ސިފައިންނަށް ބޯހިޔާވަހިކަން ފޯރުކޮށްދޭން ސިފައިންގެ ކޯޕަރޭޓިވް (ސިފްކޯ) އިން ހިންގި 300 ފްލެޓް މަޝްރޫއުގެ އޮޑިޓެއް ހަދައިދޭން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީން އޮޑިޓާ ޖެނަރަލަށް އަންގައިފި އެވެ.
13 ފެބުރުއަރީ 2025
ސިފައިންނަށް ބޯހިޔާވަހިކަން ފޯރުކޮށްދޭން ސިފައިންގެ ކޯޕަރޭޓިވް (ސިފްކޯ) އިން ހިންގި 300 ފްލެޓް މަޝްރޫއުގެ އޮޑިޓެއް ހަދައިދޭން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީން އޮޑިޓާ ޖެނަރަލަށް އަންގައިފި އެވެ.
އޮޑިޓާ ޖެނެރަލް ހުސައިން ނިޔާޒީއަށް މަޖިލީހުން އިއްޔެ ފޮނުއްވި ސިޓީއެއްގައި ބުނީ ސިފްކޯ ފްލެޓް މަޝްރޫއަށް އެ ކުންފުންޏަށް އެކި ފަރާތްތަކުން ލިބިފައިވާ ފައިސާ އާއި މުޅި މަޝްރޫއުއަށް ސިފްކޯ އާއި ސަރުކާރުން ކޮށްފައިވާ ހަރަދުތަކާއި ނުދައްކާ ހުރި ބިލުތަކާއި މަޝްރޫއުގެ ކޮންޓްރެކްޓަރުންނާއި ސަބް ކޮންޓްރެކްޓަރުންނަށް ދައްކާފައިވާ ފައިސާ އާއި މަޝްރޫއު ކުރިއަށް ގޮސްފައިވާ ގޮތް ހިމެނޭ ހާއްސަ އޮޑިޓެއް ހެދުމަށް މަޖިލީހުގެ މާލިއްޔަތު ކޮމިޓީން އެދޭ ކަމަށެވެ.
މަޖިލީހުން ވަނީ އޮޑިޓުގެ މަސައްކަތް ނިންމައި، އެ ރިޕޯޓުތައް ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ފޮނުވޭނެ ތާރީހެއް އަންނަ އާދިއްތަ ދުވަހުގެ 12:00 ގެ ކުރިން މަޖިލީހަށް އަންގައިދިނުމަށް އެދިފަ އެވެ.
ސިފްކޯގެ ފްލެޓް މަޝްރޫއުގެ އޮޑިޓެއް ހަދައިދޭން މަޖިލީހުން އޭޖީ އޮފީހުގައި އެދުނުއިރު ފުލުހުންގެ ވެލްފެއާ ކުންފުނި ޕޮލްކޯއިން "ބްލޫ ހައުސިން" އާ ގުޅޭގޮތުން އޮޑިޓް އޮފީހުން މިދިޔަ މަހު ނެރުނު ރިޕޯޓުގައި ވަނީ ގިނަ މައްސަލަތަކެއް ފާހަގަކޮށްފަ އެވެ. އެ އޮޑިޓުގެ ރިޕޯޓު މާލިއްޔަތު ކޮމިޓީން ދަނީ ދިރާސާ ކުރަމުންނެވެ.
އެ ރިޕޯޓާ ގުޅިގެން މި ހަފްތާގައި އޮޑިޓު އޮފީހުގެ އިސް ބޭފުޅުން ވެސް ކޮމިޓީއަށް ހާޒިރުކޮށްފައިވެ އެވެ. އެ ބައްދަލުވުމުގައި ވެސް މެމްބަރުން ވަނީ ޕޮލްކޯ ފްލެޓުތަކާއި ސިފްކޯގެ ފްލެޓްތަކަކީ ދާދި އެއްކޮށް ފެށި މަޝްރޫއުއެއް ކަމަށާއި ސިފްކޯ ފްލެޓުތައް ވެސް ނުނިމި ދިގުލައިގެން ދިޔަކަން ފާހަގަކޮށް، އެކަމާ ގުޅޭ އޮޑިޓެއް ހަދަންޖެހޭކަން ފާހަގަކޮށްފަ އެވެ.
ސިފައިންގެ "ސިފްކޯ ހިޔާ"ގެ ބިންގާ އެޅީ ނޮވެމްބަރު 26، 2014 ގަ އެވެ. މަސައްކަތް ނިންމަން ޖެހޭ ސުންގަޑިއަކީ 18 މަސް ކަމަށް އޭރު ކަނޑައެޅިޔަސް ކޮންޓްރެކްޓަރުގެ އެކިއެކި މައްސަލަތައް ކުރިމަތިވެ، އެ ކަމެއް ނުވި އެވެ. އެހެންވެ، ފަހުން އެ މަސައްކަތް ހަވާލުކުރީ ޗައިނާގެ "ދަ ޓްވެންޓީ ތާޑް މެޓަލުޖިކަލް ކޮންސްޓްރަކްޝަން ގްރޫޕް" އަށެވެ.
ނުވަ އަހަަރަށް ވުރެ ދިގު މުއްދަތެއް ނެގި އެ މަޝްރޫއުގެ ދަށުން ތިން ޓަވަރުގައި 345 އެޕާޓްމަންޓު އެޅި އެވެ. އެ ފްލެޓްތަކުގެ މަސައްކަތް އެއްކޮށް ނިންމައި މިދިޔަ އަހަރު އެތަނުގައި ސިފައިން ވަނީ ދިރިއުޅެން ފަށައިފަ އެވެ.
ފޮލްކޯ ފްލެޓުތަކާ ގުޅޭ އޮޑިޓު ރިޕޯޓުގައިވާ ގޮތުން އެތަން އިމާރާތްކުރަން ބިލިއަނަށް ވުރެ ގިނަ ރުފިޔާ ހޭދަކުރި އެވެ. އެއީ މަޝްރޫއުގެ އަސްލު އަގަށް ވުރެ ދެ ގުނަ ބޮޑު އަދަދެއް ކަމަށާއި އެ އެ މަޝްރޫއުއާ ގުޅޭ އެކި އެއްބަސްވުންތައް ހެދީ ވަކި ބަޔަކަށް ނާޖާއިޒު ފައިދާ ހޯދައިދޭން ކަމަށް ބެލެވޭ ކަމަށް އެ ރިޕޯޓުގައިވެ އެވެ.
އެހެންވެ، އެކަމުގައި ޝާމިލުވާ މީހުން ހޯދައި ފިޔަވަޅު އަޅަން ވަނީ އަންގައިފަ އެވެ.
އަވަސް މައްސަލައެއްގެ ގޮތުގައި އެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނުން ވެސް މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.
ޕޮލިސް ފްލެޓް މައްސަލަ: ޕޮލްކޯގައި ލިޔުންތައް ނެތް!
ޕީއެސްއެމްގެ ހިޔާނާތުގެ މައްސަލަ ބަލަން އޭސީސީ އަށް
މުއައްސަސާތަކަށް "ވާކަމެއް ހަރާން"، ކީއްވެ؟
ފެނަކަ: ހިޔާނާތުން ހުލިކުރިއިރު ތިބީ ބަލަހައްޓައިގެން!
ކުރިން ނުފޫޒު، މިފަހަރު ނަތީޖާ ނުނެރެވި ހުސްކަމެއް!
މައްސަލަތައް ނުބެލުނީ މި ކޮމިޝަނަކަށް ނޫން: އޭސީސީ
އޭސީސީން ފޮނުވާ މައްސަލަތައް ޕީޖީ އޮފީހުގައި 3 މަސް!
އޭސީސީ ލަސް، ދައުވާކުރަން ފޮނުވީ 1ޕަސެންޓަށް: އޮޑިޓް
ކުންފުނި ހޮވީ ވަޒީރާއި މާލީ ޒިންމާދާރުވެރިޔާގެ މައުލޫމާތަށް
ހެލްތުގެ ޚިޔާނާތް: އޭސީސީން ޕީޖީ އޮފީހާ މަޝްވަރާކޮށްފި