ދަރަންޏާއި ފިސްކަލް ހާލަތު ހަމަޔަކަށް އަޅުވަން، ވަގުތުން ވަގުތަށް ސިޔާސަތުތަކަށް ބަދަލު ގެނެސް، ފިޔަވަޅުތައް އެޅުމަށް އިންޓަނޭޝަނަލް މޮނިޓަރީ ފަންޑު (އައިއެމްއެފް) އިން ރާއްޖެ އަށް ގޮވާލައިފި އެވެ.
19 ފެބުރުއަރީ 2025
ދަރަންޏާއި ފިސްކަލް ހާލަތު ހަމަޔަކަށް އަޅުވަން، ވަގުތުން ވަގުތަށް ސިޔާސަތުތަކަށް ބަދަލު ގެނެސް، ފިޔަވަޅުތައް އެޅުމަށް އިންޓަނޭޝަނަލް މޮނިޓަރީ ފަންޑު (އައިއެމްއެފް) އިން ރާއްޖެ އަށް ގޮވާލައިފި އެވެ.
އެ އިދާރާ އިން ރާއްޖޭގެ "އާޓިކަލް ފޯ" މިޝަން އަށް ފަހު އާންމުކުރި ސްޓޭޓްމެންޓުގައި ބުނީ، އިގުތިސާދީ އިސްލާހީ ފިޔަވަޅުތައް އަވަސް ކުރަން ޖެހޭ ކަމަށެވެ. އެ އިދާރާ އިން ބުނީ، ރާއްޖޭގެ އިގްތިސާދު ފަސް ޕަސެންޓުގައި ކުރިއަރާނެ ކަމަށް ލަފާކުރި ނަމަވެސް، މާލީ ގޮތުން ހުރި ގޮންޖެހުންތަކާ ހެދި ފިސްކަލް އިމްބެލެންސް އިތުރުވަމުންދާ ކަމަށެވެ.
މާލީ ހާލަތު ރަނގަޅު ކުރުމަށް އަޅާ ފިޔަވަޅުތަކުގެ ތެރެއިން ތިމާވެށީގެ މައްސަލަތައް ހައްލު ކުރުމަށާއި ވިޔަފާރިތަކުގެ ހާލަތު ރަނގަޅު ކުރުމަށް އިތުރު އިސްލާހީ ފިޔަވަޅުތައް އަޅަން ޖެހޭ ކަމަށް އައިއެމްއެފުން ބުންޏެވެ.
އެ އިދާރާ އިން ބުނިގޮތުގައި، ރާއްޖޭގެ އިގްތިސާދު ކުރިއަރާ ސަބަބަކީ ހަމައެކަނި ޓޫރިޒަމެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ބޭނުން ކުރަން ފަށައިފި ނަމަ ޓޫރިސްޓުން އައުން އިތުރުވެ، އެ ދާއިރާ އިތުރަށް ކުރިއަށް ގެންދިއުމުގެ ފުރުސަތު އެބައޮތް ކަމަށް އައިއެމްއެފުން ބުންޏެވެ.
މި އަހަރުގެ އިންފްލޭޝަން 2.3 ޕަސެންޓަށް އަރާނެ ކަމަށް ލަފާކުރާ އިރު، އޭގެ އެންމެ ބޮޑު ސަބަބަކީ، ބައެއް ބާވަތްތަކުގެ އިމްޕޯޓު ޑިއުޓީ އިތުރު ކުރުން ކަމަށް ވެސް އައިއެމްއެފްގެ ބަޔާނުގައި ވެ އެވެ.
"އިގްތިސާދު ކުރިއަށް ދާނެ ގޮތާ މެދު ވަރަށް ބޮޑު ނުތަވަސްކަމެއް އުފެދިފައި އޮތުމަކީ އިގްތިސާދަށް އޮތް ވަރަށް ބޮޑު ރިސްކެއް،" އެ ބަޔާނުގައި ބުންޏެވެ.
އައިއެމްއެފުން ބުނީ، ރާއްޖޭގެ ކަރަންޓު އެކައުންޓް ޑެފިސިޓާއި ފޮރިން އެކްސްޗޭންޖު ރިޒާވަށް ކުރިމަތިވެފައިވާ ޕްރެޝަރުތައް އިތުރުވެފައިވާ ކަމަށެވެ. ބަޖެޓު ޑެފިސިޓާއި ދަރަނި ވެސް އިތުރުވާނެ ކަމަށް ލަފާކުރެވޭ ކަމަށް އެ އިދާރާއިން ބުންޏެވެ.
"ފިސްކަލް ޑެފިސިޓާއި ދަރަނި އިތުރުވާނެ ކަމަށް ލަފާކުރެވޭތީ، ސިޔާސަތުތަކަށް އަވަސް ބަދަލުތަކެއް ގެންނަން ވަނީ ޖެހިފައި. މެދުރާސްތާގައި ރާއްޖެ ނާޒުކު ފައްތަރެއްގައި އޮތް އިރު މޫސުމީ ބަދަލުތަކުގެ ސަބަބުން ވެސް އިތުރު ރިސްކުތައް ކުރިމަތިވާނެ ކަމަށް ބެލެވޭ،" އައިއެމްއެފުން ކަންބޮޑުވުމާ އެކު ފާހަގަކޮށްފައި ވެ އެވެ.
އިގްތިސާދު ކުރިއަށް ދާނެ ގޮތާ މެދު ވަރަށް ބޮޑު ނުތަވަސްކަމެއް އުފެދިފައި އޮތުމަކީ އިގްތިސާދަށް އޮތް ވަރަށް ބޮޑު ރިސްކެއް،"---އައިއެމްއެފް
ރާއްޖެ އިން އަމިއްލަ ރިފޯމު އެޖެންޑާއެއް އިއުލާނުކޮށް، އެ މަސައްކަތް ފަށަން ނިންމާފައިވާއިރު އެ ފިޔަވަޅުތައް އަޅައިގެން އިގްތިސާދު ހަމައަކަށް އަޅުވަން ފަސޭހަވާނެ ކަމަށް އައިއެމްއެފުން ގަބޫލުކުރެ އެވެ.
އެ އިދާރާއިން ބުނީ، އާމްދަނީ އިތުރުކުރުމަށް އަޅާ ފިޔަވަޅުތަކުގެ އިތުރުން ހަރަދުތައް ކުޑަކޮށް، އިސްރާފުތައް ކުޑަކުރުމަށް ވެސް މުހިއްމު ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށެވެ. އެކަން ހާސިލު ކުރުމަށް ސަބްސިޑީ ޓާގެޓުކޮށް، ޕީއެސްއައިޕީ މަޝްރޫއުތައް ހިންގުމުގައި އިސްކަން ދޭނެ ޕްރޮޖެކްޓްތައް ކަނޑައަޅައިގެން ކުރިއަށް ގެންދަން އައިއެމްއެފުން ސަރުކާރަށް ގޮވާލި އެވެ. އަދި އާސަންދަ އާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހަރަދުތައް ކުޑަކުރުމަށް ވެސް ފިޔަވަޅުތައް އެޅުމަށް އެ އިދާރާ އިން ލަފާދިނެވެ.
އިސްލާހީ ފިޔަވަޅުތައް ތަންފީޒުކުރަން ވަގުތު ކުޑަތަންވަނީ
ރާއްޖެއަށް މާލީ އިދާރާތަކުގެ އިތުބާރު އެބައޮތް: އަމީރު
މައުލޫމާތު އާއްމު ނުކުރާ ނަމަ ހޭދަ ބޮޑުވާނެ:މިނިސްޓަރު
"އިގްތިސާދީ ކުރިއެރުން ވަނީ ނާޒުކް ފައްތަރެއްގައި"
އާމްދަނީ ދަށަސް، ހަރަދު ކުޑަކޮށްގެން 1.4 ބިލިއަނުން ސާޕްލަސްގައި
"އިގުތިސާދީ އިސްލާހީ ފިޔަވަޅުތައް ތަންފީޒު ކުރާނެ"
އިސްލާހީ ފިޔަވަޅުތައް ނާޅައިފިނަމަ ތިން ބިލިއަން އިތުރު
ފިޔަވަޅުތަކުގެ ނަތީޖާ ރަނގަޅު، ހަރަދު ކުޑަވެއްޖެ
އިސްލާހީ އެޖެންޑާއިން ރޭޓިން މަތިވުމުގެ ފުރުސަތު ބޮޑު
ޓެކްސް އާމްދަނީ ބޮޑު ކުރަން ފިޔަވަޅުތައް އަޅަން ޖެހޭ