފައިވާ ކަމަށާއި މިހާރު އިންތިޒާރުކުރަމުން އަންނަނީ އެ ޑީލަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ހިޔާލު ދެއްވާނެ އިރަކަށް ކަމަށް މޮރިޝަސްގެ ބޮޑުވަޒީރު ނަމަވެސް މިދިޔަ ނޮވެމްބަރު މަހު ނަވީން ރާމްގޫލަމް އިއްޔެ ވިދާޅުވެއްޖެ އެވެ.
ޗާގޯސްގެ މައްސަލައިގައި އިނގިރޭސި ވިލާތާ އެކު އާ ޑީލެއް ހަދާފައިވާ ކަމަށާއި މިހާރު އިންތިޒާރުކުރަމުން އަންނަނީ އެ ޑީލަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ހިޔާލު ދެއްވާނެ އިރަކަށް ކަމަށް މޮރިޝަސްގެ ބޮޑުވަޒީރު ނަމަވެސް މިދިޔަ ނޮވެމްބަރު މަހު ނަވީން ރާމްގޫލަމް އިއްޔެ ވިދާޅުވެއްޖެ އެވެ.
އިނގިރޭސި ވިލާތުން ކުރިން އިސްތިއުމާރުކޮށްފައި އޮތް މޮރިޝަސް އަށް 1960ގެ ތެރޭގައި އިނގިރޭސި ވިލާތުން މިނިވަންކަން ދިން ނަމަވެސް މޮރިޝަސްގެ ތަނެއްގެ ގޮތުގައި ބަލަމުން އައި ޗާގޯސްގެ ރަށްތައް އިނގިރޭސި ވިލާތުން ދޫކޮށެއްނުލަ އެވެ. އެކަމަކު ބައިނަލްއަގުވާމީ ކޯޓާއި އދ.ގައި ވެސް މި މައްސަލައިގައި މޮރިޝަސްއާ އެއްކޮޅަށް ނިންމުންތައް ނިންމަމުން ދިއުމާ އެކު މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު އިނގިރޭސި ވިލާތުން ވަނީ ޗާގޯސް މޮރިޝަސްއާ ހަވާލުކުރަން އެއްބަސްވެފަ އެވެ.
ނަމަވެސް މި އެއްބަސްވުމާ މެދު އަލުން މަޝްވަރާކޮށް އަލުން އެއްބަސްވުމަކަށް އައީ ރާމްގޫލަމް ބޮޑުވަޒީރުކަމާ ހަވާލުވެ ވަޑައިގަތުމަށް ފަހު ބައެއް ކަންކަން ބަދަލުކުރަން ބޭނުންވުމުންނެވެ. ބައެއް މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ރާމްގޫލަމް ބޭނުންވީ މާލީ ބަދަލުގެ އަދަދު ބޮޑުކުރުމަށާއި އަސްކަރީ މަރުކަޒު ޗާގޯސް ކުއްޔަށް ދީފައި ބާއްވާނެ މުއްދަތާ މެދު އަލުން ގޮތެއް ނިންމާށެވެ.
ޗާގޯސްގެ ރަށްތައް މޮރިޝަސްއާ ހަވާލުކުރި ނަމަވެސް އެމެރިކާ އާއި އިނގިރޭސި ވިލާތް ގުޅިގެން އަސްކަރީ މަރުކަޒެއް ހިންގަމުން އަންނަ ޗާގޯސް ހަމަ އެގޮތުގައި ބޭއްވުމަށް އޮތީ އެއްބަސްވެފަ އެވެ.
"ޗާގޯސްގެ މައްސަލައާ ގުޅޭ ގޮތުން އިނގިރޭސި ވިލާތާ އެކު މިހާރު އޮތީ އެއްބަސްވުމުގައި ސޮއިކުރާ ހިސާބުގައި،" އިދިކޮޅު މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ރާމްގޫލަމް ވިދާޅުވި އެވެ.
ބޮޑުވަޒީރު ވިދާޅުވީ ޑިއޭގޯ ގާސިއާ ހިމެނޭ ގޮތަށް، މުޅި އަތޮޅުގެ މައްޗަށް މޮރިޝަސްގެ އިސްތިގުލާލާ މެދު އުފެދިފައިވާ މުހިންމު ސުވާލަށް އާ އެއްބަސްވުމުގައި ރިއާޔަތްކޮށްފައިވާ ކަމަށެވެ. ނަމަވެސް މިކަމާ ގުޅޭ ތަފްސީލެއް އޭނާ ނުދެއްވަ އެވެ.
ނަމަވެސް އަސްކަރީ މަރުކަޒު 99 އަހަރަށް ކުއްޔަށް ދޫކުރުމަށް އޮތް މުއްދަތު އިތުރުކުރުމާ މެދު "ދެ ފަރާތުން ވެސް މަޝްވަރާ ކުރާނެ" ކަމަށެވެ.
މި މަހުގެ 20 ވަނަ ދުވަހު ޓްރަމްޕް މަގާމާ ހަވާލުވެ ވަޑައިގަތުމުގެ ކުރިން މޮރިޝަސް އަށް ޗާގޯސް ދޫކޮށްލުމުގެ އެއްބަސްވުން ފައިނަލްކޮށް، ސޮއިކުރުމަށް މަސައްކަތްކުރި އެވެ. އަދި މިއަދު މޮރިޝަސްގެ ކެބިނެޓުން އެ އެއްބަސްވުމަށް ރުހުން ދިނުމަށް ވެސް އޮތީ ނިންމައިފަ އެވެ. އެކަމަކު ފަހުން ވަނީ މިކަމުގައި ޓްރަމްޕުގެ ބަހެއް ހޯދަންޖެހޭނެ ކަމަށް އިނގިރޭސި ވިލާތުން ބުނެފަ އެވެ.
ފޯޅަވަހީގެ އެއްބަސްވުމަކަށް ބަދަލެއް ނުގެންނަން: ޔޫކޭ
ޗާގޯސް ޑީލަށް ޓްރަމްޕުގެ ބަހެއް އޮންނަންވާނެ: ޔޫކޭ
ޗާގޯސް މޮރިޝަސްއަށް ދޭނެ ކަމާ މެދު ސުވާލުއުފެދިއްޖެ
ޓްރަމްޕް ސަރުކާރުން ޗާގޯސް ޑީލަށް ހުރަސް އަޅާފާނެ
މޮރިޝަސް އަށް ޗާގޯސް ދޭން ޔޫކޭއިން އެއްބަސްވެއްޖެ
ޗާގޯސްގައި އަލުން ވަޒަންވެރިއެއް ނުކުރެވޭނެ: ކެމަރަން
ކަނޑުގެ ސަރަހައްދު ހޯދުން އަވަސްކުރަން ގާސިމް އެދިއްޖެ
މޮރިޝަސްއަށް ޗާގޮސް ދިނުމުގެ ވިސްނުން ދޫކޮށްލައިފި
ޗާގޯސް ދިނަސް، އެމެރިކާގެ އަސްކަރީ ބޭސް ދެމިއޮންނާނެ
ޗާގޯސް މައްސަލަ: ރާއްޖެއިން މޮރިޝަސްއަށް ތާއީދުކުރަނީ