ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ވައްޓާލައި ހިންގި "ބަޣާވާތުން" ކުރި ހޯދީ ރައްޔިތުންގެ ބާރުވެރިކަން ދައްކައިގެން ކަމަށާއި އެގޮތުގައި އެމްޑީޕީ ދެމިއޮންނާނެ ކަމަށް އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް މިރޭ ވިދާޅުވެއްޖެ އެވެ.
07 ފެބުރުއަރީ 2025
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ވައްޓާލައި ހިންގި "ބަޣާވާތުން" ކުރި ހޯދީ ރައްޔިތުންގެ ބާރުވެރިކަން ދައްކައިގެން ކަމަށާއި އެގޮތުގައި އެމްޑީޕީ ދެމިއޮންނާނެ ކަމަށް އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް މިރޭ ވިދާޅުވެއްޖެ އެވެ.
ފުލުހުންނާއި ސިފައިން އަދި އާންމުންގެ ބަޔަކު ނުކުމެ ހިންގި ހަމަނުޖެހުންތަކުގައި ނަޝީދުގެ ވެރިކަން ވެއްޓުނުތާ މިއަދު 13 އަހަރު ފުރުމާ ގުޅުވައި އެކްސްގައި ފައްޔާޒު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ "މީގެ 13 އަހަރު ކުރިން އެމްޑީޕީގެ ފުރަތަމަ ސަރުކާރު ބަޣާވާތަކުން ވައްޓާލުމަކީ މިފަހުގެ ތާރީހެއްގައި ރާއްޖޭގެ ޑިމޮކްރަސީއަށް ދެވުނު އެންމެ ބޮޑު ހަމަލާ" ކަމަށެވެ.
އެއީ ވެރިކަމުގެ ނިޒާމާއި ދައުލަތުގެ އިދާރާތަކަށް އޮތް ރައްޔިތުންގެ އިތުބާރު ގެއްލުވާލައި ޑިމޮކްރަސީގެ ދަތުރުގައި ބޮޑެތި ގެއްލުންތަކެއް ލިބިގެންދިޔަ ދުވަހެއް ކަމަށް އޭނާ ވިދާޅުވި އެވެ.
އެ ބަޣާވާތުގެ މައްޗަށް ރައްޔިތުންގެ ކުރި ހޯދީ ބިރުވެރި މާހައުލެއްގައި އެތައް ބަޔަކު ކުރި ހިތްވަރުގަދަ މަސައްކަތުން ކަމަށާއި ރައްޔިތުންގެ ބާރުވެރިކަން ކަށަވަރު ކުރުމުގެ މަސައްކަތުގައި ދެގޮތެއް ނުވެ އެމްޑީޕީ ދެމި އޮންނާނެ ކަމަށް ފައްޔާޒު ވިދާޅުވި އެވެ.
ފައްޔާޒު ކުރެއްވި ޕޯސްޓް ނަޝީދު ވެސް މިރޭ ވަނީ ރީޕޯސްޓް ކުރައްވައިފަ އެވެ.
ނަޝީދުގެ ވެރިކަން ވައްޓާލީ ބަޣާވާތަކުން ކަމަށް ބުނެ އެމްޑީޕީން މާލެ އާއި މުޅި ރާއްޖޭގައި ބޮޑެތި މުޒާހަރާތަކެއް ކޮށް، އެ މުޒާހަރާތަކާ އެކު ބޮޑެތި ހަމަނުޖެހުންތައް ހިނގާފައިވެ އެވެ.
ފެބްރުއަރީ 7، 2012 ގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން ނަޝީދު އިސްތިއުފާ ދެއްވިއިރު، އޭރު ނައިބު ރައީސްގެ ގޮތުގައި ހުންނެވި ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ރައީސް ކަމުގެ ހުވާ އެ ދުވަހު ކުރެއްވި އެވެ. އެއީ ބަޣާވާތެއް ކަމަށް ބުނެ އެމްޑީޕީން ވަރުގަދަ މުޒާހަރާތަކެއް ކުރި އެވެ. އެކަމަކު ވެރިކަން ވެއްޓުނު ގޮތް ބެލުމަށް ހެދި ކޮމިޝަން އޮފް ނެޝަނަލް އިންކުއަރީ (ކޯނީ) އިން ނިންމީ އެއީ ބަޣާވާތެއް ނޫން ކަމަށެވެ.
"ދެވަނަ ބުރުގައި ނަޝީދާއެކު ނުފެންނަ ގޮތެއް ނުފެނޭ"
"ބިރުދެއްކެވިޔަސް ނަޝީދު އެމްޑީޕީ ރޫޅާލިޔަކަ ނުދޭނަން"
ކާމިޔާބީއަކީ ވަކި މީހަކަށްވުރެ ޕާޓީ ބޮޑުވުން: ފައްޔާޒް
ނަޝީދު އެމްޑީޕީން ވަކިވުމަކީ ހިތާމައެއް: ފައްޔާޒު
"ނަޝީދު އިން ފަހަނައެޅިއިރު ކެތްތެރިވީ މަސްލަހަތަށް"
ނަޝީދުގެ ފެކްޝަންގެ މަސައްކަތަށް އާދަމް ޝަރީފުގެ ޝުކުރު
އެންޓި ކެމްޕޭނުގެ ތުހުމަތާ އެކު ފައްޔާޒުގެ އިންޒާރެއް
ރައީސް ނަޝީދު ބާކީނުވެ ގުޅިވަޑައިގަންނަވާ: ފައްޔާޒް
އިންތިހާބާ ގުޅޭގޮތުން ރައީސާ ކުރާނެ މަޝްވަރާއެއް ނެތް
ކުރީގެ އަނިޔާތައް އެއް ބަޔަކު ހަނދާނެއް ނެތް:ފައްޔާޒް