13 ޖޫން 2022
އެމެރިކާގެ ޕެންސެލްވޭނިއާގައި ފޮނި ކާތަކެތި އުފައްދާ ފެކްޓަރީއެއްގައި ހުރި ޗޮކޮލެޓް ޓޭންކަކަށް ވެއްޓުނު ދެ މީހުން ސަލާމަތްކޮށްފި އެވެ.
އެމެރިކާގެ ޕެންސެލްވޭނިއާގައި ފޮނި ކާތަކެތި އުފައްދާ ފެކްޓަރީއެއްގައި ހުރި ޗޮކޮލެޓް ޓޭންކަކަށް ވެއްޓުނު ދެ މީހުން ސަލާމަތްކޮށްފި އެވެ.
މަޝްހޫރު "މާސް"، "ސްނީކާސް" އަދި ޓުވިކްސް" ޗޮކޮލެޓް އުފައްދާ، މާސް އިންކް ފެކްޓަރީގައި ހުރި ބޮޑު ޗޮކޮލެޓް ޓޭންކަކަށް އެ ދެ މީހުން ވެއްޓުނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.
މީޑިއާ ރިޕޯތައް ބުނި ގޮތުގައި، އެ މީހުންގެ ފުރާނަ ފަސޭހައިން ސަލާމަތްވީ އެ ޓޭންކުގައި އެމީހުންގެ އުނަގަނޑާ ހަމަ އަށް ޗޮކޮލެޓް ހުރުމުންނެވެ. އެއަށް ވުރެ އުސްކޮށް ހުރި ނަމަ، އެމީހުންގެ ފުރާނަ އަށް ނުރައްކާވީހެވެ.
އެއްވެސް އަނިޔާއެއް ނުވެ އެ މީހުން ސަލާމަތްވިޔަސް، ޗޮކޮލެޓްތަކުގައި ތަތްވެ، އެ މީހުންނަށް އަމިއްލަ އަށް ޓޭންކުން މައްޗަށް ނޭރުނު ކަމަށް ރިޕޯޓްތައް ބުންޏެވެ. އަދި މީހުން އެ ޓޭންކު ތެރޭގައި ގަޑިއިރަކަށް ވުރެ ގިނައިރު ތިބި ކަމަށް ވެސް ބުންޏެވެ.
އެ މީހުން ޓޭންކަށް ވެއްޓުނު ގޮތެއް އެއްވެސް ރަސްމީ އިދާރާއަކުން އަދި ހާމައެއްނުކުރެ އެވެ.
ޗޮކްލެޓްގެ ވިޔަފާރިން ރަޝިއާ އަށް ބޮޑު ކުރިއެރުމެއް
މިލްކާ ޕެކްގެ ކުލަ ކޮޕީކުރި ކަމަށް ބުނެ އިންޒާރު ދީފި
ކެޑްބަރީ ޗޮކްލެޓްގެ ސައިޒް ކުޑަކުރާތީ ފާޑުކިޔަނީ
ޔޫކޭގައި "ސްނިކާޒް" ޗޮކްލެޓް "މެރަތަން" ގެ ނަމަށް
މި ޖޯޑުގެ ޒަމާންވީ ގުޅުމުގެ ސިއްރަކީ ހާޝީސް ޗޮކްލެޓް
ނެސްލޭގެ ބްރޭންޑްތަކެއް 2.8 ބިލިޔަނަށް ވިއްކާލަނީ
ކިޓްކެޓް ވަގަށް ނެގުމުން ބަދަލުގައި 6500 ކިޓްކެޓް
ޓްރަމްޕް އަވަހާރަކޮށްލަން އުޅުނު މީހުންނަށް ދައުވާކޮށްފި
ޓްރަމްޕު އެނބުރި އައުމުން ޔޫރަޕުގައި ހާސްކަން
ތަފާތު ބޮޑުކޮށް ޓްރަމްޕް އަލުން ވެރިކަމަށް