ގއ. ވިލިނގިލީ ހޮސްޕިޓަލުގެ އިހުމާލުން ދެމައިން މަރުވި މައްސަލަ ބަލަމުން އަންނަ ކަމަށާއި އެކަމުގައި ފިޔަވަޅު އަޅާނެ ކަމަށް ހެލްތު މިނިސްޓްރީން މިއަދު ބުނެފި އެވެ.
06 ފެބުރުއަރީ 2025
ގއ. ވިލިނގިލީ ހޮސްޕިޓަލުގެ އިހުމާލުން ދެމައިން މަރުވި މައްސަލަ ބަލަމުން އަންނަ ކަމަށާއި އެކަމުގައި ފިޔަވަޅު އަޅާނެ ކަމަށް ހެލްތު މިނިސްޓްރީން މިއަދު ބުނެފި އެވެ.
އެ މިނިސްޓްރީން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓުގައި ބުނީ ގއ. އަތޮޅު ހޮސްޕިޓަލުގައި ހިނގި ހިތާމަވެރި ހާދިސާއާ ގުޅިގެން ވަރަށް ބޮޑަށް ކަންބޮޑުވެ، ހިތާމަކުރާ ކަމަށެވެ.
އެކަން ހިނގައިދިޔަ ގޮތުގެ ރިވިއުއެއް ހަދަމުން އަންނަ ކަމަށާއި އޭގައި ހުރިހާ ކަމެއް ވަރަށް ތަފްސީލުކޮށް އަދި ފުންކޮށް ބަލައި، ފިޔަވަޅުތައް އަޅާނެ ކަމަށް ބުންޏެވެ.
We are deeply concerned and saddened about the tragic incident at GA. Atoll Hospital. Ministry of Health is currently reviewing the case. We will look into all details in depth and take necessary actions accordingly.
— Ministry of Health (@MoHmv) February 6, 2025
އާއިލާ އިން ތުހުމަތުކުރާ ގޮތުގައި ޝިއުނާ ތައުފީގު އަދި އޭނާގެ ތުއްތު ދަރިފުޅު ނިޔާވީ ސިޒޭރިއަނަށް ފަހު ހާލު ގޯސްވެ، މާލެ ނުގެނެވި، ފަރުވާ ލިބުން ލަސްވެގެންނެވެ. އެކަމަކު މި ތުހުމަތުތަކަށް ހޮސްޕިޓަލުން އަދި ވާހަކައެއް ނުދައްކަ އެވެ.
ބަނޑަށް 8 މަހުގައި ޝިއުނާ ކުއްލިއަކަށް ނޭވާލާން އުނދަގޫވެ، ވިލިނގިލީ ހޮސްޕިޓަލުގައި މިދިޔަ އަންގާރަ ދުވަހުގެ ރޭ ދެންވަރު 2:00 ހާއިރު އެޑްމިޓުކުރި އެވެ. އޭގެ 24 ގަޑިއިރު ނުވަނީސް އޭނާ ވަނީ ނިޔާވެފަ އެވެ.
ސިޒޭރިއަން ހަދައި ފަރުވާ ލިބުން ލަސްވެ ދެމައިން ނިޔާވެއްޖެ https://t.co/FlyYzL3uTT
— Mihaaru (@Mihaarunews) February 6, 2025
ޝިއުނާ ނިޔާވީ ބަނޑަށް އަށް މަހުގައި ސިޒޭރިއަން ހަދާފައި އިތުރު ފަރުވާ އަށް މާލެ ގެންނަން ކޫއްޑޫ އެއާޕޯޓުގެ ރަންވޭ މަތީގައި ތިއްބަ އެވެ. ދަރިފުޅު ނިޔާވީ މާލެ ގެނައި ފަހުންނެވެ.
ވިލިނގިލިން، ވާހަކަ ދެއްކި ޝިއުނާގެ އެންމެ ގާތް އެކުވެރިޔާ "މިހާރު" އަށް ބުނީ އޭނާ އެޑްމިޓުކުރީ ހާސްވެ، ނޭވާލަން އުނދަގޫވާތީ ކަމަށާއި އިއްޔެ މެންދުރު އެ ރަހުމަތްތެރިޔާ ހޮސްޕިޓަލަށް ދިޔައިރު ޝިއުނާ ހުރީ ނޭވާލަން އުނދަގޫވާތީ އެ ތަނުގައި ހުރި އެއްޗެއްގައި ހިފަހައްޓައިގެން ކަމަށެވެ.
އެޑްމިޓުކުރި ވަގުތުން ފެށިގެން އެހާ ހަމައަށް ވެސް ޝިއުނާއަށް ރަނގަޅަށް ފަރުވާ ދީފައިނުވާ ކަމަށް އާއިލާއިން ތުހުމަތުކުރެ އެވެ.
ގއ. ވިލިނގިލިން މާލެ ނުގެނެވި ލަސްވި ކުއްޖާ ނިޔާވެއްޖެ https://t.co/o9k3erwWEr
— Mihaaru (@Mihaarunews) January 20, 2024
އޭނާގެ ހާލު ސީރިއަސް ވަމުންދާތީ ސިޒޭރިއަން ހަދައިގެން ދަރިފުޅު ނަގަން، އަންހެނުންގެ ބަލިތަކުގެ ޑޮކްޓަރު ފަހުން ނިންމި އެވެ. ރަށުގައި އެ ވަގުތު ކުޑަކުދިންގެ ޑޮކްޓަރެއް ނެތުމުން ސިޒޭރިއަން ހެދީ ގދ. ތިނަދޫ ރީޖަނަލް ހޮސްޕިޓަލުން ކުޑަކުދިންގެ ޑޮކްޓަރެއް ގެންގޮސްގެންނެވެ. "އެ ހުރިހާ އިރު އެ މީހުން ކީ ފްލައިޓު އެބަ އާދެއޭ، އާސަންދަ ހަމަޖެހިއްޖެއޭ، ފްލައިޓު އަންނަނީއޭ، ފްލައިޓު އަންނަނީއޭ. އޭނާ ހަމަ ވެއްދި ހިސާބުން (އިއްޔެ ހަވީރު) 4 ޖެހިއިރުން ފެށިގެން މުޅިން އެހެން ކީ،" ރަހުމަތްތެރިޔާ ބުންޏެވެ.
އެނގިފައިވާ ގޮތުގައި، އެއާ އެމްބިއުލާންސް ގެންދަން ފުރަތަމަ ހަމަޖެއްސީ ރޭ 7:00 ހާއިރެވެ. ނަމަވެސް، ބަލި މީހާގެ ހާލަތު ސްޓޭބަލް ކަމަށް މައުލޫމާތު ދިނުމުން އެ ދަތުރު ފަހުން ކެންސަލްކުރީ އެވެ. އެކަމަކު، ހާލަތު ގޯސްވާން ފެށުމުން ފަހުން އެމްބިއުލާންސް ގެންދިޔައީ އެވެ.
ވިލިނގިލީ ހޮސްޕިޓަލްގެ އިހުމާލުން ދެމައިން ލަސްވި މަރުވި މައްސަލައެއް ބަލަން ފެށިއިރު، އެ ހޮސްޕިޓަލާ ގުޅޭ އެފަދަ އެހެން މައްސަލައެއް ވެސް މިދިޔަ އަހަރު ވަރަށް ބޮޑުވި އެވެ.
އިތުރު ފަރުވާއަށް މާލެ ގެނައުން ލަސްވުމުން ޖެނުއަރީ 20، 2024 ގައި ނިޔާވީ 13 އަހަރުގެ ފިރިހެން ކުއްޖެކެވެ.
އެ ރަށުން އޭރު ވާހަކަ ދެއްކި މީހަކު ބުނީ ކުއްޖާ ހޮސްޕިޓަލަށް ގެންދިޔައީ ހޮޑުލާތީ ކަމަށެވެ. ނަމަވެސް، އޭރު ހެދި ޓެސްޓުތަކުން ކުއްޖާގެ ބޮލުގައި ޓިއުމަރެއް އިންކަން އެނގުމުން، ފަރުވާ އަށް މާލެ ފޮނުވާލަން ނިންމީ އެވެ.
ދެމައިން މަރުވި މައްސަލާގައި އިހުތިޖާޖުކޮށްފި
ދެމައިން ނިޔާވި މައްސަލައިގެ ޖިނާއީ ތަހުގީގެއް ކުރަނީ
ކުއްޖާ ނިޔާވީ އިހުމާލަކުންތޯ ބަލަން ފަށައިފި
އަލަތު ފިރިހެން ދަރިފުޅާ އެކު އުމުރަށް ވަކިވީ!
"ހޮސްޕިޓަލަށް އިތުބާރު ލިބޭނީ ބަދަލުތައް ގެނެސްގެން"
8 މަހުގެ ކުއްޖެއްގެ ހާލު ގޯސްވި މައްސަލަ ބަލަނީ
ވިލިނގިލިން އިތުރު މީހަކު ހޯއްގޮވާ ކެއްސުމަށް ޕޮޒިޓިވް
ވިލިނގިލީ ކުއްޖާގެ މަރުގެ މައްސަލައިގެ އިންކުއަރީއެއް ހަދަނީ
ކުއްޖާ ގެނައުން ލަސްވީ ފްލައިޓަށް ދިމާވި މައްސަލައަކުން
ރައީސް އެންގެވީ ބަލި މީހުން އުފުލުން އިސްލާހުކުރަން