އައްޑު އާއި ރާއްޖޭގެ އެހެން ރަށްރަށަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައާ ގުޅިގެން ފެނަކައިގެ އިސްވެރިން ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް (އެސްއޯއީ) ކޮމިޓީއަށް ހާޒިރުކުރަން މިއަދު ފާސްކޮށްފި އެވެ.
17 ފެބުރުއަރީ 2025
އައްޑު އާއި ރާއްޖޭގެ އެހެން ރަށްރަށަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައާ ގުޅިގެން ފެނަކައިގެ އިސްވެރިން ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް (އެސްއޯއީ) ކޮމިޓީއަށް ހާޒިރުކުރަން މިއަދު ފާސްކޮށްފި އެވެ.
އައްޑޫގެ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ފެނަކަ އިން އިހުމާލުވެފައިވާ ކަމަށް ބުނެ، އެ މައްސަލާގައި އެސްއޯއީ ކޮމިޓީ އަށް ފެނަކައިގެ އިސްވެރިން ހާޒިރުކުރުމަށް މައްސަލަ ހުށަހެޅުއްވީ ހިތަދޫ މެދުދާއިރާގެ ޕީއެންސީގެ މެމްބަރު އަހުމަދު އަޒާނެވެ.
އެކަމަކު، އެ މައްސަލާގައި މިއަދު ކޮމިޓީން ބޭއްވި ބައްދަލުވުމުގައި ބައެއް މެމްބަރުން ވަނީ އައްޑޫގެ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް މަސައްކަތްތައް ރާވާފައިވާ ގޮތް ރޭ ފެނަކަ އިން ނެރުނު ބަޔާނެއްގައި ހިމަނާފައިވާތީ އެ ބޭފުޅުން ހާޒިރުކުރަން ނުފެންނަ ކަމަށް ވިދާޅުވެފަ އެވެ.
ކޮމިޓީގައި މަޖިލީހުގެ ނައިބް ރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް ވިދާޅުވީ ފެނަކައިގެ މެނޭޖްމަންޓް އެކި ފަހަރު މަތިން ބަދަލުވެފައިވާ ކަމަށާއި މި ފަހުން ބަދަލުވި މެނޭޖްމަންޓާ އަދި ކޮމިޓީން ބައްދަލުކޮށްފައި ނުވާ ކަމަށެވެ.
އެހެންވީމަ، އެ މެނޭޖްމަންޓްގެ އަމާޒެއް އޮންނާނެ ކަމަށާއި ވާރުތަކުރި ހާލަތެއް ވެސް ވާނެ ކަމަށް ނާޒިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ފެނަަކައިގެ އިސްވެރިން ކޮމިޓީއަށް ހާޒިރުކޮށް، އައްޑޫގެ ހަގީގީ މަންޒަރު ސާފުކުރައްވަން ޖެހޭ ކަމަށެވެ.
"އެހެންވީމާ އަސްލު ހަގީގީ މަންޒަރު އެނގެން ޖެހޭ. އައްޑޫގައި މި ވެގެން އުޅެނީ ކީއްކަން. ކޮންމެ ބަޔަކު އައިސްފައި އެތައް ހަރަދެއް ކޮށްފައި އެ ހަރަދުގެ ތެރެއިން ފައިސާއެެއް އެ ތަނުގެ މެނޭޖްމަންޓުގެ ޖީބަށް ގޮސް ކަން ނުވެ މި އޮންނަނީ. އައްޑޫ ރައްޔިތުންނަށް މި ލިބެނީ ނަގުލުގެ ހިމަކޮޅު،" ނާޒިމް ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް (އެސްއޯއީ) ކޮމިޓީގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ.
ނާޒިމް ވިދާޅުވީ ދޭތެރެ ދޭތެރެއިން އައްޑޫގެ ކަރަންޓުގެ މައްސަލަ ފެންމަތިވަމުން ދާއިރު ސަރުކާރުގެ 100 ޕަސެންޓް ހިއްސާ އޮންނަ ކުންފުނިތަކުގެ ހާލަތު އެހާ ދަށްވުމަކީ ވަރަށް ބޮޑު މައްސަލައެއް ކަމަށެވެ.
އޭނާ ވިދާޅުވީ، ބޮޑު އާބާދީއެއް އޮންނަ، އަދި ފައިދާވާނެ ތަނެއް ކަމަށާއި އެ ތަނުން ކަސްޓަމަރުންނަށް ރަނގަޅު ހިދުމަތެއް ލިބެން ޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
އެ ކޮމިޓީގައި ބައެއް މެމްބަރުން ވަނީ ރޯދަމަސް ބޯމަތިވެފައިވާއިރު، އައްޑޫގެ އިތުރުން އެހެން ރަށްރަށުގައި ވެސް ކަރަންޓުގެ މައްސަލަ ބޮޑުވެފައިވާތީ އެ ކަމަށް ފެނަކަ އިން ވަމުންދާ ތައްޔާރީތައް އެނގުން މުހިއްމުކަން ފާހަގަކުރައްވައިފަ އެެވެ.
ކޮންމެ ބަޔަކު އައިސްފައި އެތައް ހަރަދެއް ކޮށްފައި އެ ހަރަދުގެ ތެރެއިން ފައިސާއެެއް އެ ތަނުގެ މެނޭޖްމަންޓުގެ ޖީބަށް ގޮސް ކަން ނުވެ މި އޮންނަނީ. އައްޑޫ ރައްޔިތުންނަށް މި ލިބެނީ ނަގުލުގެ ހިމަކޮޅު،"--- ނާޒިމް
ފުވައްމުލަކު ދެކުނު ދާއިރާގެ ޕީއެންސީގެ މެމްބަރު އިބްރާހިމް ހުސެއިން ވިދާޅުވީ ފުވައްމުލަކަކީ ވެސް ކަރަންޓުގެ މައްސަލަ ބޮޑު ރަށެއް ކަމަށާއި އެކަން ހައްލުކުރުމަށް މަސައްކަތްތަކެއް ނުކޮށްފި ނަމަ ރޯދަމަހުގެ ތެރޭގައި ރައްޔިތުންނަށް ބޮޑު ތަކުލީފެއް ކުރިމަތިވާނެ ކަމަށެެވެ.
ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް (އެސްއޯއީ) ކޮމިޓީގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ.
އޭނާ ވިދާޅުވިގޮތުގައި، ފުވައްމުލަކުގައި އާ އިންޖީނުގެއެއް އެޅުމުގެ މަސައްކަތް ކުރެވުނަސް އެ މަސައްކަތް ވެސް މިހާރު އޮތީ ހުއްޓިފަ އެވެ. އަދި ޓްރާންސްފޯމަރުތައް ވެސް ވަރަށް ބޮޑަށް ބާވެފައިވާ ކަމަށް ވިދާޅުވި އެވެ.
އެ މައްސަލަ އެކި ފަހަރު މަތިން ފެނަކައިގެ ސަމާލުކަމަށް ގެނައުމަށް މަސައްކަތް ކުރެއްވިޔަސް އެކަމަށް ދާއިމީ ހައްލެއް ނުލިބި އޮތުމުން ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.
އެކި ދާއިރާތަކުގެ މެމްބަރުން ވަނީ އެ ބޭފުޅުން ނިސްބަތްވާ ރަށްރަށުގައި ވެސް ކަރަންޓުގެ މައްސަލަ ބޮޑުވެފައިވާތީ ފެނަކައިގެ ބޭފުޅުން ހާޒިރުކުރާއިރު އެކަންކަމުގައި ވެސް ސުވާލު ކުރެވޭ ގޮތަށް މައްސަލަ ކުރިއަށް ގެންދަން ހުށަހަޅުއްވައިފަ އެވެ. ކޮމިޓީން ފާސްކުރީ ވެސް އެގޮތަށް ކުރިއަށް ގެންދާށެވެ.
"އައްޑޫގެ ކަރަންޓު މައްސަލަ އަންނަ މަހު ހައްލުވާނެ"
އައްޑޫން ކަރަންޓު ކެނޑޭތީ ކުއްލި މައްސަލައެއް
އައްޑޫގައި އާ އިންޖީނުގެއެއް އަޅަން ބޮޑު މަޝްރޫއެއް
އައްޑޫން ކަރަންޓު ދާތީ ފެނަކައިގެ ވެރިން ހާޒިރުކުރަނީ
އައްޑުއަށް ގެންދިޔަ އާ ޖަނަރޭޓަރު ބޭނުންކުރަން ފަށައިފި
އައްޑު އަށް 1.8 މެގަވޮޓުގެ ޖަނަރޭޓަރެއް ގެންދަނީ
އައްޑޫގައި ޖަނަރޭޓަރަކަށް މައްސަލައެއް ދިމާވެއްޖެ
އަނެއްކާވެސް އައްޑޫން ކަރަންޓުކެނޑޭ މައްސަލަ ބޮޑުވެއްޖެ
އައްޑޫގެ ގުޅިފައިވާރަށްތަކުން އަނެއްކާ ކަރަންޓު ކެނޑެނީ
ކަރަންޓު މައްސަލަ ހައްލު ކުރަން އައްޑުއަށް ޖަނަރޭޓަރެއް