ބ. އަތޮޅުގެ ފަޅު ރަށެއްގައި މަސްތުވާތަކެތި ބޭނުންކުރިކަމުގެ ތުހުމަތުގައި ބަޔަކު ހައްޔަރުކޮށްފި އެވެ.
17 ފެބުރުއަރީ 2025
ބ. އަތޮޅުގެ ފަޅު ރަށެއްގައި މަސްތުވާތަކެތި ބޭނުންކުރިކަމުގެ ތުހުމަތުގައި ބަޔަކު ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ ބުނީ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި ނާކޮޓިސް އިންޓެލިޖެންސް ގުޅިގެން މިދިޔަ ހޮނިހިރު ދުވަހު ހިންގި އޮޕަރޭޝަނުގައި މާރިކިލު ނަމަކަށް ކިޔާ ފަޅު ރަށެއް ފާސްކުރިއިިރު 162 ބަނގުރާ ދަޅާއި ބަނގުރާ ފަސް ފުޅި އަދި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ 12.8 ގްރާމް ހުރި އެއްޗެއް ފެނުނު ކަމަށެވެ.
އެ މައްސަލައިގައި ތިން ދިވެހިންނާއި ހަ ބިދޭސީންނާއެކު ޖުމްލަ ނުވަ މީހަކު ހައްޔަރު ކޮށްފައިވެ އެވެ. އެއީ؛
- މ. ޖަވާހިރުވާދީ، މާލެ، އަލްހާން ރަޝީދު ހުސައިން 49
- ޏ. ފުވައްމުލައް ދިގުވާނޑު، ހޮލެންޑް، މަރިޔަމް ރިފާއު 25
- ރ. އިނގުރައިދޫ، ވަފާ، އަބްދުލް މުހުސިން ހަސަން 65
- އިންޑިއާ، ކުމަރެސަން ޗިންނައިއަ، 20
- އިންޑިއާ، ދިނޭޝް ސައްމިޔައްޕަން، 29
- ސްރީލަންކާ، އެލަވެންޑަން ސިވަގުނަނަ ސަންޑަރަމް، 39
- ސްރީލަންކާ، ކަނަގަރާޖު ޕޮންނައްޔަ ސުޕައްޔަ، ސްރީލަންކާ 46
- ސްރީލަންކާ، ސަބެޝަން ނަހާރަޖަ، 31
- ބަންގަލަދޭޝް، މުހައްމަދު މައްސޫދު، 46
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ނުވަ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ޝަރުތުތަކާއެކު މުހުސިން ވަނީ ދޫކޮށްލައިފަ އެވެ. ބާކީ ތިބި އަށް މީހުންގެ ބަންދަށް 15 ދުވަސް އިތުރުކޮށްފައިވެ އެވެ.
މާރިކިއްޔަކީ ދަނޑުވެރިކަމާއި މަސްވެރިކަމުގެ މަސައްކަތަށް ދޫކޮށްފައިވާ ރަށެކެވެ.
ޑްރަގް ކެފޭގެ 40 އަށް ވުރެ ގިނަ ތަން ބަންދުކޮށްފި
ފުވައްމުލަކު ޑްރަގް އޮޕަރޭޝަން: 14 މީހުން ހައްޔަރަށް
ދެ ހަފުތާ ތެރޭގައި 5މިލިއަންގެ ޑްރަގްސް އަތުލައިގެންފި
ޑްރަގް ޓްރެފިކިންގައި ހައްޔަރުކުރި މީހަކު ދޫކޮށްލައިފި
130 ކިލޯ ޑްރަގްގެ މައްސަލަ: ޝަހީބު ދޫކޮށްލައިފި
ޑްރަގް މައްސަލައެއްގައި ފޭދޫ ކޯޓުން ބޮޑު ހުކުމެއް
ޑްރަގް އަތުލާފައި މި ފޮނުވާލަނީ ކޮންބައެއް؟
އޮޕަރޭޝަނެއްގައި 13 ކިލޯގެ ޑްރަގްސް އަތުލައިގެންފި
ޑްރަގް އޮޕަރޭޝަނުން ހައްޔަރުކުރި 12 މީހުން ބަންދަށް
"ދެ މީހުން ދޫކޮށްލީ ކޯޓު އަމުރެއް ނެތި ފާސްކުރުމުން"