ސްވިޑެންގެ މެދުތެރޭގެ ސަރަހައްދެއްގައި ހުންނަ ސްކޫލެއްގައި މީހަކު ބަޑިޖަހައި، މަދުވެގެން 10 މީހަކު މަރާލައިފި އެވެ.
ސްވިޑެންގެ މެދުތެރޭގެ ސަރަހައްދެއްގައި ހުންނަ ސްކޫލެއްގައި މީހަކު ބަޑިޖަހައި، މަދުވެގެން 10 މީހަކު މަރާލައިފި އެވެ.
ފުލުހުން ބުނީ ހަމަލާ ދިން މީހާ ވެސް މި އަމަލު ހިންގުމަށް ފަހު އަމިއްލައަށް މަރުވެފައިވާ ކަމަށެވެ.
މިއީ ސްވިޑެންގެ ތާރީހުގައި ވެސް ސްކޫލެއްގައި ބަޑިޖެހުން އެންމެ ގިނަ މީހުން މަރުވި ހާދިސާ އެވެ.
"މިއަދު ގާތްގަނޑަކަށް 10 ވަރަކަށް މީހުން މަރުވެފައިވޭ،" ހާދިސާ ހިނގި އޮރެބްރޯ ސަރަހައްދުގެ ޕޮލިސް ޗީފް ރޮބާޓޯ އީޑް ފޮރެސްޓް ނޫސްވެރިންނާ ބައްދަލުކުރައްވައި ވިދާޅުވި އެވެ. "ޒަހަމްވި މީހުންގެ އަދަދު ގިނަކަމުން އަދަދާ މެދު ޔަގީންކަމާ އެކު އެއްޗެއް ބުނެވޭކަށް ނެތް."
ޒަހަމްވި މީހުންގެ އަދަދެއް އޭނާ ވިދާޅެއް ނުވެ އެވެ.
"މިއީ ވަރަށް ހިތާމަވެރި ހާދިސާއެއް. މިއީ ވަރަށް ބިރުވެރިކަމެއް،" ފޮރެސްޓް ވިދާޅުވި އެވެ.
މަރުވި މީހުންގެ އައިޑެންޓިޓީ ނުވަތަ އުމުރާ ބެހޭ އެއްވެސް މައުލޫމާތެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ. އެއީ ޒުވާން ފުރައިގެ ބޮޑެތި މީހުންނަށް ހާއްސަ ރިސްބާގްސްކާ ކެމްޕަސްގެ ސެކަންޑަރީ ސްކޫލުގެ ދަރިވަރުން ނުވަތަ ޓީޗަރުން ކަމެއް ވެސް ފުލުހުން ހާމައެއް ނުކުރެ އެވެ.
ހަމަލާ ދިން މީހާ އަމިއްލަ ގަޔަށް ބަޑި ޖަހައިގެން މަރުވީ ކަމަށް މީޑިއާގައި ރިޕޯޓްކޮށްފައި ވިޔަސް ފުލުހުން އެކަން ވެސް އަދި ކަށަވަރުކޮށެއް ނުދެ އެވެ.
"ހަމަލާދިން ކަމަށް ޝައްކު ކުރެވޭ މީހާ އަކީ ފުލުހުންނަށް އެނގޭ މީހެއް ނޫން. އޭނާއަކީ އެއްވެސް ގޭންގަކާ ގުޅުމެއް އޮންނަ މީހެއް ވެސް ނޫން،" މިފަހަކަށް އައިސް ސްވިޑެންގައި އިތުރުވެފައިވާ ގޭންގު މާރާމާރީތަކާއި އެކަމާ ގުޅުން ހުރި ބަޑީގެ އަދި ބޮމުގެ ހަމަލާތަކަށް އިޝާރާތް ކުރައްވައި ފޮރެސްޓް ވިދާޅުވި އެވެ.
ގުރުއާން އެންދި މީހާ ގަޔަށް ބަޑިޖަހައި މަރާލައިފި
އުދައްޔުގެ މަރު:ސަލާމަތްވި މީހާގެ މައްސަލަ ހައި ކޯޓަށް
އަސީލް މަރާލި މައްސަލަ އަލުން ބަލަން އަންގައިފި
އަބްދުއްރަހްމާން މަރާލި ކަމަށް ތިން މީހަކަށް ދައުވާ
އަދުހަމް މަރަން ކުރި ހުކުމް ކަށަވަރުކުރަން ހައި ކޯޓަށް
ގާޒީ ފާއިޒްގެ ނިންމުން ބަދަލުކޮށް، ލަމްހާ ބަންދަށް
ޝެފަކު މަރާލި މައްސަލާގައި ދައުލަތުން ހައި ކޯޓަށް
ލަންކާގެ އެންމެ ނުރައްކާ އަންހެން މީހާ ހައްޔަރުކޮށްފި
މާޅޮހު މަރުގެ މައްސަލަ ޕީޖީއަށް ފޮނުވަން ތައްޔާރުވަނީ
އާޝިދުގެ ބަންދަށް އަނެއްކާ ވެސް 30 ދުވަސް