ފުވައްމުލަކުގައި ޑޮލަރު އޭޓީއެމްގެ ހިދުމަތް ބީއެމްއެލް އިން މިއަދު ފަށައިފި އެވެ.
ފުވައްމުލަކުގައި ޑޮލަރު އޭޓީއެމްގެ ހިދުމަތް ބީއެމްއެލް އިން މިއަދު ފަށައިފި އެވެ.
އެ ހިދުމަތް ފެށީ ރައީސް ޑރ. މުހައްމަދު މުއިއްޒު ފުވައްމުލަކަށް މިއަދު ހަވީރު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ބޭއްވި ރަސްމިއްޔާތެއްގަ އެވެ. ޑޮލަރުގެ ހިދުމަތް ރަސްމީކޮށް ފައްޓަވައި ދެއްވީ ރައީސް އެވެ.
އެ ރަސްމިއްޔާތުގައި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ، ފުވައްމުލަކުގައި ޑޮލަރު އޭޓީއެމްގެ ހިދުމަތް ގާއިމް ކުރުމަކީ ވަރަށް ބޮޑަށް އުފާކުރައްވާ ކަމެއް ކަމަށެވެ.
"މި އޭޓީއެމާ އެކު މި ސިޓީގެ ފަރުދުންނާއި ވިޔަފާރިތަކަށް ވެސް ބޭރު ފައިސާ ލިބުމަށް ފަސޭހަވެ، ފުވައްމުލަކުގެ އިގްތިސާދަށް އިތުރު ކުރިއެރުން ގެނެސްދޭނެ،" އޭނާ ވިދާޅުވި އެވެ.
ފުވައްމުލަކުގައި ޑޮލަރު އޭޓީއެމްގެ ހިދުމަތް ގާއިމްކޮށްފައިވާ އިމާރާތް.---ފޮޓޯ: ބީއެމްއެލް
މިއަދުގެ ރަސްމިއްޔާތުގައި ބީއެމްއެލްގެ އެމްޑީ ޝަރީފުގެ އިތުރުން އެ ބޭންކުގެ ޗެއާޕާސަން އަހުމަދު އަލީ ހަބީބާއި އެހެން ބައެއް އިސްވެރިން ބައިވެރިވެވަޑައިގަތެވެ.
ބީއެމްއެލް އިން ބުނީ، މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގައާ އެކު، 20 އަތޮޅުގައި 42 ބްރާންޗާއި 202 ސެލްފްސާވިސް ބޭންކިން ސެންޓަރު އަދި 260 އޭޓީއެމްގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތް ގާއިމްކޮށް، އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ.
"ބީއެމްއެލް އިން އެންމެންގެ ހައްގު ހިމާޔަތްކޮށްދޭނެ"
ބީއެމްއެލް ކްރެޑިޓް ކާޑުތަކުގެ ލިމިޓްތައް ބޮޑުކުރަނީ
ޑެބިޓް ކާޑުން ކެނޑޭ ވަރު 1،000 އަށް މަތިކުރަނީ
ބ. އަތޮޅުގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ހިދުމަތް
ރޯދަމަހު އުމްރާވެރިންނަށް އެއް މިލިއަން ޑޮލަރު ދޫކުރި
ބީއެމްއެލްގެ ކާމިޔާބީގައި އައްޑުއަކީ މުހިންމު ތަނެއް
ބީއެމްއެލްގެ ދައުރު ފުޅާކުރުމަށް ވާގިވެރިވާނެ:ސަރުކާރު
ދަރިވަރުންގެ ޑޮލަރު ލިމިޓް 1،200 އަށް ބޮޑުކޮށްފި
އިއްޔެ ކުރަން އުޅުނީ ސީދާ ބަޣާވާތެއް: ރައީސް
"ކާޑު ލިމިޓު ބޮޑުކުރަނީ މަރުހަލާތަކަކަށް ބަހާލައިގެން"