ނ. ހޮޅުދޫގައި ޒަހަމްތަކަކާ އެކު މަރުވެފައި އޮއްވައި ފެނުނު ޒަކިއްޔާ މޫސާގެ މަރުގެ މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ބަލަން ފަށައިފި އެވެ.
23 ފެބުރުއަރީ 2025
ނ. ހޮޅުދޫގައި ޒަހަމްތަކަކާ އެކު މަރުވެފައި އޮއްވައި ފެނުނު ޒަކިއްޔާ މޫސާގެ މަރުގެ މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ބަލަން ފަށައިފި އެވެ.
ޒަކިއްޔާ މަރުވެފައި އޮއްވާ ފެނުނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހުގެ ހެނދުނު 10:00 ހާއިރު އޭނާ ދިރިއުޅޭ ގޭގެ ބަދިގެ ފަރާތުގައި ހުންނަ ގުދަނެއް ކައިރިންނެވެ.
އޭނާގެ މަރަށް ފަސް މަސް ފަހުން، އެޗްއާރުސީއެމުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ޒަކިއްޔާގެ މަރުގެ މައްސަލައިގެ ތަހުގީގާ ގުޅިގެން ގާތްތިމާގެ މީހުންގެ ހުރި ކަންބޮޑުވުންތައް އެ ކޮމިޝަނަށް ހިއްސާ ކޮށްފައިވާ ކަމަށެވެ.
އެކަމާ ގުޅިގެން އިދާރާތަކުން އަމަލުކުރަމުންދާ ގޮތް ކޮމިޝަނުން ތަހުގީގުކުރަމުން އަންނަ ކަމަށް އެޗްއާރުސީއެމުން ބުންޏެވެ.
އެ ކޮމިޝަނުން ބުނީ އެ މައްސަލައާ ގުޅުންހުރި މައުލޫމާތާއި ގުޅުންހުރި ލިޔެކިޔުންތައް ފުލުހުންގެ ފަރާތުން ހޯދާފައިވާ ކަމަށާއި އެ މައުލޫމާތުތައް ދިރާސާ ކުރަމުން އަންނަ ކަމަށެވެ.
އަލްމަރްހޫމާ ޒަކިއްޔާ މޫސާގެ މަރުގެ މައްސަލައާ ގުޅިގެން ގާތްތިމާގެ މީހުންގެ ފަރާތުން ކޮމިޝަނަށް މި މައްސަލައިގެ ތަހްގީގު ދާގޮތާމެދު ހުރި ކަންބޮޑުވުންތަކެއް ހިއްސާކޮށްފައިވާތީ، މި މައްސަލައާ ގުޅިގެން ކަމާ ގުޅުންހުރި އިދާރާތަކުން އަމަލުކުރަމުންދާ ގޮތް މި ކޮމިޝަނުން ބެލުމަށް…
— HRC of the Maldives (@hrcmv) February 22, 2025
އުމުރުން 50 އަހަރުގެ ޒަކިއްޔާގެ މަރާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔެއް ނުކުރެ އެވެ. އެހެންވެ، އެ މަރަށް އިންސާފު ހޯދައިދިނުމަށް އެދި އެކި ދުވަސްމަތިން އެ ރަށުގެ ރައްޔިތުން ގެންދަނީ އެއްވުންތައް ބާއްވައި، އިހުތިޖާޖު ކުރަމުންނެވެ.
އިހުތިޖާޖުގެ ބައިވެރިން ހޮޅުދޫގެ ޕޮލިސް ސްޓޭޝަނަށް ވަދެ މުޒާހަރާ ކުރިއިރު، ޒަކިއްޔާގެ ފިރިމީހާ އާއި އެ އާއިލާގެ އިތުރު ތިން މީހުން ހައްޔަރު ކުރުމަށް ގޮވާލާ ވެސް ވަނީ ޝުއޫރު ފާޅުކޮށްފަ އެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ބޭއްވި ނިއުސް ކޮންފަރެންސްގައި ހޮސްޕިޓަލާ ހަވާލާދީ ފުލުހުންގެ ޗީފް އިންސްޕެކްޓަރު މުހައްމަދު ސާމިހް ވިދާޅުވީ ޒަކިއްޔާ މަރުވީ ކަރަށް ލިބުނު ޒަހަމްތަކާ ގުޅިގެން ކަމަށެވެ. އޭނާގެ ކަރުގައި ފުންކޮށް ޒަހަމްތަކެއް ހުރި ކަމަށާއި ކަރުގެ ވާތް ފަރާތުގައި ފުންކޮށް ތިން ޒަހަމެއް އަދި ކަނާތް ފަރާތުގައި ފުންކޮށް ދެ ޒަހަމެއް ހުރި ކަމަށް ސާމިހު ވިދާޅުވި އެވެ.
އެ މައްސަލާގައި މިދިޔަ މަހު ފުލުހުން ބުނި ގޮތުގައި ޒަކިއްޔާގެ މަރުގެ މައްސަލާގައި އެފްބީއައިގެ އެހީ ހޯދުމަށް ވަނީ އެދިފަ އެވެ. މީގެ ކުރިން ވެސް ބައެއް މައްސަލަތަކުގައި އެފްބީއައިގެ އެހީ ހޯދާފައިވެ އެވެ.
އަތުހަރު މަރުވި މައްސަލަ އެޗްއާރްސީއެމުން ބަލަނީ
އަތުހަރުގެ އޮޓޮޕްސީ ހަދަން އާއިލާއިން ބޭނުމެއް ނުވޭ
މިޝްކާގެ މަރުގެ މައްސަލަ ތަހުގީގުކޮށްދޭން ފުލުހަށް
ދޫނިދޫގައި މަރުވި މީހާ އޮޓޮޕްސީ ނުހަދައި ވަޅުލައިފި
ޖަލުގައި އަންހެން މީހާ މަރުވި މައްސަލަ އެޗްއާރްސީއެމުން ބަލަނީ
ހޮޅުދޫގައި މުޒާހަރާ ކުރި ދެ މީހަކު ހައްޔަރުކޮށްފި
ތަހުގީގަށް ވަގުތުނަގަނީ އާދައިގެ މަރަކަށް ނުވާތީ: ސީޕީ
"ކެތްތެރިކަން ކޮޅުންލައިފި، ގަސްތުގައި މަރާލީ"
ޒަކިއްޔާ މަރާލިކަމުގެ ހެއްކެއް އަދި ނެތް: ޕޮލިސް
ޒަކިއްޔާގެ ހަށިގަނޑު މާލެއަށް ގެންނަނީ