ކުރީގެ ރައީސް ޖޯ ބައިޑެންގެ ސެކިއުރިޓީ ކްލިއަރެންސް ބާތިލްކުރަން ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމަވައި އެކަން ވަގުތުން ތަންފީޒުކުރަން ފަށައިފި އެވެ.
ކުރީގެ ރައީސް ޖޯ ބައިޑެންގެ ސެކިއުރިޓީ ކްލިއަރެންސް ބާތިލްކުރަން ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމަވައި އެކަން ވަގުތުން ތަންފީޒުކުރަން ފަށައިފި އެވެ.
ސެކިއުރިޓީ ކްލިއަރެންސަކީ ވެރިކަމުގެ ދައުރު ހަމަވުމަށް ފަހު ވެސް އިންޓެލިޖެންސް މައުލޫމާތުގެ ބްރީފިންތައް ލިބޭ ގޮތަށް ހަމަޖައްސާ އިންތިޒާމެކެވެ. އެހެންވެ، ޓްރަމްޕުގެ މި ނިންމެވުމާ އެކު ދެން ބައިޑެން އަށް އެ މައުލޫމާތެއް ނުލިބޭނެ އެވެ.
"ސިއްރު އެ މައުލޫމާތު ބައިޑެން އަށް ލިބިލިބި ހުރުމުގެ އެއްވެސް ބޭނުމެއް މިހާރަކު ނޯންނާނެ،" ޓްރަމްޕް އޭނާގެ ސޯޝަލް މީޑިއާ ޕްލެފޯމް ޓްރޫތުގައި ލިޔުއްވާފައިވެ އެވެ.
"އެހެންވެ، ޖޯ ބައިޑެންގެ ސެކިއުރިޓީ ކްލިއަރެންސް ވަގުތުން މި ހުއްޓާލަނީ އަދި ކޮންމެ ދުވަހަކު އޮންނަ އިންޓެލިޖެންސް ބްރީފިންތައް ވެސް ހުއްޓާލަނީ."
ކުރީގެ ރިއަލިޓީ ޓީވީ ޝޯ "ދަ އެޕްރެންޓިސް" ހުށަހެޅި ޓްރަމްޕް އޭނާގެ އެ ޝޯގައި މަޝްހޫރުވި އިބާރާތް ބޭނުންކުރައްވައި، ކެޕިޓަލް އަކުރުން ވަނީ "ޖޯ، ޔޫ އާ ފަޔާޑް" ކަމަށް ވެސް ލިޔުއްވައިފަ އެވެ.
އެމެރިކާގެ ރައީސުން މަގާމުން ވަކިވުމަށް ފަހު ވެސް އިންޓެލިޖެންސް ބްރީފިންތައް ލިބުމުގެ ހައްގު ދިނުމަކީ އާންމު އުސޫލެވެ.
މި ފިޔަވަޅު އަޅުއްވަނީ ބައިޑެން ވެސް 2020 ވަނަ އަހަރު އިންތިހާބު ކާމިޔާބުކުރައްވައި، ވެރިކަމާ ހަވާލުވެ ވަޑައިގަތުމަށް ފަހު ޓްރަމްޕަށް ސެކިއުރިޓީ ކްލިއަރެންސް އުވާލާފައި ވާތީ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ. ބައިޑެން އޭރު އެ ފިޔަވަޅު އެޅުއްވީ ގާނޫނު ހަދާ މަޖިލީހަށް ޓްރަމްޕުގެ ތާއީދާ އެކު ބަޔަކު ވަދެ ހިންގި ބޮޑެތި ހަމަނުންތަކާއި ޓްރަމްޕުގެ އޭރުގެ އަމަލުތައް ހުރި ގޮތުން ކަމަށް ވިދާޅުވެ އެވެ.
ޓްރަމްޕް ވިދާޅުވީ އުމުރުން 82 އަހަރުގެ ބައިޑެންގެ "ހަނދާން ބަލި" ކަމުގެ މައްސަލަ ވަރަށް ބޮޑު ކަމަށް ސިއްރު ލިޔުންތަކުން ފެންނަން އެބަހުރި ކަމަށާއި އެހެންވެ ބައިޑެން އަށް އިންޓެލިޖެންސް މައުލޫމާތު ހިއްސާކުރުމަށް މިހާރު އިތުބާރު ނުކުރެވޭ ކަމަށެވެ.
މަހުޖަނުންގެ ނުފޫޒުން ގައުމު ސަލާމަތްކުރާތި: ބައިޑެން
ބަދަލުހިފުމެއް ނެތި ޓްރަމްޕަށް ބައިޑެން ދެއްކެވީ ނަމޫނާ
"އިންތިހާބުން ވަކިވީ ޒުވާން ޖީލަށް ފުރުސަތު ދޭން"
ބައިޑެންގެ ވެރިކަމުގެ ފަހު ވަގުތު ދަރިފުޅަށް މާފު ދީފި
ހުވާކުރާ ރަސްމިއްޔާތަށް ބައިޑެން ވަޑައިގަންނަވާނެ
ބައިޑެންއާ ދެކޮޅު އަޑު ގަދަވިޔަސް ކެމްޕެއިން ކުރިއަށް
ބަހުސަށް އެރީ ބަލިވެ އުޅެމުން: ބައިޑެން
ބައިޑެންގެ އަމިއްލަ އޮފީހުން ސިއްރު ލިޔުންތަކެއް
އެމެރިކާގެ ޑިމޮކްރެސީ އޮތީ ނުރައްކަލުގެ ތެރޭގައި
ބައިޑެންއަކީ ގައުމުގެ އަދުއްވެއް: ޓްރަމްޕު