Roadha Mihaaru

ޒެލެންސްކީއަކީ އިންތިހާބަކާ ނުލައި ވެރިކަންކުރާ ޑިކްޓޭޓަރެއް ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

ރަޝިޔާ އާއި ޔުކްރެއިންއާ ދެމެދު ކުރަމުންދާ ހަނގުރާމަ ހުއްޓުމަކަށް ގެނައުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަސައްކަތްކުރައްވާ ގޮތުުން ޔުކްރެއިންގެ ނުރުހުން އަމާޒުވެ ބަހުގެ ހަމަލާތައް އިތުރުވެފައި ވަނިކޮށް ޔޫކްރެއިންގެ ލީޑަރު ވޮލޮޑިމީރް ޒެލެންސްކީ އަކީ ޑިކްޓޭޓަރެއް ކަމަށް ސިފަކުރައްވައި ޓްރަމްޕް ވާހަކަ ދައްކަވައިފި އެވެ.

ޒެލެންސްކީއަކީ ޑިކްޓޭޓަރެއް ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

ރަޝިޔާ އާއި ޔުކްރެއިންއާ ދެމެދު ކުރަމުންދާ ހަނގުރާމަ ހުއްޓުމަކަށް ގެނައުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަސައްކަތްކުރައްވާ ގޮތުުން ޔުކްރެއިންގެ ނުރުހުން އަމާޒުވެ ބަހުގެ ހަމަލާތައް އިތުރުވެފައި ވަނިކޮށް ޔޫކްރެއިންގެ ލީޑަރު ވޮލޮޑިމީރް ޒެލެންސްކީ އަކީ ޑިކްޓޭޓަރެއް ކަމަށް ސިފަކުރައްވައި ޓްރަމްޕް ވާހަކަ ދައްކަވައިފި އެވެ.

އެމެރިކާއިން ޔޫކްރެއިނަށް ބޭނުންވާ ފައިސާ އާއި ހަތިޔާރު ފޯރުކޮށްދެމުން އައި ނަމަވެސް ޓްރަމްޕް ވަނީ އަލުން ވެރިކަމަށް ވަޑައިގަތުމަށް ފަހު ސިޔާސަތު ބަދަލުކުރައްވައި ރަޝިޔާއާ އެކު މަޝްވަރާތައް ފައްޓަވައިފަ އެވެ. މިއީ ތިން އަހަރުވީ ހަނގުރާމަ ނިމުމަކަށް ގެނައުމަށް ކުރާ މަސައްކަތުގައި ޔުކްރެއިން ބާކީކުރުން ކަމަށް ވިދާޅުވެ ޒެލެންސްކީ ވަނީ ވާހަކަ ދައްކަވައިފަ އެވެ.

"އިންތިހާބަކާ ނުލައި ވެރިކަމުގައި ހުރި ޑިކްޓޭޓަރެއް، ޒެލެންސްކީއަށް އެންމެ ރަނގަޅުވަނީ މިކަމުގައި އަވަހަށް ގޮތެއް ނިންމުން. އެހެން ނޫނީ އެއްވެސް ގައުމެއް ނޯންނާނެ،" ޓްރްމަޕް އޭނާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް ޓްރޫތުގައި ލިޔުއްވާފައިވެ އެވެ.

ފަސް އަހަރުގެ ދައުރަކަށް 2019 ވަނަ އަހަރު ހޮވިވަޑައިގެންނެވި ޒެލެންސްކީ މިހާރު ވެރިކަމުގައި ހުންނަވަނީ ހަނގުރާމައާ އެކު އިއުލާނުކުރި މާޝަލް ލޯގެ ދަށުންނެވެ.

ޓްރަމްޕް ޒެލެންސްކީއަށް ރައްދު ދެއްވައި ވިދާޅުވީ އޭނާ އިންތިހާބެއް ބޭއްވުމަށް ދެކޮޅު ހައްދަވާ ކަމަށާއި ޔޫކްރެއިންގެ ޕޯލްތަކުގައި ޒެލެންސްކީއަށް ތާއީދު ކުޑަ ކަމަށެވެ. ޒެލެންސްކީ އެންމެ މޮޅަށް ކުރެއްވީ ކަމަށާއި އެމެރިކާގެ ކުރީގެ ރައީސް ޖޯ ބައިޑެން މޮޔަ ހައްދައިގެން ގެންގުޅުއްވުން ކަމަށް ވެސް ވިދާޅުވި އެވެ.

"ރަޝިއާއާ އެކު ހިނގަމުންދާ ހަނގުރާމަ ނިމުމަކަށް ގެނައުމަށް ކާމިޔާބުކަމާ އެކު މަޝްވަރާ ކުރަމުން މިހާރު މި ދަނީ، އެންމެން ވެސް ގަބޫލުކުރާ ކަމަކީ މިއީ ހަމައެކަނި ޓްރަމްޕާއި ޓްރަމްޕްގެ ސަރުކާރަށް ކުރެވޭނެ ކަމެކޭ."

ޒެލެންސްކީގެ މަގުބޫލުކަން ދަށަށް ގޮސްފައިވާއިރު، ހަމަނުޖެހުން ފެށުނު ފަހުން އޭނާއަށް އިތުބާރުކުރާ ޔޫކްރެއިންގެ މީހުންގެ ނިސްބަތް 50 ޕަސެންޓަށްވުރެ ދަށަށް ގޮސްފައި ނުވާކަމަށް ކިއޭވް އިންޓަނޭޝަނަލް އިންސްޓިޓިއުޓް އޮފް ސޯޝިއޮލޮޖީ (ކޭއައިއައިއެސް) އިން ބުނެ އެވެ.

ހަނގުރާމައާ ގުޅޭ ގޮތުން ޓްރަމްޕް އަދި ޔުކްރެއިނާ ވާހަކަ ދައްކާފައި ނުވާއިރު އޭނާ ވަނީ ޕްރެސް ކޮންފަރެންސެއް ބާއްވަވައި ޔުކްރެއިނަށް ވަރުގަދަ ހަމަލާތަކެއް ދެއްވައިފަ އެވެ. އެ ޕްރެސްގައި، އިސްވެ ހަނގުރާމަ ފެށި ގައުމަކީ ވެސް ޔުކްރެއިން ކަމަށް ޓްރަމްޕް ވިދާޅުވުމުން ޔޫރަޕްގެ ގައުމުތަކުން ވަނީ އެ ވާހަކަ ކުށްވެރިކޮށް ވާހަކަ ދައްކައިފަ އެވެ.