ފެނަކަ ކޯޕަރޭޝަނުގެ ދަރަނި 2023 ވަނަ އަހަރު ނިމުނުއިރު ނުވަތަ އެމްޑީޕީގެ ސަރުކާރުގެ ފަސް އަހަރުގެ ތެރޭގައި 379 ޕަސެންޓް އިތުރުވެފައިވާ ކަމަށާއި އެއީ އެ ކުންފުންޏަށް ލިބުނު އާމްދަނީ އާއި ޓެރިފްލޮސްގެ ގޮތުގައި ދައުލަތުން ދިން ފައިސާ އިން ފޫނުބެއްދިގެން ވީ ގޮތެއް ނޫން ކަމަށް އޮޑިޓަ ޖެނެރަލްގެ އޮފީހުން ބުނެފި އެވެ.
26 ސެޕްޓެމްބަރ 2025
ފެނަކަ ކޯޕަރޭޝަނުގެ ދަރަނި 2023 ވަނަ އަހަރު ނިމުނުއިރު ނުވަތަ އެމްޑީޕީގެ ސަރުކާރުގެ ފަސް އަހަރުގެ ތެރޭގައި 379 ޕަސެންޓް އިތުރުވެފައިވާ ކަމަށާއި އެއީ އެ ކުންފުންޏަށް ލިބުނު އާމްދަނީ އާއި ޓެރިފްލޮސްގެ ގޮތުގައި ދައުލަތުން ދިން ފައިސާ އިން ފޫނުބެއްދިގެން ވީ ގޮތެއް ނޫން ކަމަށް އޮޑިޓަ ޖެނެރަލްގެ އޮފީހުން ބުނެފި އެވެ.
އޮޑިޓާ ޖެނެރަލް ހުސައިން ނިޔާޒީ ރޭގެ 12 ޖަހާކަންހާއިރު އާންމު ކުރެއްވީ އޮޑިޓް ރިޕޯޓުގައިވާ ގޮތުން ފެނަކައިގެ މާލީ ހާލަތު މިހާރު އޮތް ވަރަށް ގޯސްވީ މުދަލާއި ހިދުމަތް ހޯދުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކޮށްފައިވާ ގިނަ މުއާމަލާތްތަކެއްގެ ނަތީޖާއެއްގެ ގޮތުންނެވެ. އެ މުއްދަތުގެ ތެރޭގައި އެ ކޯޕަރޭޝަނުން، މާލީ ހާލަތާ ނުބައްދަލު، އަދި އެ ވަގުތަށް މުހިންމު ނޫން ބޮޑެތި ހަރަދުތައް ކޮށްފައިވާ ކަމަށް ވެސް އެ ރިޕޯޓްގައި ބުންޏެވެ.
"ފެނަކަ ކޯޕަރޭޝަނުގެ މާލީ ހާލަތު 2019 ވަނަ އަހަރުން ފެށިގެން، އަހަރުން އަހަރަށް ގޯސްވެ، ކުންފުނިން އެކި ފަރާތްތަަކަށް ދައްކަން ޖެހޭ ފައިސާ ނުދެއްކި، ދަރަނި އިތުރުވެގެން ގޮސްފައި ވަނީ ކުންފުންޏަށް އާމްދަނީގެ ގޮތުގައި ލިބިފައިވާ ފައިސާ އާއި ޓެރިފް ލޮސްގެ ގޮތުގައި ދައުލަތުން ދޫކުރާ ފައިސާ އިން ކުންފުނި ހިންގުމަށް ކުރަން ޖެހޭ ހަރަދުތައް ފޫނުބެއްދޭތީ ނޫން ކަމާއި ނަމަވެސް ކުންފުނީގެ މެނޭޖްމަންޓާއި މާލީ ކަންކަން ބެލެހެއްޓުމުގެ ޒިންމާ އަދާކުރަން ޖެހޭ ފަރާތްތަކުން ރޭވުންތެރިކަމާ ޒިންމާދާރު ކަމެއް ނެތި، ކުންފުނީގެ މާލީ ހާލަތާއި ލިބޭ އާމްދަނީއާ ނުބައްދަލު، އެ ވަގުތަށް މުހިއްމު ނޫން ބޮޑެތި ހަރަދުތައް އެއްފަހަރާ ކުރުމުގެ ސަބަބުންނާއި ކުންފުނީގެ މުދަލާއި ހިދުމަތް ހޯދުމުގެ ކަންކަމުގައި [ހިންގި] ކޮރަޕްޝަނަށް މަގުފަހިވާ މުއާމަލާތްތަކެއްގެ ސީދާ ނަތީޖާ ކަމުގައި ފާހަގަކުރެވުން،" އޮޑިޓް ރިޕޯޓްގައި ވެ އެވެ.
Fenaka Corporation Limited - Procurement and Financial Management - Special Audithttps://t.co/zvCb6XNYY7 pic.twitter.com/4wma60wcp5
— AGO (@AuditMV) September 25, 2025
އެހެންވެ، ފެނަކަ މިހާރު ވެއްޓިފައި އޮތް މާލީ ހާލަތަކީ މެދުވެރިވި ހާލަތެއް ނޫން ކަމަށާއި އެއީ ކުރިމަތިކުރި ހާލަތެއް ކަމަށް ބެލުމުގެ ފުރުސަތު އެބައޮތް ކަމަށް ވެސް އޮޑިޓާ ޖެނެރަލް ވިދާޅުވި އެވެ.
އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވާ ގޮތުގައި ފެނަކަ ކޯޕަރޭޝަނުން އާ އިންޖީނުގެތަކާއި އޮފީސް އިމާރާތްތައް އަޅަން 2023 ވަނަ އަހަރު ނިމުނު އިރު، ކޮށްފައިވާ ހަރަދާއި ނުނިމި ހުރި މަސައްކަތަށް ދޭން ޖެހޭ ފައިސާ އެއްކޮށްލުމުން، އެ ޕްރޮޖެކްޓްތަކަށް، މާކެޓް ރޭޓަށް ވުރެ އިތުރަށް 767.3 މިލިޔަން ރުފިޔާ ހަރަދު ވެ އެވެ.
ރިޕޯޓްގައި ފާހަގަކޮށްފައިވާ، ބޮޑު އަނެއް ގެއްލުމަކީ ފެނަކަ އަށް ޖަނަރޭޓަރާއި ކޭބަލް އަދި ޓްރާންސްފޯމަރު ގަންނަން ހެދި އެއްބަސްވުންތަކުން، އެ ތަކެތި ހޯދަން ހަގީގަތުގައި ހޭދަވާނެ ފައިސާ އަށް ވުރެ އިތުރަށް 287 މިލިޔަން ރުފިޔާ ހަރަދުކޮށްފައިވާ ކަމެވެ.
އެގޮތަށް ހަރަދު ކޮށްގެން އާ ޖަނަރޭޓަރުތަކުގެ ނަމުގައި ގެނެސްފައި ހުރީ މަރާމާތު ކޮށްފައިވާ ބާ ޖަނަރޭޓަރުތައް ކަމަށް ވެސް އޮޑިޓް ރިޕޯޓްގައި ބުންޏެވެ.
ފެނަކައިން ފައިސާ ހަރަދުކުރި ގާތްގަނޑަކަށް ހުރިހާ ދާއިރާއެއްގައި ވެސް ކޮރަޕްޝަނުގެ ތެރެއިން އެތައް ސަތޭކަ މިލިޔަން ރުފިޔާއެއް ގެއްލިފައިވާ ކަން އެ ރިޕޯޓުން އެނގެ އެވެ.
ފެނަކައަށް 112 މިލިއަންގެ އަޑީތެޔޮ ގަތީ ބިޑް ނުކޮށް
އައްޑޫ ފެނަކައަށް މީހުން ނެގީ އައިޑީކާޑަށް ބަލައިގެން!
ފެނަކައިން ތެޔޮ ގަތުމުގައި ވެސް ބޮޑެތި ކޮރަޕްޝަންތަކެއް
ފެނަކައިގެ ޑޮލަރު މުއާމަލާތުން ދައުލަތަށް ގެއްލުން!
"ހަރަދު ކުޑަކުރުން އިބިލީހުގެ ކައިވެންޏަށް ވެއްޖެ"
ފެނަކައިގެ ޒިންމާ ފިނޭންސާއި ޕީސީބީން ނަގަންޖެހޭ!
ފެނަކަ ހުލިކޮށްލާއިރު ވެސް ތިބެނީ ބަލަހައްޓައިގެން!
ކޮރަޕްޝަންތައް ފަޅާއެރުމުން ސައީދަށް ގޯސްވީ ރިޕޯޓް
ސައީދުގެ އާއިލީ ކުންފުނިތަކަށް 92 ކޮންޓްރެކްޓް
ފެނަކައިން 1.3 ބިލިއަން ހަރަދުކުރީ އުސޫލާ ހިލާފަށް