ހުޅުމާލޭގެ އެޕާޓްމަންޓެއް ބަލައި ފާސްކޮށް 14 ކިލޯގެ މަސްތުވާތަކެއްޗާ އެކު މީހަކު ހައްޔަރުކޮށްފި އެވެ.
21 ފެބުރުއަރީ 2025
ހުޅުމާލޭގެ އެޕާޓްމަންޓެއް ބަލައި ފާސްކޮށް 14 ކިލޯގެ މަސްތުވާތަކެއްޗާ އެކު މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ ވެބްސައިޓުގައި ބުނެފައިވާ ގޮތުގައި މި ތަކެތި ފެނުނީ ހުޅުމާލެ 1 ގެ އެޕާޓްމަންޓެއް މިދިޔަ ބުދަ ދުވަހު ފާސްކުރިއިރު އެވެ.
އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ މަރިޔަމް ޒީނާ، 23، އެވެ. އޭނާގެ އެޑްރެހަކީ ހއ. ތުރާކުނު، އާހިޔާ އެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، ތުހުމަތުކުރެވޭ "ކޮންމެވެސް މިންވަރެއްގެ ހެކި ގަރީނާ" އެބަހުރި ކަމަށް ބަލައި 15 ދުވަހުގެ މުއްދަތަށް ބަންދުކުރަން ވަނީ އަމުރުކޮށްފަ އެވެ.
ޒީނާގެ ބަންދު އަމުރުގައިވާ ގޮތުން އޭނާ ހިފަހައްޓާފައިވަނީ ޓެކްސީއެއްގައި އިންދަ އެވެ. އެ ވަގުތު އޭނާ ވަނީ މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ހަތް ޕެކެޓް ޓެކްސީގެ ސީޓު މައްޗަށް ވައްޓާލާފައި ކަމަށާއި މަސްތުވާތަކެތި ފެނުނީ އޭނާގެ އަތުން ފެނުނު އެޕާޓްމަންޓު އެކްސެސް ކީކާޑަކާއި ކީޓެގެއް ބޭނުންކޮށްގެން އެޕާޓްމަންޓް ހުޅުވައި ފާސްކުރި އިރު ކަމަށް ފުލުހުން ކޯޓުގައި ބުންޏެވެ.
ބަންދު މަޖިލީހުގައި ޒީނާ ވަނީ ތުހުމަތުތަކަށް އިންކާރުކޮށްފަ އެވެ. އޭނާ ބުނެފައިވަނީ އެހެން މީހުންނަށް ވެސް ވަދެވޭ ގޮތަށް ހުންނަ ތަނެއް ކަމަށެވެ.
އޭގެ އިތުރުން، ހުޅުމާލެ 2 ގައި ހަމަ އެ ދުވަހު ހިންގި އެހެން އޮޕަރޭޝަނެއްގައި ވެސް މަސްތުވާތަކެތީގެ މައްސަލައެއްގައި ބަޔަކު ހައްޔަރުކުރި އެވެ.
މަސްތުވާތަކެއްޗާއި ބަނގުރަލާއެކު ތިން މީހަކު ހައްޔަރުކޮށްފިhttps://t.co/Rvo164gbtu
— Maldives Police (@PoliceMv) February 21, 2025
އެ އޮޕަރޭޝަންގައި ހިޔާ ފްލެޓުގެ ނުވަ ވަނަ ޓަވަރުގެ އެޕާޓްމަންޓެއް ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި ދަޅަކާއި ރަބަރު ފަސް ޕެކެޓްގެ އިތުރުން ބަނގުރާކަމަށް ބެލެވޭ އެއްޗެއް ހުރި 500 މިލިލީޓަރުގެ ފުޅިއެއް ފެނުނެވެ. އެކަމާ ގުޅިގެން ލ. ގަމުގެ ތިން ޒުވާނަކު ވަނީ ހައްޔަރުކޮށްފަ އެވެ. އެއީ އެ ރަށު ތުނޑި، މިލާނޯ، މުހައްމަދު ރިޝްފާން، 28، މަތިމަރަދޫ، ރިޔާޟު، ހުސެއިން ޝިޔާން، 23، އަދި ތުނޑި، ފީނިވިލާ ހައްވާ ސިމާނާ، 29 އެވެ.
މީގެ ތެރެއިން ދެ ފިރިހެނުންގެ ބަންދަށް 15 ދުވަސް އަދި އަންހެން މީހާގެ ބަންދަށް ފަސް ދުވަސް ކޯޓުން ވަނީ ވަނީ ދީފަ އެވެ.
ޑްރަގް ހަވާލުކުރީ ޑީއެޗްއެލް ޔުނިފޯމުގައި ތިބި ފުލުހުން
އައްޑޫގެ އެންމެބޮޑު އެއް ޑްރަގު ޑީލަރު އުމުރަށް ޖަލަށް
ހަ މީހަކު ހައްޔަރުކޮށް ގިނައަދަދެއްގެ ޑްރަގު އަތުލައިފި
މަސްތުވެގެން ހުރެ ލޯންޗު ދުއްވި މީހަކު ވެސް ހައްޔަރު
މަސްތުވެގެން ހުރެ ޓެކްސީ ދުއްވި މީހަކު ހައްޔަރުކޮށްފި
ޔޫރިން ނުދިން މީހުންގެ މައްސަލަ ބަލަން އަންގައިފި
64 މިލިއަން ދައުރުކުރި ގޮތް ބަލައި ޕީޖީއަށް ފޮނުވަނީ
"ޔުމްނުއާ އެކު އުޅުނު އަންހެނަކު ބޭރަށް ފުރާފައިނުވޭ"
"ނޫސްވެރިން ފެންޓެނޯއީގެއަށް ވަންނަން ހުރަހެއް ނެތް"
އަންހެންމީހާ ވެއްޓުނު ގެއަށް ވަންނަން ހުއްދަ ނުދިން