Roadha Mihaaru

އިންޑިއާގެ ނިއު ދިއްލީއަށް ބިންހެލުމެއް

އިންޑިއާގެ ވެރިރަށް ނިއު ދިއްލީއަށް ރޭ ފަތިހު ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ އެވެ.

އިންޑިއާގެ ނިއު ދިއްލީއަށް ބިންހެލުމެއް

އިންޑިއާގެ ވެރިރަށް ނިއު ދިއްލީއަށް ރޭ ފަތިހު ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ އެވެ.

އިންޑިއާ ގަޑިން ފަތިހު 5:36 ގައި އައި ބިންހެލުމުގެ ބާރުމިން ހުރީ މެގްނިޓިއުޑުން 4 ގައި ކަމަށާއި އެއީ އެންމެ ފަސް ކިލޯމީޓަރު ފުނުން އައި ބިންހެލުމެއް ކަމަށް އިންޑިއާގެ ނެޝަނަލް ނެޝަނަލް ސެންޓަ ފޯ ސެއިސްމޮލޮޖީން ބުންޏެވެ. އަދި ބިންހެލުން އައީ ސީދާ ދިއްލީއަށް ކަމަށް ވެސް ބުންޏެވެ.

މި ބިންހެލުމުގެ އަސަރު މުޅި އުތުރު އިންޑިއާއަށް ކުރި އެވެ.

ސޯޝަލް މީޑިއާގައި މީހުން ބުނެފައިވާ ގޮތުގައި އިމާރާތްތަކަށް ވަރަށް ބޮޑަށް ލޮޅުން އެރި އެވެ. އަދި ގިނަ މީހުން ބުނެފައިވަނީ ފަތިހު ހޭލެވުނީ ވެސް ބިންހެލެން ފެށުމުންނެވެ. އެކަމަކު ގެއްލުމެއް ވީ ކަމުގެ ރިޕޯޓެއް އަދި ލިބިފައެއް ނުވެ އެވެ.

ދިއްލީ އޮންނަނީ ބިންހެލުމުގެ ފުރުސަތު ބޮޑު ސަރަހައްދެއްގަ އެވެ. އެއީ މިފަދަ ފުރުސަތު ދެވަނައަށް އެންމެ ބޮޑު ކެޓަގަރީގެ ޒޯނެކެވެ.

މީގެ ކުރިން ވެސް އެ ސަރަޙައްދަށް ވަނީ މެގްނިޓިއުޑް 4 ގައި ބިންހެލުމެއް އައިސްފަ އެވެ. އަދި 2022 ވަނަ އަހަރު ދިއްލީގެ އަވަށްޓެރި ހަރްޔާނާ ސްޓޭޓަށް 4.1 މެގްނިޓިއުޑްގެ ބިންހެލުމެއް އައިސްފައިވެ އެވެ. މި ބިންހެލުމުގެ ބާރު ގަދަ ނަމަވެސް ގެއްލުމެއް ނުވެ އެވެ.

އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ފާއިތުވި 10 އަހަރުގެ ތެރޭގައި ދިއްލީއަށް މެގްނިޓިއުޑުން 5 އަށް ވުރެ މަތިން ބިންހެލުމެއް އައިސްފައެއް ނުވެ އެވެ.